Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ\"ގެމެން\" ސިސްޓަމްގެ ޙިދުމަތްތައް

"ގެމެން" - މުއައްސަސާތަކަށް ދުވުމުގެ ބަދަލުގައި ރަޖިސްޓްރޭޝަން ކަންތައް އެއް ޕްލެޓްފޯމަކަށް!

1 ޑިސެމްބަރު 2020 | އަންގާރަ 10:07

ހަރަދު ކުޑަކޮށް އިލެކްޓްރޯނިކް ކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ހިދުމަތެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 1 ޑިސެމްބަރު 2020 | އަންގާރަ 10:07
ގެމެން މޮޑިއުލް ބޭނުންކުރަން ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހު

ގެމެން މޮޑިއުލް ބޭނުންކުރަން ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހު

ދިވެހި ރައްޔިތުންގެ އުފަންދުވަހުގެ ރަޖިސްޓްރީ އާއި، ރައްވެހިންގެ ރަޖިސްޓްރީ އަދި ގޯތި ގެދޮރުގެ ރަޖިސްޓްރީ ބަލަހައްޓަން ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އެންސީއައިޓީ އާއި ގުޅިގެން ތައްޔާރުކުރި އީ-ކައުންސިލްގެ ގެމެން މޮޑިއުލްގެ މަސައްކަތް ކުރިއަށްދާއިރު ދަތިތަކެއް އެބަހުރި ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީން ބުނެފިއެވެ.

"ރާއްޖެއެމްވީ" އާއި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީ އަލީ ސާލިހު ވިދާޅުވީ ގެމެން މޮޑިއުލްއަކީ މުއައްސަސާތަކަށް ދުވުމުގެ ބަދަލުގައި ރަޖިސްޓްރޭޝަން ކަންތައް އެއް ޕްލެޓްފޯމަކަށް ގެނެސްފައިވާ ޕޯޓަލް އެއް ކަމަށާއި ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ދިމާވެފައިވާ މައްސަލައަކީ މީގެ ކުރިން ހުރިހާ ރެކޯޑްސްތައް ބަލަހައްޓާފައިވަނީ މެނުއަލްކޮށް ކަމަށް ވުމުންނެވެ.

Advertisement - newsAdvertisement

އެހެންކަމުން މި ވަގުތު މި ޙިދުމަތްތައް ރައްޔިތުންނާއި ހަމައަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކުރަމުންދާ އެއް މަސައްކަތަކީ ހުރިހާ ޑޭޓާތަކެއް އެއް ކުރުން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޑޭޓާތައް އެންޓަރ ކުރުމަށް ގިނަ ވަގުތު ނަގާ ކަމަށާއި މި މަސައްކަތް ކުރުމަށް މުވައްޒަފުންގެ ދަތިކަން ކައުންސިލްތަކުގައި އެބަހުރި ކަމަށް އަލީ ސޯލިޙް ވިދާޅުވިއެވެ.

މި ހުރިހާ މައުލޫމާތު އެއް ކުރެވި ޚިދުމަތްދޭން ފެށުމުން އުފަންދުވަހުގެ ރަޖިސްޓްރީ އާއި، ރައްވެހިންގެ ރަޖިސްޓްރީ އަދި ގޯތި ގެދޮރުގެ ރަޖިސްޓްރީގެ ކަންކަމުގައި ކިއުގައި ޖެހިގެން ރައްޔިތުން އެއްވެސް ކަމެއް ކުރަން ނުޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގެމެންގެ ސަބަބުން ޑިޕަރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ރާއްޖޭގެ އާބާދީއާއި ގުޅޭ މައުލޫމާތު ވަގުތުން ވަގުތަށް އިނގޭނޭ މަގުފަހިވެފައެވެ. މިއާއެކު އާބާދީއާއި ގުޅޭ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަށް ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައެވެ.

އެގޮތުން ކުރިމަގުގައި ސަރުކާރުގެ އެހެން އިދާރާތައް ބޭނުންވާ އާބާދީއާއި ގުޅޭ މުހިންމު މައުލޫމާތު ފަސޭހަކަމާއިއެކު ލިބި، ސަރުކާރުގެ މަސައްކަތްތަކުގެ ދުވެލިއާއި ފެންވަރު ގެމެން މޮޑިއުލްގެ އެހީގައި އިހުނަށް ވުރެން ރަނގަޅުވުން ވެގެންދާނީ މި ޕްރޮޖެކްޓްގެ އެންމެ މައިގަނޑު މަޤްސަދު ޙާސިލްވުންކަމުގައި އަލީ ސޯލިޙް ފާހަގަކުރެއްވިއެވެ.

އެގޮތުން މި ވަގުތުވެސް އަލަށް އުފަންވާ ކުދިންގެ ފޫޅުމައި ފޯމް މިޕޯޓަލް މެދުވެރިކޮށް ހޮސްޕިޓަލް ފުރާނެ ކަމަށާއި އެ ހިސާބުން ކައުންސިލްއާއި އައިޑީކާޑު ޔުނިޓް އަދި ހެލްތް މިނިސްޓްރީއަށް މި މައުލޫމާތު ވަގުތުން ލިބޭނެއެވެ. އަދި ކުއްޖާގެ ބެލެނިވެރިޔާ މިހާރު ކައުންސިލްއަށް ދާންޖެހޭނީ ކުއްޖާގެ ނަން ފާސްކޮށްގެން އުފަންދުވަހުގެ ސެޓްފިކެޓް ބަލާ އެކަނި ކަމަށާއި އަދި ފޮޓޯ ހިފައިގެން ދިއުމުން ކުއްޖާގެ އައިޑީ ކާޑުވެސް ހެއްދޭނެ ކަމަށް އަލީ ސޯލިޙް ވިދާޅުވިއެވެ.

އެހެންކަމުން މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނަށް ކައުންސިލްތަކުން ފޯރުކޮށްދެމުންދާ ވަރަށް މުހިއްމު ޙިދުމަތެއް ޑިޖިޓަލް ކުރެވި މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. މިފަދަ މުހިއްމު މައުލޫމާތު މިހާތަނަށް ގެންގުޅެމުން އައިސްފައިވަނީ ކަރުދާހުގައެވެ.

އޭގެ އިތުރުން ސިއްޙީ ޙިދުމަތްދޭ އިދާރާތަކުން ގެމެން ސިސްޓަމަށް ވަގުތުން އެޅޭނެހެން ހުރުމުން، މިނިސްޓްރީ އޮފް ހެލްތުން މައުލޫމާތު ކަށަވަރުކޮށް ވަގުތުން އިސްލާހުކުރަން ފަސޭހަވެގެންދެއެވެ. ގެމެން މޮޑިއުލް މެދުވެރިކޮށް މިހާތަނަށް 1000ށް ވުރެ ގިނަ ރިކޯޑް ޕްރޮސެސް ކުރެވިފައި ކަމަށާއި މިއީ ރާއްޖޭގެ ވިހާމަރުވާ ރިކޯޑް ބެލެހެއްޓުމުގެ މަސައްކަތް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ވަރަށްވެސް ބޮޑު ކާމިޔާބީއެއް ކަމަށްވެސް އަލީ ސޯލިޙް ފާހަގަކުރެއްވިއެވެ.

އަދި މަރުވާ މީހުންގެ މައުލޫމާތުވެސް މި ސިސްޓަމަށް ވަގުތުން އަޕްލޯޑް ކުރެވޭނެ ކަމަށާއި އެ ހިސާބުން ޕެންޝަން އޮފީހަށްވެސް އެ މައުލޫމާތު ހިއްސާކުރެވިގެންދާނެ ކަމަށް އަލީ ސޯލިޙް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ގެމެން ސިސްޓަމުން ރައްޔިތުންނަށް ވަރަށް ގިނަ ކަންކަމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މި މަސައްކަތަކީ ހުރިހާ އެންމެން ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ޙިދުމަތް ލިބިގަތުމަށް ފަހިކޮށްދިނުމަށް ފެށުމެއް ކަމާއި އަދި ސިޓީ ކައުންސިލްތަކުގެ ބާރުތައް ނަގައި މިނިސްޓްރީތަކަށް މައްސޫލިއްޔަތުތައް ބަދަލުކޮށް ހެދިއިރު އާބާދީއާއި ގުޅުންހުރި މިފަދަ މުހިންމު ލިޔެކިޔުންތަކުގެ ރަސްމީ ރިކޯޑްތައް ގެއްލޭނެހެން ދެން އަމަލުނުކުރެވޭކަން އަލީ ސާލިހު ފާހަގަ ކުރެއްވިއެވެ.

"ގެމެން" މި ސިސްޓަމް ފުރިހަމަ މާނާގައި ބޭނުންކުރަން ފެށުމުން ޙިދުމަތެއް ހޯދުމަށް ގޯތީގެ ރަޖިސްޓްރީ ފޮޓޯ ކޮޕީ ހައްދައި އެތަކެއް ބައެއްގެ އަތްމައްޗަށް މައުލޫމާތު ދޫކުރުމުގެ ބަދަލުގައި، ސިސްޓަމް ތެރެއިން ބޭނުންވާ މައުލޫމާތު، ބޭނުންވާ މިންވަރަށް، ރައްކާތެރިކަމާއި، ސައްޙަކަމާއެކު އިދާރާތަކުގެ މެދުގައި ހިއްސާކުރުމުގެ އިންތިޒާމް އެންސީއައިޓީއިން ހަމަޖައްސައިދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިގޮތަށް ސިސްޓަމްގައި ރައްކާ ކުރެވޭ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންނަށް މިނިސްޓްރީން ވަނީ އަރުވާފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

ގޮނޑިއެއް ނުގެއްލޭ މުއައްސަސާތަކަށް ވަނީ ސިޔާސީ ނުފޫޒްވަދެފަ: އިދިކޮޅު މެމްބަރުން

30 އޯގަސްޓު 2017
ގޮނޑިއެއް ނުގެއްލޭ މުއައްސަސާތަކަށް ވަނީ ސިޔާސީ ނުފޫޒްވަދެފަ: އިދިކޮޅު މެމްބަރުން
07 އޯގަސްޓު 2017

ރައްޔިތުން މުއައްސަސާތަކަށް ދިން ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ނަގަން ވެއްޖެ:އިބުރާ

07 އޯގަސްޓު 2017
ރައްޔިތުން މުއައްސަސާތަކަށް ދިން ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ނަގަން ވެއްޖެ:އިބުރާ
16 ޖުލައި 2017

32 މިލިއަން ރުފިޔާގެ ރިޝްވަތުގެ މައްސަލަ މުއައްސަސާތަކަށް ފަލާހު ހުށަހަޅާފައެއް ނެތް!

16 ޖުލައި 2017
32 މިލިއަން ރުފިޔާގެ ރިޝްވަތުގެ މައްސަލަ މުއައްސަސާތަކަށް ފަލާހު ހުށަހަޅާފައެއް ނެތް!
29 ޖޫން 2017

ދުސްތޫރީ ލަފާގެ ބަދަލުގައި ބަންޑާރަ ނައިބު ދެއްވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ލަފާ:ހިސާން

29 ޖޫން 2017
ދުސްތޫރީ ލަފާގެ ބަދަލުގައި ބަންޑާރަ ނައިބު ދެއްވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ލަފާ:ހިސާން
30 އެޕްރީލު 2017

ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް

30 އެޕްރީލު 2017
ބެޔަސް ނުބެޔަސް 10،000 ރުފިޔާ ދިނުމުގެ ބަދަލުގައި ދަނީ މަސްވެރިންނަށް އަނިޔާ ކުރަމުން:ފަލާހް
06 އެޕްރީލު 2017

ސައިކަލާއި ކާރުގައި ނަމްބަރުގެ ބަދަލުގައި ނަން ޖަހައިގެން ދުއްވޭގޮތަށް ޑޮމައިން ވިއްކަން ނިންމައިފި

06 އެޕްރީލު 2017
ސައިކަލާއި ކާރުގައި ނަމްބަރުގެ ބަދަލުގައި ނަން ޖަހައިގެން ދުއްވޭގޮތަށް ޑޮމައިން ވިއްކަން ނިންމައިފި
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
12 ފެބުރުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ

12 ފެބުރުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ އަށް ހައްލެއް ނުލިބޭ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް