Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން އާންމުކުރުމ

އިޒުނަ ލިބިއްޖެނަމަ މާލީ ބަޔާން ހުށައެޅި ފަރާތްތަކުގެ ލިސްޓު ހާމަކުރާނަން - ރައީސް ނަޝީދު

މެމްބަރުންގެ މާލީ ބަޔާން އާންމުކުރިނަމަވެސް، އަނބިދަރިންގެ މައުލޫމާތު އާންމެއްނުކުރޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޑިސެމްބަރު 2020 | އަންގާރަ 13:44
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަނބިދަރިންގެ ތެރެއިން މާލީ ބަޔާން ހުށައެޅި ފަރާތްތަކުގެ ލިސްޓު އާންމުކުރެވޭނީ، އެ ފަރާތްތަކުގެ އިޒުނަ ލިބިގެންކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މައުލޫމާތި ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅުއްވާފައިވާ މެމްބަރުންގެ އަނބިއަނބިކަނބަލުންނާއި، ފިރިފިރިކަލުން އަދި ދަރިންގެ ލިސްޓެއް ހޯދުމަށް އަމިއްލަ ފަރާތަކުން މަޖިލީހުގައި އެދުމުންނެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ ޖަލްސާގައި އެކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިކަމަކީ މެމްބަރުންނާއި ގުޅުންހުރި ކަމެއްގެ ގޮތަށް އެ މަނިކުފާނަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެއަށްވުރެ ބޮޑަށް މިއީ މެމްބަރުންގެ އަނބިކަނބަލުންނާއި ފިރިކަލުންނާއި ގުޅޭކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިފަދަ ކަންކަމަކީ މަޖިލީހުން އެއްބާރުލުންދީ ރައްޔިތުންނަށް ސާފުކޮށްދޭން އެދޭކަންކަން ކަމަށްވާތީވެ މި މައުލޫމާތުތައް ސާފުކުރުމަށް އެދިފައިވާ ފަރާތަށް މައުލޫމާތު ސާފުވާނެގޮތަށް އެކަން ހަމަޖެއްސުމަށް އާންމު ކޮމިޓީގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން އެ މައުލޫމާތު ސާފުކޮށްދެވޭނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މެމްބަރުންގެ މާލީ ބަޔާނުގައި އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރާގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް ފާސްކުރީ 19 ވަނަ ރައްޔިތުންގެ މަޖިލިހުންނެވެ.

މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) ގައި މީގެ ކުރިން ބުނެފައިވަނީ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި 68 ވަނަ މާއްދާގެ ރ ގައި ބުނަނީ މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭގޮތަށް، އަހަރަކު އެއްފަހަރު ތައްޔާރުކޮށް، މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެއެވެ. އަދި އެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެއެވެ.

ނަމަވެސް މި ފަހުން މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަކީ ގަވާއިދުގެ 68 ވަނަ މާއްދާގެ (ހ) ގައި މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިން ވެސް ހިމެނޭގޮތަށް ތައްޔާރުކޮށް ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.

އެ މާއްދާގެ (ރ) އަށް ގެނައި ބަދަލަކީ 68 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށެވެ.

އެހެންކަމުން މިހާރު މެމްބަރުންގެ މާލީ ބަޔާން ވެބްސައިޓްގައި ޝާއިއުކުރާއިރު މެމްބަރުންގެ އަނބިދަރިންގެ މައުލޫމާތު ވެބްސައިޓްގައި ހާމަކުރަމުންނެއް ނުދާނެއެވެ. މަޖިލިހުގެ އައު ގަވައިދުގެ ދަށުން، މާލީ ބަޔާން ހާމަނުކުރާ މެމްބަރުންގެ މުސާރަ ހިފެހެއްޓުމުގެ ބާރު ރިޔާސަތަށް ލިބިވަޑައިގަންނަވައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި

19 ފެބުރުއަރީ 2017
މައުމޫންގެ ހަަތަރު ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ބަޔާން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
06 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި

06 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވި ޖަލްސާގައި މެމްބަރު ހުސެއިން އަރީފް އިހުތިޖާޖްކޮށްފި
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު