Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފިޓްޒޯން

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

ފިޓްނަސް ތަޢާރަފްކުރުމާއި އެކު ފިޓްޒޯންއިން ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 5 މާރިޗު 2017 | އާދީއްތަ 21:23
ފިޓްޒޯނު

ފިޓްޒޯނު

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޖިމްގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެންމެ ފުރަތަމަ ހުޅުވި ފިޓްޒޯނުން މުޅިން އަލަށް ގުރޫޕު ފިޓްނަސް ޕްރޮގްރާމްތަކެއް ފަށައިފި އެވެ.

ގުރޫޕުގެ ފިޓްނަސްގެ ދަށުން ފިޓް ޒޯނުން ވަނީ ސްޓޫޑިއޯއެއް ހުޅުވާފައެވެ. އަންހެނުންނާއި ފިރިހެނުންނަށް ވަކިން ކްލާސްތައް ހިންގަމުން ގެންދާނެ ކަމަށާއި އެގޮތުން މުޅިން އަލަށް ފެށި ޕްރޮގްރާމްގެ ތެރޭގައި ސްޓީލް ޕްރޮގްރާމާއި، ޒުންބާ ހިމެނެއެވެ.

އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޒުންބާގެ ކްލާސްތައް ހެނދުނާއި ރޭގަނޑުގެ އެކި ގަޑިތަކުގައި ކުރިއަށްގެންދާނެ ކަމަށް ފިޓްޒޯންގެ މެނޭޖިން ޕާޓްނަރ އަހްމަދު ރިޔާޒް ވިދާޅުވި އެވެ.

ސްޓީލް ކޮމްބެޓް، ސްޓީލް ޓޮނިކް، ސްޓީލް ޓްރެއިނިން މި ތިން ހެނދުނާއި ރޭގަނޑުގެ އެކި ގަޑިތަކުގައި ކުރިއަށްގެންދާނެ ކަމަށާއި މިހާރުވެސް ގިނަ ބައެއްގެ ތަރުހީބު މިކަމަށް ލިބެމުންދާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. މިޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ފިޓްޒޯންގެ ސެޓިފައިޓް އިންސްޓްރަކްޓަރުން ތިބޭނެ އެވެ.

ގުރޫޕު ފިޓްނަސް ތަޢާރުފްކުރުމާއި އެކު ފިޓްޒޯންއިން ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މި ހާއްސަ ޕްރޮމޯޝަންގެ ދަށުން އަލަށް ރެޖިސްޓްރީވާ ފަރާތްތަކަށް ހިލޭ ރަޖިސްޓްރޭޝަން ލިބޭ ގޮތައް ވަނީ ހަމަޖެހިފައެވެ.

2014 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ހުޅުވި ފިޓްޒޯންއަކީ ދުޅަހެޔޮ ކަމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤްބޫލު ތަނަކަށް ވަނީ ވެފައެވެ.

ފިޓްޒޯންއިން ތަފާތު ގިނަ ހަރަކާތްތައް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ހިންގަމުން ގެންދާއިރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ސައްތަ ކިލޯގެ ނަމުގައި ކުރިއަށްގެންދާ ވަރަށް ޚާއްސަ ރިޔަލިޓީ ޝޯވ އެއް ރާއްޖެޓީވީއާ ގުޅިގެން ވަރަށް އަވަހަށް ގެނެސްދޭ ގޮތައްވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

21 އޮކްޓޯބަރު 2017

ޕާރމިއުމަރީސްގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި

21 އޮކްޓޯބަރު 2017
ޕާރމިއުމަރީސްގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި
02 އޮކްޓޯބަރު 2017

އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި

02 އޮކްޓޯބަރު 2017
އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި
21 ސެޕްޓެމްބަރު 2017

"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި

21 ސެޕްޓެމްބަރު 2017
"ދަ ގެސްޓް"ގެ އައު ޝޯވްރޫމެއް ހުޅުމާލޭގައި ހުޅުވައިފި
31 އޯގަސްޓު 2017

ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!

31 އޯގަސްޓު 2017
ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!
13 ޖުލައި 2017

ބްރީތްލައިފްގެ ނަމުގައި ފިޓްނަސް ސެންޓަރެއް ހުޅުވައިފި

13 ޖުލައި 2017
ބްރީތްލައިފްގެ ނަމުގައި ފިޓްނަސް ސެންޓަރެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު