Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފެނަކައަށް ބައިނަލްއަޤްވާމީ 4 އެވޯޑެއް

ބައިނަލްއަޤްވާމީ 4 އެވޯޑާއިއެކު އަހަރުގެ ސީއީއޯގެ އެވޯޑް ފެނަކަ އެމްޑީ އަޙްމަދު ސަޢީދަށް!

2 ޑިސެމްބަރު 2020 | ބުދަ 07:58

ލ.ގަން ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫޢަށް އެވޯޑް ލިބުނު.

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 ޑިސެމްބަރު 2020 | ބުދަ 07:58
ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާއި އެކު

ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާއި އެކު

ޒަމާންވީ ކިލަނބު ނަމާއިއެކު ޒިންމާދާރުކަމެއްނެތި، ޚިދުމަތް ދެމުން އައި ފެނަކަ ހިނގުމަށް 2019 ވަނަ އަހަރު ގެނެވުނު މުހިއްމު ބަދަލާއިއެކު، ގިނަ ގޮންޖެހުންތަކެއް ގިރާކޮށް، މަސްޢޫލިއްޔަތު އަދާކުރެއްވުމުގައި، ނުގުޑާ ޢަޒުމުގައި ފެނަކައިގެ ޙަޤީޤީ މަޤާމަށް ވާޞިލުވުމަށް ފެނަކައިން ބުރަ މަސައްކަތެއް ކޮށްފައިވާކަން ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ޤަބޫލުކޮށް އަނެއްކާވެސް ފެނަކައަށް ބައިނަލްއަޤްވާމީ ގިނަ އެވޯޑްތަކެއް ލިބިއްޖެއެވެ.

އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް" އަކީ ދުރާލާ އިޢުލާން ކުރެވޭ މިންގަނޑުތަކަކަށް މިނިވަން ފަނޑިޔާރުންގެ ޕެނަލަކުން އިންސާފު ކުރެވިގެން ދެވޭ، ޤައުމުތަކުގެ މެދުގައި އިތުބާރު ހޯދާފައިވާ، އަދި އޭޝިއާ ސަރަޙައްދުގެ ބޮޑެތި ޔުޓިލިޓީ ކުންފުނިތަކުން ބައިވެރިވާ އެވޯޑެއް ކަމަށް ފެނަކައިން ބުންޏެވެ.

Advertisement - newsAdvertisement

މިގޮތުން، 2020 ވަނަ އަހަރުގެ އެވޯޑް ޙަފްލާގައި 50 ކުންފުންޏަކުން އެވޯޑތައް ޙާޞިލް ކުރި އިރު، ފެނަކައިން ޙާޞިލް ކޮށްފައި ވަނީ:

ޕަވަރޕްލާންޓް އަޕްގްރޭޑް އޮފް ދި އިޔަރ(ރާއްޖެއިން)

މި އެވޯޑް ލިބިފައިވަނީ ފެނަކައިން ލ.ގަމުގައި ޤާއިމްކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫޢަށެވެ. މި މަޝްރޫޢަކީ ރާއްޖޭގައި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ދާއިރާއަށް ގެނެވޭ ޒަމާނީ ފަންނުވެރިކަމުގެ އީޖާދުގެ ފެށުމަށް ވެގެން ދާނެ ކަމަށާއި އަދި މި މަޝްރޫޢާއެކު ލ.ގަމުގެ ރައްޔިތުންގެ ފަނޑުވެފައިވި އުންމީދުތަކަށް ވަނީ ދިރުން ލިބިގެން ގޮސްފައި ކަމަށްވެސް އެކުންފުނިން ބުންޏެވެ. މި ގިންތިން އެވޯޑް ޙާޞިލްކުރި އެހެން ބޮޑެތި ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން އަދި ކޮރެއާ ހިމެނެ އެވެ.

ޕަވަރ ޔުޓިލިޓީ އޮފް ދި އިޔަރ(ރާއްޖެއިން)

މި އެވޯޑަކީ ޤައުމުތަކުގެ ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި މިން ކުރެވިގެން އެ ޤައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަށް ދެވޭ އެވޯޑެކެވެ.

ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދި އިޔަރ(ރާއްޖެއިން)

މި އެވޯޑް ލިބިފައިވަނީ ގދ.މަޑަވެލި އަދި ހޯޑެއްދޫގައި ފެނަކައިން ޤާއިމް ކުރުމަށް ރާވައި ފެށުމައް ތައްޔާރުވެފައިވާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫޢަށެވެ. މި މަޝްރޫޢު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެފަދަ މަޝްރޫޢުތަކުގެ ތެރެއިން، ތަފާތު އަދި އިންޤިލާބީ މަޝްރޫޢަކަށެވެ.

ސީ.އީ.އޯ އޮފް ދި އިޔަރ (ހުރިހާ ޤައުމަކުން)

މި އެވޯޑަކީ ބައިވެރިވި ހުރިހާ ޔުޓިލިޓީ ކުންފުނިތަކުގެ މެދުގައި ވާދަކޮށްގެން ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދަށް ލިބިފައިވާ އެވޯޑެކެވެ.

ކުންފުނި ކުރިން އޮތް ޙާލަތަށް ބަލާ އެމްޑީ ސަޢީދު ކުންފުޏާއި ޙަވާލުވެ މިވީ ކުރު މުއްދަތުގެ ތެރޭގައި ކުންފުނީގެ ޙާލަތު އިހުނަށްވުރެ ރަނގަޅު ކުރެއްވުމަށް، ދެވޭ ޚިދުމަތްތަކަކީ އުފެއްދުންތެރިކަމާއި، އަދި އީޖާދީ ބިނާކުރަނިވި މަސައްކަތްތަކަކުން ކުރުމުއްދަތެއްގެ ތެރޭގައި ކުރެވިފައި މަސައްކަތްތަކެއްކަން ފާހަގަކުރެވިފައިވުމާއި، އަދި ދެވޭ ޚިދުމަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެއްދެވުމަށް މުޅި ނިޒާމް ފަރުމާކުރައްވާ، ކުންފުނިން ހޯދަމުންދާ ބޮޑު ކާމިޔާބީ ފަދަ މުހިންމު ކަންތައްކެއް ފާއިތުވެ ދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ޙާޞިލްކުރެވިފައިވާތީ އެކަންކަން ފާހަގަކޮށް ލިބިފައިވާ އެވޯޑެކެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
21 ފެބުރުއަރީ 2017

ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި

21 ފެބުރުއަރީ 2017
ރައީސް ނަޝީދަށް ހިތްވަރުގަދަ ކަމުގެ އެވޯޑް ދެއްވައިފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް