Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ބަޣާވާތުގެ ހޫނު ޒުވާބުގެ ތެރެއިން ޝަރީފްގެ ނަން އިއްވާ ތަޅުމުން ބޭރު!

2 ޑިސެމްބަރު 2020 | ބުދަ 05:10

ޝަރީފް ތަޅުންދޫކުރައްވާ ވަޑައިނުގެންނެވުމުން ރައީސް ނަޝީދު ވަނީ ސަރޖެންޓް އެޓް އަރމްސް އަށް ޝަރީފް ތަޅުމުން ނެރުމަށް އެދިވަޑައިގަންނަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 ޑިސެމްބަރު 2020 | ބުދަ 05:10
ޝަރީފްގެ ނަން އިއްވުމުން ސަރޖެންޓް އެޓް އާރމްސް ޝަރީފް ތަޅުމުން ނެރުމަށް މަސައްކަތްކުރައްވަނީ

ޝަރީފްގެ ނަން އިއްވުމުން ސަރޖެންޓް އެޓް އާރމްސް ޝަރީފް ތަޅުމުން ނެރުމަށް މަސައްކަތްކުރައްވަނީ | ރައްޔިތުންގެ މަޖިލިސް

ބަޣާވާތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފާއި އެހެން މެމްބަރަކާއި އުފެދުނު ޚިޔާލުތަފާތުވުމެއްގައި އަޑުގަދަ ކުރެއްވުމާއި ގުޅިގެން ޝަރީފްގެ ނަން އިއްވައިފި އެވެ.

ބުދަ ދުވަހުގެ ޖަލްސާ ފެށުނުއިރުވެސް ޝަރީފާއި އެހެން މެމްބަރަކާއި ވާހަކަދައްކަވާ އަޑު އިވެމުންދިޔައެވެ. ޖަލްސާ ފެށުނުކަން އިއުލާންކުރައްވާ ދުވަހުގެ ތާރީޚާއި ޖަލްސާގެ ތަޢާރަފް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްވަމުން ގެންދެވިއިރު ޝަރީފް އަޑުގަދަކުރައްވަމުން ގެންދެވި އަޑުއިވެމުންދިޔައެވެ.

Advertisement - newsAdvertisement

ޖަލްސާގެ ތަޢާރަފް ދެއްވަމުން ގެންދަވަމުން ރައީސް ނަޝީދު ވަނީ ޝަރީފަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް އެދިވަޑައިގެން ތިން ފަހަރު ނަސޭހަތް ދެއްވާފައެވެ. އެއަށްފަހު ޝަރީފްގެ ނަން އިއްވެވިއެވެ. އޭރުވެސް ޝަރީފް ތަޅުމުގައި އަޑުގަދަ ކުރައްވަމުން ގެންދެވިއެވެ. ޝަރީފްގެ ނަން އިއްވެވިއިރު ޝަރީފް އިންނެވީ އެންމެ ކުރީ ބަރީގައި ހުރި ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގަ އެވެ.

ޝަރީފްގެ ނަން އިއްވެވުމަށްފަހު ޝަރީފް ތަޅުންދޫކުރައްވާ ވަޑައިނުގެންނެވުމުން ރައީސް ނަޝީދު ވަނީ ސަރޖެންޓް އެޓް އަރމްސް އަށް "މީނާ ނެރޭ" އެހެން ވިދާޅުވެ ޝަރީފް ތަޅުމުން ނެރުމަށް އެދިވަޑައިގަންނަވާފައެވެ. އެގޮތަށް ވިދާޅުވަމުން ގެންދެވިއިރުވެސް ޝަރީފް ގެންދެވީ ތަޅުމުގައި އަޑުގަދަ ކުރައްވަމުންނެވެ.

ރައީސް ނަޝީދު އެގޮތަށް އެދިވަޑައިގަތުމުން ސަރޖެންޓް އެޓް އަރމްސް ޝަރީފް އަރިހުން ތަޅުން ދޫކުރައްވާ ވަޑައިގަތުމަށް އެދިވަޑައިގަންނަވަމުންދިޔަ ތަން ފެނެއެވެ. އެހެންނަމަވެސް ޝަރީފް ގެންދެވީ ތަޅުމުގައި އަޑުގަދަ ކުރައްވާ ވާހަކަދައްކަވަމުންނެވެ. އެއަށްފަހު ގާތްގަނޑަކަށް ދެ މިނެޓް ފަހުން ޝަރީފް ތަޅުން ދޫކުރައްވާ ނިކުމެ ވަޑައިގެންނެވި އެވެ.

ޝަރީފް ތަޅުން ދޫކުރައްވާ ވަޑައިގެންނެވިފަހުން ރައީސް ނަޝީދު ވަނީ ޖަލްސާ ފައްޓަވާފައެވެ. އަދި އެހިނގައިދިޔަ ކަންތައް ހިއްސާކޮށްދެއްވިއެވެ. އެގޮތުން ހިނގައިދިޔަ ކަންތައްތަކަކީ ޝަރީފާއި އެހެން މެމްބަރަކާއި ދެމެދު ބަޣާވާތާއި ގުޅޭގޮތުން އުފެދުނު ޚިޔާލުތަފާތުވުންތަކެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް ޝަރީފާއި ޚިޔާލުތަފާތުވި މެމްބަރުގެ ނަމެއް ނަޝީދު ހާމައެއްނުކުރައްވައެވެ. އަދި ތަޅުމުގައި އަޑުގަދަ ކުރައްވަމުން ގެންދެވިއިރު ޝަރީފާއި ދެން ޚިޔާލުތަފާތުވުން އުފެދިގެން އަޑުގަދަކުރެއްވީ ކޮން މެމްބަރެއްކަމެއް އެހާ ބޮޑަށް ސާފެއް ނުވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެއް މެމްބަރެއްގެ ނަން އިއްވަވާ ދެން ހުރި މެމްބަރުގެ ނަން އިއްވެވުމަށް ބެއްލެވިއިރު އެމެމްބަރު ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޚިލާފު އުފެދެނީ ރާއްޖޭގެ ރައްޔިތުންގެ ތެރޭގައިވެސް ހައްސާސް ކަންކަން މިތަނުގައި ބަހުސްކުރަމުން ދާއިރު ކަމަށެވެ. އަދި ބަހުސް ކުރެވޭ ކަންކަމަކީ އަދި ގޮތްތައް ނިންމެމުންދާ ކަންކަމަކީ ޖީލުތަކަކަށް ދިވެހި މުޖުތަމަޢަށް އަސަރުކޮށްގެން ދާނެ ކަންކަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 މާރިޗު 2017

އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް

22 މާރިޗު 2017
އިތުބާރު ނެތް ކަމަށް ވޯޓުދޭ މެންބަރުންގެ ފަޔަށް އެޅޭނީ ހޫނުފެން: މެންބަރު އިލްހާމް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި

12 މާރިޗު 2017
ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުން ނުދާ ކަމަށް ކަރެކްޝަންސް އިން ބުނެފި
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
09 މާރިޗު 2017

މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ

09 މާރިޗު 2017
މިދިޔަ އަހަރު ރަޖިސްޓްރީކުރި 958 މައްސަލައިގެ ތެރެއިން 754 މައްސަލަ ނިމިފައިވޭ: އޭސީސީ
15 ފެބުރުއަރީ 2017

ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި

15 ފެބުރުއަރީ 2017
ވެލަންޓައިންސް ޑޭއާ ދިމާކޮށް ބަނގުރާ ވިއްކަނިކޮށް ދެ މީހަކު ހައްޔަރުކޮށް ޓެކްސީއެއްގެ ތެރެއިން 14 ފުޅި ރާ އަތުލައިގެންފި
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް