Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްޤުތައް

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްޤުތައް ކަށަވަރުކުރުމަށް އެންމެން އެއްމޭޒަކަށް!

26 ނޮވެމްބަރު 2020 | ބުރާސްފަތި 13:00

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހައްޤުތަކާއި ގުޅިގެން ބެލެނިވެރިންގެ ގިނަ ޝަކުވާތަކެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 26 ނޮވެމްބަރު 2020 | ބުރާސްފަތި 13:00
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުން

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުން

ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ ހައްޤުތައް ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް އެ ފަރާތްތަކުގެ ކަންބޮޑުވުންތަށް ހިއްސާކޮށްފިއެވެ.

ބުރާސްފަތި ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ޚާއްސައެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ފަރާތުން މައިގަނޑު ހަތަރު ދާއިރާއަކުން ކަންބޮޑުވުންތައް ހުށަހަޅާފައެވެ.

Advertisement - newsAdvertisement

އެގޮތުން އެންމެ ގިނަ މައްސަލަ ފާހަގަކުރި ދާއިރާގެ ގޮތުގައި ތައުލީމީ ދާއިރާ ހިމެނުނުއިރު މި ކަމަށް އިޝަރާތްކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވީ މި ސަރުކާރު އައި ފަހުން ތައުލީމީ ދާއިރާގެ ތެރެއިން އެންމެ އިސްކަމެއްދީގެން ކުރި އެއް މަސައްކަތެއްގެ ގޮތުގައިވެސް އޮތީ އެއްވެސް ތަފާތު ކުރުމެއް ނެތި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެވުނު މަސައްކަތްތަކެއް ކަމަށާއި އެގޮތުން މިހާތަނަށް އައިއިރު ވަކި ޑިޕާރޓްމަންޓެއްގެ ދަށުން މި މަސައްކަތް ފެށިފައިވާ ކަމަށެވެ.

ބެލެނިވެރިންގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނޭ ސްކޫލުތަކުގެ ބޯޑުގަޔާއި ޕީޓީއޭ އިސް މަޤާމްތައް ތަމްސީލް ކުރުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވަކި ގޮނޑިއެއް ހުންނަން ޖެހޭނެ ކަމަށް ޤަބޫލުކުރާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށްގެން ފާހަގަކުރާ ދުވަސްތައް ފާހަގަކުރުމުގައިވެސް މިހާރަށްވުރެ ހަރުދަނާ ގޮތްތަކެއް ގެންގުޅޭޖެހޭ ކަމަށް ބުނި ބުނުމަށް މިނިސްޓަރ އައިޝަތު އަލީ ވަނީ ތާޢީދުކުރައްވާފައެވެ.

މީގެ އިތުރުން ބެލެނިވެރިން ފާހަގަކުރި ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ އެމިނިސްޓްރީގެ ތެރެއިން ކުރެވެން ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.

މި ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހެލްތް މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޙައްގުތައް ކަށަވަރުކުރަން ޖެހޭ ކަމަށާއި އެގޮތުން މިހާރު އަލަށް ހުޅުވިގެންދާ ޓާރޝީއަރީ ހޮސްޕިޓަލްތަކުން މިފަދަ ކުދިންނަށް ޚިދުމަތް ލިބުމުގައި ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށެވެ. އަދި މި ކުދިންނަށް ފޯރުކޮށްދޭ ސްޕީޗްއަށް މީހުން ބިނާކުރުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެކިއެކި ދާއިރާތަކަށް ޚާއްސަވެފައި ތެރަޕިސްޓުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޕްރައިވެޓް ކްލިނިކްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ރިވިއުކޮށް އަލުން އެކުލަވާލުމަށް އެފަރާތްތަކާއި އެކު މަޝްވަރާކުރާނެ ކަމަށްވެސް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ބެލެނިވެރިން އިތުރަށް ފާހަގަކުރި ކަންތައްތަކަށް ވާހަކަދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މަތީ ތައުލީމް ހާސިލް ކުރުމުގައި ފުރުޞަތުތައް މަދު ކަމަށެވެ. އެހެންނަމަވެސް ސަރުކާރު އައި ފަހުން ކުރި މަސައްކަތުގެ އަލީގައި މިހާތަނަށް ޕޮލިޓެކްނިކް މެދުވެރިކޮށް 10 ކުއްޖަކު ކޯސް ފުރިހަމަކޮށް ވަޒީފާ އަދާކުރަމުންދާ ކަމަށާއި އޭގެ ތެރެއިން އެމްއޭސީއެލް އަދި ޝީޝާގައި މި ކުދިން ވަޒީފާ އަދާކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފު ވެސް ވަނީ ބެލެނިވެރިން ފާޅުކުރި ކަންބޮޑުވުންތަކަށް ވާހަކަދައްކަވާފައެވެ. އެގޮތުން އެ މިނިސްޓްރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންތައްތައް ކޮށްދެއްވާނެ ކަމަށާއި އެނޫން ކަންތައްތައް ވެސް އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެންމެ ކައިރިން އެހީތެރިކަން ފޯރުކޮށްދެމުންދާ އެންސްޕާ އަދި އާސަންދައިގެ އިސްވެރިންނާއި ޖެންޑަރ މިނިސްޓްރީންވަނީ ބައިވެރިވެ ވާހަކަދައްކަވާފައެވެ. އެގޮތުން އެންސްޕާއިން މި ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތުވަނީ ވަރަށް ތަފްސީލްކޮށް ބެލެނިވެރިންނާއި ހިއްސާކޮށްފައެވެ.

ދެ ގަޑިއިރަށް ދިގުދެމިގެންދިޔަ މި ކޮމިޓީ ނިންމާލަމުން މުޤައްރިރް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު އީސަ ވިދާޅުވީ ކަމާއި ގުޅުން ހުރި ހުރިހާ އިދާރާއަކުން މި މައްސަލަ ހައްލުކޮށްދެއްވުމަށް ކުރެވެން ހުރި މަސައްކަތްތައް ލިޔުމުން އެކޮމިޓީއަށް ފޮނުވުމަށާއި އަދި ބެލެނިވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަޑުއައްސަވާނެ ކަމަށެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް