Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެފްއެސްއެމްގެ އިސްވެރިން ކޮމެޓީއަށް

މަގާމާ ހަވާލުވެ، ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 25 މުވައްޒަފުން ވަކިކޮށްފައިވާނެ: ގަސަމް

އެ 25 މުވައްޒަފުންގެ ތެރެއިން ކުންފުންޏަށް މާލީ ގެއްލުންދިން މީހުންގެ މައްސަލަތައް ފުލުހުންނަށާޢި އޭސީސީއަށް ވަނީ ހުށަހަޅާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2020 | ބުދަ 13:24
އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ގަސަމް އާއި އެކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުން އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި

އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ގަސަމް އާއި އެކުންފުނީގެ މެނޭޖްމަންޓްގެ ބޭފުޅުން އެސްއޯއީ ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވެ، ކުންފުނީގެ ތެރެއިން ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ 25 މުވައްޒަފުން ވަކިކޮށްފައިވާނެ މުހައްމަދު ގަސަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމަށް ވަޑައިގެން އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ގަސަމް ވިދާޅުވީ، އޭނާ މަގާމާ ހަވާލުވިއިރު، އެކުންފުނީގެ ތެރެއިން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ފާހަގަކުރެވިގެން، އެމައްސަލަތައް އެކުންފުނީގެ ތެރޭގައި ތަހުޤީޤް ކުރި ކަމަށެވެ. އަދި ތަހުގީގުން ސާބިތުވާތީ، ކުންފުނީގެ އޮންނަ އުސޫލްގެ ތެރެއިން މިހާތަނަށް 25 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ، އެ 25 މުވައްޒަފުންގެ މައްސަލަތަކުގެ ތެރެއިން ކުންފުންޏަށް މާލީ ގެއްލުންވެފައިވާ މައްސަލަތައް ފުލުހުންގެ އިދާރާއަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ތެރެއިން ހިންގި 8 މިލިއަން ރުފިޔާގެ ތެލުގެ ވަގު ވިޔަފާރިއާ ގުޅިގެން، އެމްޕީއެލަށް ތެޔޮ ސަޕްލައިކުރަމުންދާ އެފްއެސްއެމްގެ މުވައްޒަފުންތަކެއް އެކަމުގައި ބައިވެރިވާކަމަށް ކުރެވޭ ތުހުމަތާއި ގުޅިގެން އެސްއޯއީ ކޮމެޓީން ބޭއްވި މި ބައްދަލުވުމުގައި ގަސަމް ވިދާޅުވީ، އެމްޕީއެލްގެ އިންޓާނަލް އޮޑިޓުން ފާހަގަކޮށް، އެކުންފުނިން އެފްއެސްއެމްގެ މުވައްޒަފެއްގެ ނަން ބަޔާންކޮށް ހުށަހަޅާފައިވާކަމަށެވެ. އަދި ވަގުތުން އެމުވައްޒަފަށް ކުރެވޭ ތުުހުމަތުތަކަށް ބެލުމަށްފަހު، ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި އިތުރު ބަޔަކު ސާމިލްވޭތޯ އާއި، އެމްޕީއެލްގެ ތެރެއިން ހިންގާފައިވާ ތެލުގެ ވައްކަމާ ގުޅޭގޮތުން ކުންފުނީގެ ތެރޭގައިވެސް ބެލުންތަކެއް ބަލަމުންދާކަމަށް ގަސަމް ވިދާޅުވި އެވެ.

ކޮމެޓީގައި އެފްއެސްއެމްގެ އިންޓާނަލް އޮޑިޓުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވީ އިންޓާނަލް އޮޑިޓާއި ތަހުގީގު ކުރިއަށްދާ ކަމަށާއި މިމައްސަލައަކީ އެއްދުވަހުން ދެވަހުން ހިންގާފައިވާ ހިޔާނާތެއް ނޫންކަމަށެވެ. އަދި މިއީ ގިނަ ދުވަސްތަކެއްގެ މަތިން ހިންގާފައިވާ ވައްކަމެއްކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން މިމައްސަލައަށް ހާއްސަ އިސްކަމެއް ދެއްވައިގެން ވީހާވެސް އަވަހަކަށް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ.

ގަސަމް ވިދާޅުވީ، އެމްޕީއެލްގެ ތެރެއިން ހިންގާފައިވާ 8 މިލިއަން ރުފިޔާގެ ތެލުގެ ހިޔާނާތަކީ އެފްއެސްއެމްގެ މުވައްޒަފުން ބައިވެރިވެގެން ހިންގާފައިވާ އެންމެބޮޑު ހިޔާނާތް ކަމަށެވެ. މިހާތަނަށް މިވަރުގެ ހިޔާނާތެއް އެފްއެސްއެމްގެ މުވައްޒަފެއް ނުވަތަ މުވައްޒަފުންތަކެއް ބައިވެރިވެގެން ހިންގާފައި ނުވާކަމަށާއި، މިއީ އިތުރަށް ކަންކަން އިސްލާހު ކުރުމަށް ލިބުނު ފިލާވަޅެއް ކަމަށްވެސް ގަސަމް ވިދާޅުވި އެވެ. ނަމަވެސް ގަސަމް ވިދާޅުވީ، މިހިޔާނާތަކީ އެމްޕީއެލްގެ ތެރެއިން ހިންގާފައިވާ ހިޔާނާތަކަށްވާއިރު، އެމްޕީއެލަށް ބޭނުންވާ ތެޔޮ އިންތިހާއަށް އިތުރުވެގެންގޮސް، އެމްޕިއެލްގެ މެނޭޖްމަންޓަށް ނޭނގި އޮތުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މީގެއިތުރުން ގަސަމް ވިދާޅުވީ، އެމްޕީއެލަށް ބޭނުންވާ ތެޔޮ ސަޕްލައި ކުރުމުގައި ކުރިއަށް އޮތްތަނުގައި އަމަލު ކުރާނެ ގޮތަކާއި، ހިޔާނާތާއި ކޮރަޕްޝަނަށް މަގުފަހި ނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް އެމްޕީއެލްގެ މެނޭޖްމަންޓާއެކު މަޝްވަރާ ކުރެއްވުމަށް އެކުންފުނީގެ މެނޭޖްމަންޓަށް ދައުވަތު ދެއްވާފައިވާ ކަމަށެވެ.

ކޮމެޓީގެ މިބައްދަލުވުމުގައި ގަސަމް ވިދާޅުވީ، އެފްއެސްއެމްގެ ތެރެއިން ކޮރަޕްޝަނާއި ހިޔާނާތް ހިންގުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށާއި މޫނަށް ކަނދުރާއަށް ބެލުމެއް ނެތި، އެފަދަ ކަންކަން ކުރާ މުވައްޒަފުންނާމެދު ވަގުތުން ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!

މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!

20 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު ރިޕޯޓް އަންނަ މަހު ނެރޭނަން: އޭސީސީ

09 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު