Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް

ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ މަރުކަޒެއް ގާއިމްކުރަނީ

ކޮވިޑުގެ ސަބަބުން އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ގިނަ ގޮންޖެހުންތަކާއި ކުރިމަތިލި

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2020 | ބުރާސްފަތި 08:44
މަޖިލީހުގެ ކޮމިޓީއެއްގައި ޖެންޑަރ މިނިސްޓަރު ވާހަކަ ދައްކަވަނީ

މަޖިލީހުގެ ކޮމިޓީއެއްގައި ޖެންޑަރ މިނިސްޓަރު ވާހަކަ ދައްކަވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއް ފުރާޅެއްގެ ދަށުން ހިދުމަތް ދެވޭ ގޮތަށް ''ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު" ގެ ނަމުގައި ސެންޓަރެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެކަން ހާމަކުރެއްވި، ބުރާސްފަތި ދުވަހު ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހު ދެއްވީ ހިތޯބުގައެވެ. ''އިންޓަނޭޝަނަލް ޑޭ އޮފް ޕާސަން ވިތް ޑިސްއެބިލިޓީސް" ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހަކީ 1992 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުވަހެވެ.

Advertisement - newsAdvertisement

މި އަހަރުގެ ޝިޔާރަކީ, ''ބިލްޑިން ބެކް ބެޓަރ: ޓުވާޑްސް އޭން އިންކްލޫސިވް، އެކްސެސިބަލް އެންޑް ސަސްޓެއިނަބަލް ޕޯސްޓު ކޮވިޑް-19 ވޯލްޑް ބައި، ފޯ އެންޑް ވިތް ޕާރސަންސް ވިތް ޑިސްއެބިލިޓީސް'' އެވެ.

މިނިސްޓަރުގެ ޚިތާބުގައި އެ ކަމަނާ ވިދާޅުވީ، ނުކުޅެދުންތެރިކަމުގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ އެ މީހުންނަކީ މުޖުތަމައުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ފުރިހަމައަށް ޝާމިލްވެވޭނޭ މާހައުލެއް ގާއިމުކުރަން ބާރުއަޅާ މިހާރަށް ވުރެ ބޮޑަށް އެފަދަ ފުރުސަތުތައް ފަހިކޮށް ދިނުމަށް މަސައްކަތްކުރުން ކަމަށެވެ.

މި އަހަރުގެ ޝިޔާރަށް އަލިއަޅުއްވާލައްވަމުން އައިޝަތު ދީދީ ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެފަރާތްތަކުގެ އާއިލާއަށް އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުން ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އެހެންކަމުން ކޮވިޑްގެ ސަބަބުން އެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި އެކަންތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަަމަށާއި، އަދި މިހާރުވެސް އެ މަސައްކަތްތައް ކުރެވުމުންދާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން އެ ފަރާތްތަކުގެ އާއިލާތަކަށް ދިމާވި ދަތިތައް ދެނެގަނެ ފާހަގަކުރެވުނު ކަންތައްތަކާއި ގުޅިގެން އެކަންކަން ހައްލު ހޯދައިދޭން އެކަށީގެންވާ ނިޒާމުތައް އެކުލަވާލެވުނު ކަމަށާއި، އަދި މި ނިޒާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް އެޕްރީލް މަހުން ފެށިގެން ކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މުޖުތަމައުން ދޭ ސަމާލުކަން އިތުރުވެފައިވިޔަސް މުޖުތަމައުގައި ހަވާސާވެފައިވާ މިފަދަ ފަރާތްތަކަށް އަދިވެސް އެންމެ އެކަށީގެންވާ ގޮތުގައި ޝާމިލްވެ އުޅުމުގައި ތަފާތު ގޮންޖެހުންތަކެއް އެބަހުރި މިނިސްޓަރު ވިދާޅުވިއެވެ.

އައިޝަތު ދީދީ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ގާއިމްކުރާ ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރު ގާއިމްކުރެވިގެން ދިޔުމުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، ކުދިންނަށް ދިމާވެފައިވާ ކަންތައްތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ކުރިއެރުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ އަހަމިއްޔަތު މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު