Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖެއަށް އެއަރ އަސްތާނާގެ ދަތުރުތައް ފެށުން

ރާއްޖެއަށް އެއަރ އަސްތާނާގެ ދަތުރުތައް ފަށައިފި

5 ޑިސެމްބަރު 2020 | ހޮނިހިރު 06:55

އެއަރ އަސްތާނާގެ ދަތުރުތައް ފަށާފައި ވަނީ ހުކުރު ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 ޑިސެމްބަރު 2020 | ހޮނިހިރު 06:55
އެއަރ އަސްތާނާގެ ފްލައިން

އެއަރ އަސްތާނާގެ ފްލައިން

ކަޒަކިސްތާންގެ ގައުމީ އެއަރލައިން، އެއަރ އަސްތާނާއިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

ހުކުރު ދުވަހު އެއަރ އަސްތާނާގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު، ފުރަތަމަ ދަތުރުގައި 146 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ހަފްތާއަކު ތިން ދުވަހު ރާއްޖެއަށް އަސްތާނާގެ ދަތުރުތައް ރާވާފައިވާއިރު، ދަތުރުތައް ކުރަން ހަމަޖެހިފައިވާ ދުވަސްތަކަކީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހެވެ.

އަސްތާނާއިން ރާއްޖެއާށް ކުރާ ދަތުރުތަކަށް އޮތް ޑިމާންޑް ރަނގަޅުކަމަށް އެއެއަރލައިނުން މީގެ ކުރިން ބުނެފައިވާއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވަނީ ފިނި މޫސުމާ ދިމާކޮށް އަސްތާނާގެ ދަތުރުތައް ރާއްޖެއަށް ފެށި ނަމަވެސް ކުރިއަށް އޮތްތާގައި އެއެއަރލައިންގެ ޝެޑިއުލްޑް ދަތުރުތައް ރާއްޖެއަށް ކުރާނެ ކަމަށް އެކުންފުނިން އުންމީދުކުރާ ކަމަށް ފާހަގަކޮށްފައެވެ.

ކުރިން ރާއްޖެއަށް ދަތުރުތައް ނުކުރާ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމްއޭސީއެލް އިން ފާހަގަކުރާއިރު، މިއީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތުގެ ނަތީޖާކަމަށް އެމްއޭސީއެލް އިން ގަބޫލުކުރެއެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ދުނިޔޭގެ ބޮޑު، ގިނަ އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، ގިނަ އެއަރލައިންތަކަކުން ވަނީ ދަތުރުތަކަށް އޮންނަ ޑިމާންޑް އިތުރުވުމުގެ ސަބަބުން އެއެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

05 މާރިޗު 2017

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި
05 މާރިޗު 2017

ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ

05 މާރިޗު 2017
ލަންކާއަށް ދަތުރުތައް މޯލްޑިވިއަންއިން ފަށަނީ
27 ފެބުރުއަރީ 2017

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

27 ފެބުރުއަރީ 2017
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
07 ފެބުރުއަރީ 2017

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
21 ޖެނުއަރީ 2017

އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި

21 ޖެނުއަރީ 2017
އިއްތިހާދު އެއާވޭސްގެ އިތުރު ފްލައިޓްތައް ރާއްޖެއަށް ބާއްވަން ނިންމައިފި
15 ޖެނުއަރީ 2017

އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި

15 ޖެނުއަރީ 2017
އެސްޓީއޯ ސުޕަމާޓް ޖޫސް ފެސްޓް ޕްރޮމޯޝަން ފަށައިފި
08 ޖެނުއަރީ 2017

އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ

08 ޖެނުއަރީ 2017
އެއަރ ޗައިނާގެ ޑައިރެކްޓް ފްލައިޓް ރާއްޖެއަށް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް