Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިމާމުން ތަމްރީނު ކުރުން

ރިސޯޓުތަކަށް އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފައްޓައިފި

ކޯސް ހިންގަން ހަމަޖެހިފައި ވަނީ 4 ހަފްތާއަށް

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2020 | ބުދަ 07:31
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

ޓުއަރިޒަމް މިނިސްޓްރީ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ގުޅިގެން ރިސޯޓުތަކަށް އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފައްޓަވައިފި އެވެ.

ޕްރޮގްރާމް އިފްތިތާޙް ކޮށްދެެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ވާރޗުއަލްކޮށެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް، މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ އާއި އައްޝައިޙް ނަސްރުﷲ އަލީ އާއި އައްޝައިޙް އިބްރާހިމް ރަޝީދުގެ އިތުރުން ރިސޯޓު ތަކުގެ ބައެއް މުއައްޒަފުންގެ އިތުރުން ދެ މިނިސްޓްރީގެ ބައެއް އިސްވެރިން ވަނީ ބައިވެރި ވެފައެވެ.

Advertisement - newsAdvertisement

ޕްރޮގްރާމުގެ ތައާރަފެއް ދެއްމުން އައްޝައިޙް ނަސްރުﷲ އަލީ ވިދާޅުވީ މި ކޯސް ހިންގޭނީ އެކިއެކި ބެޗް ތަކަށް ބަހާލައިގެން 4 ހަފްތާގެ މުއްދަތަކަށް ކަމަށާއި އަދި ކޮންމެ ބެޗްއެއްގައިވެސް ބައިވެރިވެވޭނީ 20 މީހުންނަށް ކަމަށެވެ. އަދި މި ކޯހުގައި އުގަންނައިދޭން ހަމަޖެހިފައި ވަނީ ކޮންމެހެން އިމާމަކަށް އިނގެން މަޖުބޫރު ބައިތައް ކަމަށް ޝެއިޙް ވިދާޅުވިއެވެ. އެގޮތުން މި ކޯހުގައި ހިމަނާފައިވާ ބައިތަކު ތެރޭގައި އަންމާފޮތް ފަރިތަކޮށް ކިޔަވަން ދަސްކުރުން، ފިޤުހު، ނަމާދުގެ އާންމު ހުކުމް ތަކާއި ޙުތުބާ ކިޔުމާއި ރާގައް ބަންގި ގޮވުމާއި ރީއްޗަށް ޤުރުއާން ކިޔެވުމުގެ އިތުރުން ތަރާވީސް ނަމާދު ކުރުމަށް ޓްރެއިނިންގ ދިނުން ހިމެނެއެވެ. މި ކޯހުގައި ބައިވެރިވެވޭނީ ކޮންމެ ރިސޯޓަކުންވެސް ދެ މުއައްޒަފަކަށެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ ޒާހިރު ވާހަކަ ދައްކަވަމުން ވިދާޅުވީ މި ޕްރޮގްރާމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ ރިސޯޓުގެ މުއައްޒަފުން އިމާމުންނަށްވުމަށް ޓްރެއިނިންގ ދިނުން ކަމަށެވެ. ސަބަބަކީ މޫސުންގޯސްވެ ނުވަތަ އެހެން ހާލަތެއްގައި ނަމަވެސް ރިސޯޓްއަށް ކައިރި ރައްރަށުން އިމާމުން ނުގެނެވިދާނެ ހާލަތު މަދުން ނަމަވެސް ދިމާވާ ކަމަށާއި މި ޕްރޮގްރާމުގެ ދަށުން މިކަމަށް ހައްލެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން މި ޕްރޮގްރާމް ހިންގާނީ މަސްދުވަހުގެ މުއްދަތައް ކަމަށާއި މި ޕްރޮގްރާމު އެކި ސެޝަން ތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު ހުރިހާ ސެޝަން ތަކުގައި ބައިވެރި ވެގެން ނޫނީ ކޯސް ފުރިހަމަ ވެގެން ނުދާނެ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރައްވާފައިވެ އެވެ. އަދި ކޯސް ފުރިހަމަ ކުރުމުން ސެޓްފިކެޓްއެއް ލިބިގެން ދާނެ ކަމަށާއި ސެޓްފިކެޓް ހާސިލް ވުމުން ރާއްޖޭގެ ކޮންމެ ރިސޯޓެއްގައި ވެސް އިތުރު ހުއްދައަކާއި ނުލާ އިމާމް ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް އެހާ ފުރިހަމަ ކޮށް އެހާ ކުރު މުއްދަތެއް ތެރޭގައި ތައްޔާރު ކޮށްދެއްވި ކަމަށްޓަކައި އިސްލާމިކް މިނިސްޓްރ އަށާއި އެމިނިސްޓްރީގެ ޓީމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އަދި މިފަދަ ޕްރޮގްރާމަކަށް ރިސޯޓުގެ މުއައްޒަފުން ދެއްވި އަހަންމިއްޔަތުކަމާއި މެދު ވާހަކަ ދައްކަވާ މިނިސްޓަރ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި 85 ރިސޯޓަކުން 169 މީހަކު މި ޕްރޮގްރާމުގައި ބައިވެރިވެފައި ވާކަމަށާއި މީގެންވެސް ދައްކުވައިދެނީ މިފަދަ ޕްރޮގްރާމަކަށް މުއައްޒަފުންގެ ހިތްތަކުގައި އުފެދިފައިވާ ޝައުޤުކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު