Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނު

ޓްރެފިކްކުރުމާއި ނާޖާއިޒް ފައިދާ ނެގުން މާނަކުރުން ފުޅާވާގޮތަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ސަރުކާރުގެ ފަރާތުން ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޑިސެމްބަރު 2020 | އަންގާރަ 08:35
ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދު

ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދު

މިހާރު އަމަލުކުރަމުން އަންނަ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މީހުން ޓްރެފިކްކުރުމުގެ ކުށާއި ކުޑަކުދިން ޓްރެފިކްކުރުމުގެ ކުށާއި އެކްސްޕްލޮއިޓޭޝަންގެ އަމަލު ހިންގުމުގެ މާނަ އެއަށްވުރެ ފުޅާވާ ގޮތަށް އެ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި އެވެ.

ސަރުކާރުގެ ފަރާތުން އެބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދެވެ. ބިލް ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ މިބިލް ހުށަހަޅުއްވާ މައިގަނޑު ތިން މަގްސަދެއްވާ ކަމަށެވެ.

Advertisement - newsAdvertisement

އޭގެތެރެއިން އެއް މަގްސަދަކީ ޓްރެފިކްކުރުމުގެ ކުށާއި އެކްސްޕްލޮއިޓޭޝަންގެ އަމަލު ހިންގުމުގެ މާނަ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާއެއް ކަމުގައިވާ "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އަގެއިންސްޓް ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމް" ގެ ޕްރޮޓޮކޯލްއެއް ކަމުގައިވާ "ޕްރޮޓޮކޯލް ޓު ޕްރިވެންޓް، ސަޕްރެސް އެންޑް ޕަނިޝް ޓްރެފިކިންގ އިން ޕަރސަންސް އެސްޕެޝަލީ ވިމެން އެންޑް ޗިލްޑްރަން" އާ އެއްގޮތް ކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުން ކަމަށެވެ. އަދި އެއިސްލާހުތަކާއި ގުޅިގެން އެ ޤާނޫނުގެ އެހެން މާއްދާތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުން ކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ މިހާރު ޓްރެފިކް ކުރުން މާނަކޮށްފައި އޮތްގޮތުން ޓްރެފިކްކުރުމުގެ އަމަލުގެ ތެރޭގައި ރެކްރޫޓްކުރުމާއި ގެންގުޅުމާއި ރިސީވްކުރުން ނުހިމެނޭ ކަމަށެވެ. އެގޮތުން ހިމެނިފައި ނުވުމުގެ ސަބަބުން މިކުށްކުށަކީ ޤާނޫނީ ކުށަކަށް ނުހެދޭ ކަމަށާއި އެހެންކަމުން މިއަމަލުތައް ހިންގާ މީހުން ޤާނޫނީ ގޮތުން ޒިންމާދާރު ނުކުރެވޭކަމަށް ޖީހާން ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ބިލް ހުށަހަޅާފައިވަނީ އެހުރިހާ ކަމެއްވެސް ހިމެނޭގޮތަށް ކަމަށް ޖީހާން ވިދާޅުވިއެވެ.

މީގެއިތުރުން މިބިލް ސަރުކާރުން ހުށަހަޅާ ދެ ވަނަ މަގްސަދަކީ ޓްރެފިކްކުރުމުގެ އަމަލެއް ހިންގުމަށް ބޭނުންކުރާ މުދަލާއި ފައިސާ އާއި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ބާރު މިޤާނޫނަށް ގެންނަ އިސްލާހުން ލިބިދުނުންކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

މިޤާނޫނަށް ސަރުކާރުން ހުށަހަޅާ ތިން ވަނަ ސަބަބަކީ ޓްރެފިކް ކުރެވޭ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓަށް ނަގައިދެވޭ ގެއްލުމުގެ ބާވަތްތައް ކަނޑައެޅުން ކަމަށް ޖީހާން ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މި ޤާނޫނަށް 12 އިސްލާހެއް ވަނީ ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!

06 އެޕްރީލު 2017
ރިލްވާނު ވަގަށް ނެގުން: އެތައް ސުވާލެއް، ފުލުހުންގެ ޖަވާބެއް ނެތި އަހަރެއް!
07 މާރިޗު 2017

މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު

07 މާރިޗު 2017
މާލީ ފައިދާއަކަށް ގައުމުގެ އިސްތިގްލާލު ގުރުބާންކޮށްގެން ނުވާނެ: އަމީތު
05 މާރިޗު 2017

ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި

05 މާރިޗު 2017
ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު