Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިސީޓީ ދާއިރާއަށް ދިމާވެފައިވާ މައްސަލަ

އައިސީޓީ ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން: ކޮމިއުނިކޭޝަން މިނިސްޓްރީ

30 ނޮވެމްބަރު 2020 | ހޯމަ 09:01

އެ މިނިސްޓްރީއިން ދައުލަތުގެ 52 އެޕްލިކޭޝަންއެއް ބަލަހައްޓަމުންދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 ނޮވެމްބަރު 2020 | ހޯމަ 09:01
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީ

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީ

ރާއްޖޭގެ އައިސީޓީ ދާއިރާއަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަން ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން ބުނެފިއެވެ.

އައިސީޓީ ދާއިރާގައި ރާއްޖެ އޮތް ހާލަތު ދެނެގަނެ އެސެސްމަންޓެއް ހެދުމަށް އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުމަށްޓަކައި، ހޯމަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ސަބް ކޮމިޓީއަށް، ކޮމިއުނިކޭޝަން މިނިސްޓްރީގެ ސިޔާސީގެ ބޭފުޅުން ހާޒިރުކޮށް މައުލޫމާތު އޮޅުންފިލުވުމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ސޯލިޚް ވިދާޅުވީ މިވަގުތު މިނިސްޓްރީއަކީ 53 މުވައްޒަފުން މަސައްކަތް ކުރުމަށް އޮނިގަނޑެއް އެކުލަވާލާފައިވާ މިނިސްޓްރީއެއް ކަމަށާއި ނަމަވެސް މި ވަގުތު މަސައްކަތްކުރަމުންދަނީ ޖުމްލަ 17 މުވައްޒަފުން ކަމަށެވެ. މި 17 މުވައްޒަފުން މިނިސްޓްރީގެ ހުރިހާ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އަލީ ސޯލިޙް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސޯލިހު ވިދާޅުވީ މި ދާއިރާ ކުރިއަރުވަން ބޭނުން ނަމަ އެކުލަވާލެވިފައިވާ ސިޔާސަތުތައް އޮންނަން ޖެހޭ ކަމަށާއި ފަންނީ ބޭފުޅުންނަށް ދެވޭ އުޖޫރަ ރަނގަޅުވާންޖެހޭ ކަމަށާއި ސިވިލް ސަރވިސް އޮނިގަނޑުގެ ތެރޭގައި އެކަށީގެންވާ އުޖޫރައެއް ކަނޑައެޅިފައި ނުވާ ކަމަށްވެސް އަލީ ސޯލިހް ވިދާޅުވިއެވެ.

މި އުނދަލުގެ ތެރެއިން އެ މިނިސްޓްރީން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން މިވަގުތު ރާއްޖޭގެ ވިހާ މަރުވާގެ ރިކޯޑް ޑިޖިޓަލައިޒް ކުރެވުމުގެ މަސައްކަތް މުޅި ރާއްޖޭގައި ފަށައިގެން ކުރިއަށްދާ ކަމަށާއި، މީގެ އިތުރުން ހައުސިން ޕޯޓަލްއެއް ތަޢާރަފްކޮށް ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ގެނެސްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް އަލީ ސޯލިޙް ވިދާޅުވިއެވެ.

އޭގެ އިތުރުން އެ މިނިސްޓްރީއަކީ ދައުލަތުގެ 52 އެޕްލިކޭޝަންއެއް ބަލަހައްޓަމުންދާ މިނިސްޓްރީއަކަށްވާއިރު މި ހުރިހާ މަސައްކަތެއް މޮނިޓަރކޮށް ކުރުމަށް ތިބީ އެންމެ 12 ޑިވެލޮޕަރުން ކަމަށާއި، މިއީ ވަރަށް ދަތި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އެމިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް އަޙްމަދު އަފްސަލް އިބްރާހިމް ވިދާޅުވީ މިވަގުތު އެންމެ ބޮޑު ދަތިތަކެއް އޮތީ މިދާއިރާ ހިނގައިގަންނަން ބޭނުންވާ ޤަވާއިދުތަކާއި އުސޫލުތަކެއް ހެދިފައި ނުވުން ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު ވުޖޫދުވެފައި އޮތް ކޮމިއުނިކޭޝަން އޮތޯރިޓީގެ ޤާނޫނު ރިވިއުކޮށް ނިމިފައިވީ ނަމަވެސް މިނިސްޓްރީއާއި އެކު މި މަސައްކަތް ކުރަންތިބި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ގެ އެއްބާރުލުން ނުލިބޭ ކަމަށް އަފްސަލް ވިދާޅުވިއެވެ. އަދި މިވަރުގެ ބޮޑު އިންޓަސްޓްރީއެއްގައި ޤާވާއިދެއް އުސޫލެއް ނެތުމުން ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް