Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ދުސްތޫރީ ލަފާގެ ބަދަލުގައި ބަންޑާރަ ނައިބު ދެއްވަނީ ރައީސް ޔާމީން ބޭނުންފުޅުވާ ލަފާ:ހިސާން

29 ޖޫން 2017 | ބުރާސްފަތި 18:28

ބަންޑާރަ ނައިބު ޢަމަލް ކުރައްވަނީ ގާނޫނީ އިމުގެ ބޭރުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 29 ޖޫން 2017 | ބުރާސްފަތި 18:28
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހިސާން ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހިސާން ވާހަކަ ދައްކަވަނީ

ޤާނޫނީ ކަންކަމުގައި ދުސްތޫރީ ލަފާ ދެއްވުމަށްވުރެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ދެއްވާތީ ފެންނަނީ ޤާނޫނާ ޚިލާފްވިއަސް ރައީސް ޔާމީން ބޭނުންފުޅުވާހާ ލަފާ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ ރާއްޖެ ޓީވީން ބުރާސްފަތި ދުވަހުގެ ރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސިއްޙީ ފަރުވާ ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަަރާތުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ދެއްކެވި ވާހަކަފުޅު ތަކަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވީ ޤާނޫނުއަސާސީއާއި ރާއްޖޭގެ ޤާނޫނުތައް ބުނާ ގޮތުން ކޮންމެ މީހަކަށްވެސް އިންސާނަކަށް ވީތީ ސިއްޙީ ފަރުވާއަކީ ލިބިދޭން ޖެހޭ އަސާސީ ހައްޤުތަކެއް ކަމަށާއި ޖަލުގައި ބަންދުކޮށްފައިވާ މީހަކަށްވެސް އެ ޙައްޤު ފޯރުކޮށްދޭނެ ޤާނޫނީ އިޖުރާއަތްތަކެއް ހުންނަ ކަމަށެވެ. އެހެންކަމުން އެއިޖުރާއަތުގެ ބޭރުން އެއްވެސް ފަރާތަކާމެދު އަމަލެއް ނުކުރެއްވޭނެ ކަމަށާއި އަދީބަށް ފަރުވާ ނުދެއްވުމަށް ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު ދެއްކެވި ވާހަކަތަކަކީ ދެއްކެވޭނެ ވާހަކަ ތަކެއް ނޫން ކަމަށެވެ.

ހިސާން ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބުގެ ޤާނޫނީ ޒިންމާ އަދާނުކުރައްވާ ކަމަށާއި އެމަނިކުފާނު ދުސްތޫރީ ލަފާ ދެއްވުމަށްވުރެ ކުަރައްވަމުން ގެންދަވަނީ ރައީސް ޔާމީން ބޭނުންފުޅުވާހާ ގޮތަކަށް ލަފާ ދެއްވުން ކަމަށެވެ.

"ދިވެހިރާއްޖޭގެ ބަންޑާރަ ނައިބުގެ ޤާނޫނީ ދުސްތޫރީ ނިޒާމް އަދާކުރައްވާ ތަނެއް ނުފެނޭ. އޭގެ ބަދަލުގައި އަބަދުވެސް ފެންނަނީ ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ލަފާ ދެއްވާ މަންޒަރު. ޤާނޫނުއަސާސީއާ ޚިލާފަށް މަޖިލީހުން ޤާނޫނެއް ފާސްކުރެއްވިއަސް ޤާނޫނާ ޚިލާފަށް ސިޔާސަތެއް ރައީސް ޔާމީން ހިންގެވިކަމަށް ވިއަސް މިފެންނަނީ އާދެ މަނިކުފާނު ވަރަށް ރަނގަޅޭ ތިކަންތައް ކުރައްވާ ގޮތް. ތިކަން ތިގޮތަށް ކުރެއްވޭނެޔޭ ވިދާޅުވާ މަންޒަރު. ވަރަށް ބޮޑަށް 'ޔެސް މޭން' އޭ ވިދާޅުވާ ކަހަލަ ގޮތަކަށް" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ މިއަދު މިހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް މަސައްކަތް ކުރައްވަނީ ޤާނޫނާ އެއްގޮތަކަށް ނޫން ކަމަށާއި އެމަނިކުފާނު ދެއްވާ ޤާނޫނީ ލަފަޔަކީ ރައީސް ޔާމީން ރުއްސަން ދެއްވާ ސިޔާސީ ލަފައެއް ކަމަށެވެ. އެމަނިކުފާނު ދެއްވާ ޤާނޫނީ ލަފަޔަކީ ރައީސް ޔާމީނަށް ދެއްވާ ޤާނޫނީ ލަފައެއް ކަމަށާއި މިނިވަން މުސްތަޤިއްލު ކޯޓެއްގައި އެލަފާ ތަކަކީ އެއާމެދު ގޮތެއް ނިންމައިފިނަމަ އެކޯޓަކުން އެލަފާ ބޭރުކޮށްލައްވާނެ ފަދަ ލަފާތަކެއް ކަމަށް ހިސާން ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

31 މާރިޗު 2017

ޖުމައިރާގެ ރޯޔަލް ރެޒިޑެންޓް ނައިބު ރައީސް ހުޅުވައި ދެއްވައިފި

31 މާރިޗު 2017
ޖުމައިރާގެ ރޯޔަލް ރެޒިޑެންޓް ނައިބު ރައީސް ހުޅުވައި ދެއްވައިފި
28 މާރިޗު 2017

އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް

28 މާރިޗު 2017
އެހެން މެންބަރުންގެ ސިސްޓަމުން ވޯޓް ދިން މައްސަލަ ތަހުގީގު ކުރުމަށް ވީޑިއޯ ފުޓޭޖް އާންމު ކުރާނަން: މަޖިލީހުގެ ނައިބު ރައީސް
22 މާރިޗު 2017

މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

22 މާރިޗު 2017
މަޖިލީހުގެ ނައިބު ރައީސް މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި
22 ފެބުރުއަރީ 2017

މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި

22 ފެބުރުއަރީ 2017
މާލޭގައި ދިރިއުޅޭ ގދ. ތިނަދޫގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރައްވައިފި
18 ފެބުރުއަރީ 2017

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

18 ފެބުރުއަރީ 2017
ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
10 ޖެނުއަރީ 2017

ނައިބު ލީޑަރަކަށް ޝިފާ

10 ޖެނުއަރީ 2017
ނައިބު ލީޑަރަކަށް ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް