Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް ރިޕޯޓް

އޮޑިޓް ރިޕޯޓް: ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފުރިހަމަ "އޭ" ރިޕޯޓެއް

30 ނޮވެމްބަރު 2020 | ހޯމަ 16:51

މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ރައީސް އޮފީހަށް ފާސްކޮށްފައި ވަނީ 121،008،144 ރުފިޔާ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 30 ނޮވެމްބަރު 2020 | ހޯމަ 16:51
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފާއިތުވި އަހަރު ހަރަދުކޮށްފައި ވަނީ މާލިއްޔަތު ގާނޫނާއި، ގަވައިދާ އެއްގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާ އާންމުކޮށްފައިވާ ރައީސް އޮފީހުގެ އޮޑިޓް ރިޕޯޓުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 31 ޑިސެންބަރު 2019 އަށް ނިމުނު މާލީ އަހަރުގެ ޚަރަދުތައްކޮށްފައި ވަނީ އެ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވި ބަޖެޓުގެ މަގުސަދުތައް ހާސިލްވާ ގޮތަށް ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އެ އޮފީހުން ޚަރަދުކޮށްފައި ވަނީ ބަޖެޓުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓުގައި ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ދަޢުލަތުގެ މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް އޮޑިޓަރޖެނަރަލްގެ އޮފީހުން ދެކޭކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓް ރިޕޯޓަށް ބަލާއިރު، މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުން ރައީސް އޮފީހަށް ފާސްކޮށްފައި ވަނީ 121،008،144 (ސަތޭކަ އެކާވީސް މިލިއަން އަށްހާސް އެއްސަތޭކަ ސާޅީސް ހަތަރު) ރުފިޔާއެވެ. އޭގެ ތެރެއިން 110،126،608 (ސަތޭކަ ދިހަ މިލިއަން އެއްލައްކަ ސައްބީސް ހާސް ހަސަތޭކަ އަށް) ރުފިޔާ ހަރަދު މުވައްޒަފުންގެ މުސާރައަށް ހަރަދު ކޮށްފައިވާއިރު، ޕެންޝަނާއި ވަކި ހިދުމަތަކަށް ނޫން ގޮތުން ދޭ ފައިސާއަށް 2،900،954 (ދެ މިލިއަން ނުވަލައްކަ ނުވަ ސަތޭކަ ފަންސާސް ހަތަރު) ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

ދަތުރުފަތުރު ކުރުމުގެ ހަރަދަށް ބަލާއިރު، 26،532،450 (ސައްބީސް މިލިއަން ފަސްލައްކަ ބައްތިރީސް ހާސް ހަތަރު ސަތޭކަ ފަންސާސް) ރުފިޔާ ހަރަދުކޮށްފައިވާއިރު، އޮފީހަށް ބޭނުންވާ ތަކެތި ގަތުމަށް 5،359،253 (ފަސް މިލިއަން ތިންލައްކަ ފަންސާސް ނުވަ ހާސް ދުއިސައްތަ ފަންސާސް ތިން) ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން ދެން އެންމެ ބޮޑު ހަރަދެއް ރައީސް އޮފީހުން ކޮށްފައިވަނީ އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތްތަކުގެ ހަރަދުގެ ގޮތުގައެވެ. އެގޮތުން ބަލާއިރު އެކަމަށް 22،055،432 (ބާވީސް މިލިއަން ފަންސާސް ފަސް ހާސް ހަތަރު ސަތޭކަ ބައްތިރީސް) ރުފިޔާ ހަރަދުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

މާލީ ބަޔާންތަކުގައި ބަޔާންކޮށްފައިވާ ފައިސާ ލިބުނުގޮތާއި ފައިސާ ހޭދަ ކުރެވުނުގޮތުގެ ބަޔާނާއި، ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަ ކުރެވުނުގޮތުގެ ބަޔާނުގެ އިތުރުން މާލީ ބަޔާންތަކާއި ގުޅޭ ނޯޓްތަކަކީ މައިގަނޑު ގޮތެއްގައި ރައީސް އޮފީހަށް ލިބުނު ފައިސާ އާއި އެ ފައިސާއިން ކުރެވުނު ޚަރަދާއި ނިމިގެން މިދިޔަ މާލީ އަހަރުގެ ނިޔަލަށް ބާކީ ހުރި ފައިސާ އަދި ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތް ރަނގަޅުކަމަށް އޮޑިޓް ރިޕޯޓުގައި އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް