Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލ. ގަމު ޕްރޮޖެކްޓް

ކަރަންޓު ކެނޑިގެނެއް ގަމުގައި ކުރިއަށް ގެންދާ އެއްވެސް މަޝްރޫއުއަކަށް ބުރުލެއް ނާރާނެ - ސައީދު

އަހަރެއްގެ މައްޗަށް 4.5 މިލިއަން ރުފިޔާ ގްރިޑް ލޮސް ގެ ގޮތުގައިވޭ

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2020 | ހުކުރު 13:58
މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު

މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު

ކަރަންޓުގެ މައްސަލައާއި ގުޅިގެން ލ. ގަމުގެ ތަރައްގީއަށް ކުރިޔަށް ގެންދާ އެއްވެސް މަޝްރޫއަކަށް ބުުރުލެއް ނާރާނެ ކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ ލ. ގަމުގެ ތިން އަވަށުގެ އިންޖީނުގެތައް ބޭނުންކޮށްގެން ފޯރުކޮށްދެމުންދިޔަ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކަރަންޓު ވިޔުގަ މީޑިއަމް ވޯލްޓޭޖް އެއް ވިޔުގައަކުން ގުޅާލާ މަރުކަޒީ އިންޖީނުގެ އަކުން ކަރަންޓު ދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދައި، މަރުކަޒީ އިންޖީނުގެ އިފްތިތާހު ކޮށްދެއްވުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ސައީދު ވިދާޅުވީ މިހާރު ނެޓްވޯކް އަދި އިންޖީނުގޭގައި ވަރު ހުންނާނެ ކަމަށެވެ. ކަރަންޓާއި ގުޅިގެން ގަމުގެ ތަރައްގީއަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި މަޑުޖައްސާލަން ޖެހޭ އެއްވެސް ޕްރޮޖެކްޓެއް ވެސް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.

ގަމުގައި މީގެކުރިން ކަރަންޓު ފޯރުކޮށްދީފައިވަނީ ތިން އަވަށުގައި ވަކިން އިންޖީނުގެތައް ބަހައްޓައިގެންނެވެ. ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފެނަކަ އެމްޑީ އަހުމަދު ސައީދު ފާހަގަކުރެއްވި ގޮތުގައި، މި އަވަށު އިންޖީނުގެތަކުން ކަރަންޓު ފޯރުކޮށްދީފައިވަނީ 30 ނުވަތަ 40 އަހަރުވެފައިވާ ޖެނަރޭޓާރުތަކުންނެވެ.

މީގެ ސަބަބުން މާލީގޮތުން އެތައް ގެއްލުމެއް ފެނަކައަށް ލިބޭއިރު، ރައްޔިތުންނަށްވެސް ފޯރުކޮށްދެވޭ ހިދުމަތުގެ ފެންވަރުވެސް ދަށެވެ.

އެގޮތުން އަހަރެއްގެ މައްޗަށް 4.5 މިލިއަން ރުފިޔާ ގްރިޑް ލޮސްގެ ގޮތުގައިވާ ކަމަށާއި މި އައު އިންޖީނުގޭގެ ސަބަބުން އަހަރެއްގެ މައްޗަށް 9 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފެނަކައިން ބުނެއެވެ. އަަދި މި ޕްރޮޖެކްޓް އާއެކު ކުރިއަށް އޮތް 7 އަހަރު ތެރޭގައި 38 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި މި ޕްރޮޖެކްޓްގެ ސަބަބުން ކުރިއަށް އޮތް ހަތް އަހަރު ތެރޭގައި 79.8 މިލއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިގެން ދާނެ ކަމަށް ފެނަކައިން ބުނެއެވެ.

މީގެ އިތުރުން ފެނަކައިން ބުނީ ގަމުގައި ހުރި ބާ އިންޖީނު ގެތަކުގެ ސަބަބުން އަހަރަކު 586043 (ފަސް ލައްކަ އަށްޑިހަ ހަހާސް ސާޅީސް ތިން) ޓަނުގެ ނުސާފުވައި ޖައްވައް ދޫކުރާ ކަމަށެވެ. އަދި ގަމުގެ އައު އިންޖީނުގޭގެ ސަބަބުން މި އަދަދު 207338 (ދެ ލައްކަ ހަތް ހާސް ތިން ސަތޭކަ ތިރީސް އަށް) ޓަނަށް ދަށް ކުރެވޭނެ ކަމަށް ފެނަކައިން ބުންޏެވެ.

ގަމުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައި، މަރުކަޒީ އިންޖީނުގެ އިފްތިތާހު ކޮށްފައިވާއިރު، މިއީ ގަމުގެ ރައްޔިތުންނަށް މުހިންމު މަޝްރޫއުއެކެވެ. އަދި މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަމުގެ ރަތްޔިތުންނަށް ވެލެއްވި ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ލ. ގަމުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

10 ފެބުރުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު