Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއޮތެންޓިކް މޯލްޑިވްސް ފިހާރަ

ދިވެހި އުފެއްދުންތަކަށް ހާއްސަ "އޮތެންޓިކް މޯލްޑިވްސް" ގައި ކުޑަކުދިންގެ ކޯނަރއެއް

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވާފައި ވަނީ ނޮވެމްބަރ 12 ވަނަ ދުވަހު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 27 ނޮވެމްބަރު 2020 | ހުކުރު 13:29
އޮތެންޓިކް މޯލްޑިވްސް ހުޅުމާލެ ފިހާރަގައި ހުންނަ ކުޑަކުދިންނަށް ހާއްސަ ކޯނަރ

އޮތެންޓިކް މޯލްޑިވްސް ހުޅުމާލެ ފިހާރަގައި ހުންނަ ކުޑަކުދިންނަށް ހާއްސަ ކޯނަރ

"އޮތެންޓިކް މޯލްޑިވްސް" އިން ހުޅުމާލޭގައި ހުޅުވި ފިހާރައިގައި ކުޑަކުދިންގެ އުފެއްދުންތަކަށް ހާއްސަ ކޯނަރއެއް ހަދައިފިއެވެ.

'ކިޑްސް ކޯނަރ' ގެ ނަމުން ނަން ދީފައިވާ މި ކޯނަރގެ ބޭނުމަކީ ދިވެހި އަމިއްލަ އުފެއްދުންތަކަށް ކުޑަކުދިންގެ ހިތްޖައްސައި، އެ ކުދިންނަށް މި ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދެވޭނެ މަގުފަހި ކޮށްދިނުން ކަމަށް އޮތެންޓިކް މޯލްޑިވްސްއިިން ބުނެއެވެ.

އޮތެންޓިކް މޯލްޑިވްސްގެ ކަންތައްތައް ހިންގާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ޕްރޮޖެކްޓް ޑިރެކްޓަރ، ސާމިހް އާދަމް ރާއްޖެޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ، މިއީ ކުޑަކުދިންގެ އުފެއްދުންތައް އިތުރުކޮށް މިދާއިރާއިން އެކުދިންނަށް ތަޖުރިބާ ދިނުމުގެ ގޮތުން ބީސީސީން ކުރަން ނިންމި ކަމެއް ކަމަށެވެ.

އެގޮތުން ބީސީސީ އާއި އެކުދިންގެ ބެލެނިވެރިންނާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން އެ ކުދިންގެ އުފެއްދުންތައް ސަޕްލައި ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަަމަށާއި، މިގޮތަށް އުފެއްދުންތައް ސަޕްލައި ކުރާއިރު، އެ ކުދިންނަކީ ރެގިއުލަރ ސަޕްލަޔަރުންނަށް ވާން ނުޖެހޭނެ ކަމަށް ސާމިހް ފާހަގަކުރިއެވެ. އެހެންކަމުން އެ ކުދިންގެ ހުސްވަގުތުތަކުގައި ތައްޔާރުކުރާ އުފެއްދުންތައް ފިހާރަައިގައި ޝޯކޭސް ކޮށްލެވޭނެ ކަމަށް ސާމިހް ފާހަގަކުރިއެވެ.

އޮތެންޓިކް މޯލްޑިވްސްއިން ވަނީ އެ ފިހާރައަށް އުފެއްދުންތައް ސަޕްލައި ކުރާ ކުދިންނަށް އެ ފިހާރައިގެ ފަރާތުން ބިޒްނަސް ކާޑްތައް ވެސް ތައްޔާރުކޮށްދީފައެވެ. އަދި މިހާރުވެސް އެފިހާރައަށް އުފެއްދުންތައް ލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އޮތެންޓިކް މޯލްޑިވްސް މެދުވެރިކޮށް ގިނަ އަދަދެއްގެ ޒުވާނުން ހާއްސަކޮށް އަންހެނުންގެ އުފެއްދުންތައް މާކެޓަށް ނެރެވޭ ކަމަށާއި މި ފުރުސަތުގެ ސަބަބުން ފިހާރައަށް ސަޕްލައިކުރާ ފަރާތްތަކުގެ އުފެއްދުންތެރިކަން އިތުރުވެގެން ގޮސްފައިވާ ކަމަށް ސާމިހް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އުފައްދާ އުފެއްދުންތަކުގެ ތެރެއިން މަދުވެގެން 30 އިންސައްތަ ރާއްޖޭގެ އޮތެންޓިސިޓީ އޮންނަ އުފެއްދުންތަކަށް އޮތެންޓިކް މޯލްޑިވްސް ފިހާރައަށް އުފެއްދުންތައް ލުމުގެ ފުރުސަތު ލިބިގެންދާއިރު، ޖާގައިގެ ތަނަވަސްކަން ހުރި ވަރަކުން ޝަރުތުހަމަވާ ފަރާތްތަކަށް ފުރުސަތު ދޭނެ ކަމަށް ބީސީސީން ފާހަގަކުރެއެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފުރަތަމަ ފިހާރަ މި އަހަރުގެ ޖެނުއަރީ މަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީގައި ހުޅުވާލާފައިވާއިރު، އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވީ ނޮވެމްބަރ 12 ވަނަ ދުވަހުއެވެ. މި ފިހާރަ ހުޅުވާލާފައި ވަނީ ފަތުރުވެރިންގެ އިތުރުން ދިވެހިންނަށް ރާއްޖެގެ އުފެއްދުންތައް މާކެޓްކުރުމުގެ މަގްސަދުގައެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
11 މާރިޗު 2017

ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން

11 މާރިޗު 2017
ވެލިގާ ހާޑްވެގައި ސެލީސްގެ ހާއްސަ ޕޮރޮމޯޝަނެއް ފެށުން
21 ފެބުރުއަރީ 2017

ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި

21 ފެބުރުއަރީ 2017
ދިވެހި ފިލްމް "ވިޝްކާ"ގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު