Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ އެއިޑްސް ދުވަސް 2020

ރާއްޖޭގައި އެއިޑްސް ފެތުރެން މަގުފަހިވާ ފަދަ އާދަތައް ފެންނަން އެބަހުރި - ހެލްތް މިނިސްޓަރ

1 ޑިސެމްބަރު 2020 | އަންގާރަ 13:03

މިނިސްޓަރ ވިދާޅުވީ ބަލި ފެތުރުން ހުއްޓުވުމަށް ކަމާ ގުޅުންހުރި އިދާރާތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ވިސްނަންޖެހޭކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 ޑިސެމްބަރު 2020 | އަންގާރަ 13:03
މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް

މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް

ރާއްޖޭގައި ކުރެވިފައިވާ އެސެސްމަންޓްތަކާއި ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގައި އެއިޑްސް ބަލި ފެތުރިގެން ދިޔުމަށް މަގުފަހިވާ ފަދަ އާދަތައް ފެންނަން އެބަހުރިކަމަށް މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަޙްމަދު ނަސީމް މިހެން ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަސް 2020، ފާހަގަކުރުމުގެ ގޮތުން އަންގާރަ ދުވަހު ދެއްވި ހިތާބުގައެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ އެޗްއައިވީ ނުވަތަ އެއިޑްސްއަކީ އިސްކަންދޭ ކަމެއްގެ ގޮތުގައި ބާއްވާ، އެއިޑްސްއާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ރާއްޖޭގައި މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ކަމާ ގުޅުންހުރި އިދާރާތަކުން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ވިސްނަންޖެހޭކަމަށެވެ.

Advertisement - newsAdvertisement

މިހާރުވެސް ރާއްޖޭގައި މިކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަން ފާހަގަކޮށް މިނިސްޓަރ ނަސީމް ވިދާޅުވީ، މި ބައްޔަށް ދެވޭ ފަރުވާ އަދި ފަރުވާއަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ހަމަޖައްސާފައިވަނީ ސަރުކާރުގެ ފަރާތުން ހިލޭ ފޯރުކޮށްދެވޭ ޚިދުމަތެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނަސީމް އިތުރަށް ވިދާޅުވީ މި ދުވަސް ފާހަގަކުރުމުގެ މަޤްސަދުތަކުގެ ތެރޭގައި އެއިޑްސްއާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުން ހިމެނޭ ކަމަށެވެ. އަދި މި ބައްޔަށް ފަރުވާދިނުމަށް މަސައްކަތް ކުރަނީ މި ބަލިންކުރާ އަސަރަށް ވަރަށް ބޮޑަށް ރިއާޔަތްކުރެވިގެން ކަމަށް ނަސީމް ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް ދުވަހުގެ މުނާސަބަތުގައި ކުރައްވާ ބުރަ މަސައްކަތަށް ހިތްވަރާއި ސާބަސް ދެއްވިއެވެ.

މިނިސްޓަރުގެ ހިތާބުގައި، ރާއްޖޭގައި އެޗްއައިވީ ޓެސްޓްކުރުމުގައި ގެންގުޅެނީ "ކޮންމެ މީހަކަށްވެސް ހިލޭ އެޗްއައިވީ ޓެސްޓެއް ކުރުމަށް އެދެވިދާނެ، އަދި އެކަން ކޮށްދެވޭނެ" ކަމުގެ ސިޔާސަތު ކަމުން ވީހާވެސް ގިނަ ބޭފުޅުން އެޗްއައިވީއަށް ޓެސްޓްކޮށް ބަލި ނެތްކަން ދެނެގަނެގެން ތިބުންކަމަށް އިލްތިމާސްކުރެއްވިއެވެ.

އޭގެ އިތުރުން އެޗްއައިވީ ބަލިމީހުންނާ ދޭތެރޭ މުޖުތަމައުން ދެކޭގޮތާއި ތަފާތުކުރުން ނައްތާލާ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މިނިސްޓަރ ގޮވާލެއްވިއެވެ. އަދި ދިވެހިރާއްޖެއަށް ލިބިފައިވާ 'މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ ޖެހުން ނައްތާލެވިފައިވާ ޤައުމެއް' ގެ ނަން އެ ގޮތުގައި ދެމެހެއްޓުމާއެކު، އެކަން އެގޮތަށް ދެމިއޮތުން ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މި އަހަރުގެ އެެއިޑްސް ދުވަހުގެ ޝިއާރަކީ "ގްލޯބަލް ސޮލިޑަޓަރީ، ޝެއާރޑް ރެސްޕޮންސިބިލިޓީ" ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ބައިނަލްއަޤްވާމީ ފެންވަރުގައި މި ޝިއާރު ކަނޑައަޅާފައިވަނީ މިހާރު މުޅިދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތާ ގުޅުވައިގެން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ

14 ޖެނުއަރީ 2017
މެކް ޑޮނަލްޑްސް އާއި ސްޓާބަކްސް ފަދަ ރަހަތައް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް