Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެންބަރު މަޚްލޫފް

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

އާއިލާއިން އެތެރެކުރަން ބުނި އާންމުންނަށް ވިއްކާ އިންޖެކްޝަނެއް ނޫން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 21 މާރިޗު 2017 | އަންގާރަ 18:01
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް

ދެ މައްސަލައެއްގައި އިއްވާފައިވާ ދެ ޖަލުޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބި، އެކަމުގައި ކަރެކްޝަންސްގެ އިހުމާލު ވާކަމަށް ތުޙުމަތުކޮށް، އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން، މަޚްލޫފްގެ އަނބިކަނބަލުން، ނަޒްރާ ނަސީމް ވިދާޅުވީ، މަޚްލޫފްގެ ފަރުވާއަށް ބޭނުންވާ ބާރުގަދަ އިންޖެކްޝަނެއް ޖެހޭނެ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އެގޮތުން ވަކި މުއްދަތްތަކަކުން ޖަހަން ޖެހޭ އެ އިންޖެކްޝަންގެ ދެން ޖަހަން ޖެހޭ ޑޯޒް އާއިލާއިން އަމިއްލައަށް ހޯދުމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement
(ކަރެކްޝަންސްއިން) ވިދާޅުވީ ކަރެކްޝަންސްގެ ޑޮކްޓަރޭ ނިންމާނީ، ރާއްޖެއިން ބޭރަށްތޯ ދާނީ، އެހެންނޫނީ، މިކޮޅުގަތޯ ޖަހާނީ. މިކޮޅުގަ ޖަހަންޏާ، މި މުއައްސަސާއިންނޭ އިންޖެކްޝަން ގެނެސްގެން އޭތި ޖަހާނީ. ދެން މިއަދު އަޅުގަނޑަށް ގުޅާފަ އެންގީ، މަތީފަރާތުން އެންގިއޭ، އާއިލާއިން އެ އިންޖެކްޝަން ގެނެސްގެން، ޖަހާށޭ ބުނެފިއޭ މިހާރު

ނަޒްރާ ވިދާޅުވީ ކަރެކްޝަނުން މިގޮތަށް އެންގި ނަމަވެސް، މަޚްލޫފަށް ބޭނުންވާ އިންޖެކްޝަނަކީ، ރައްޖެއިން ލިބޭ އެއްޗެއް ނޫން ކަމަށާއި، އެއީ ރާއްޖެއިން ބޭރުން ވެސް އާންމުންނަށް ވިއްކާ އެއްޗެއް ނޫން ކަމަށެވެ. އަދި އެއީ އަގުބޮޑު އިންޖެކްޝަނެއް ކަމަށާއި، އިންޖެކްޝަން ގަތުމަށް އާސަންދަ އާއި އެހެން އިންޝުއަރެންސް ޕެކޭޖްތަކުން ކަވަރު ނުކުރާ ބަޔަށްވާ ފައިސާ ދައްކަން ވެސް އާއިލާއިން ތައްޔާރަށް ތިބިކަން ނަޒްރާ ފާހަގަ ކުރެއްވިއެވެ.

އެއީ އާއިލާއިން އަމިއްލައަށް އެގޮތަށް ގެނެވޭނެ ކަހަލަ އިންޖެކްޝަނެއް ނޫން. އެއަށްވުރެ މާ ބާރުގަދަ އިންޖެކްޝަނެއް އެއީ. އެހެންވީމާ އަޅުގަނޑު އެދެނީ (އިންޖެކްޝަން ޖަހަން) ރާއްޖެއިން ބޭރަށްދާން ހުއްދަ، އެބޭފުޅުންނަށް ނުދެއްވުނު ކަމުގައި ވިޔަސް، މިކޮޅަށް އެ އިންޖެކްޝަން ގެނެސްގެން، އެބޭފުޅުން އެ ޖަހައިދިނުން.....އެބޭފުޅުން އެ އިންޖެކްޝަން ގެނެސް، ދީފި ކަމަށް ވަންޏާމު، އެއަށް ދޭންޖެހޭ ލާރިއާ، އެކަންކަން އަޅުގަނޑު ކުރާނަން

ނަޒްރާ ވިދާޅުވީ، މަޚްލޫފަކީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި ހުރި ޤައިދީއަކަށް ވުމުން، އޭނާއަށް ކޮށްދޭންޖެހޭ މިފަދަ ކަންކަން ކުރަން ޖެހޭނީ ދަޢުލަތުން ކަމަށް އާއިލާއިން ޤަބޫލު ކުރާ ކަމަށާއި، އަދި އަމިއްލައަށް އެތެރެކުރާ ވެކްސިނާއި އިންޖެކްޝަން ޖަހައި ނުދޭނެ ކަމަށް ހޮސްޕިޓަލްތަކުން ބުނެފައި ވާތީ، އެ އިންޖެކްޝަން އާންމު ފަރާތްތަކަށް ވިއްކި ނަމަވެސް އާއިލާއިން އެ އިންޖެކްޝަން ރާއްޖެ އެތެރެކޮށްގެން ވާނެ ފައިދާއެއް ނެތްކަން ނަޒްރާ ފާހަގަ ކުރެއްވިއެވެ.

މަޚްލޫފަށް ބޭނުންވާ މުހިއްމު އިންޖެކްޝަން ލިބުމާ މެދު ސުވާލު އުފެދިފައިވާއިރު، މަޚްލޫފްގެ ޤާނޫނީ ވަކިލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިމްތިޔާޒް ފަޙުމީ ވިދާޅުވީ، މަހްލޫފުގެ ޤާނޫނީ ވަކީލުން އޭނާއާ އެކަހެރި ބައްދަލުވުމަށް އެދިފައިވާތާ ދެ މަސްވެފައިވާ ކަމަށާއި، ކަރެކްޝަންގެ އިސްވެރިން ހުއްދަނުދީގެން އެ ޙައްޤު އަދިވެސް މަޚްލުފަށް ދީފައި ނުވާ ކަމަށެވެ.

މީގެ ދެ މަސްކުރިން މަޚްލޫފްގެ ވަކީލުން، އޭނާއާ އެކު އެކަހެރި ބައްދަލުވުމަށް އެދިފައިވަނީ، އެ ޓިމާއި، އިމްތިޔާޒް ފަޙުމީ އާއި ހިސާން ޙުސައިން އާއި ފައްޔާޒް އިސްމާއިލް ގުޅިވަޑައިގަތުމާ ގުޅިގެންނެވެ.

މި ކަންކަމާ ގުޅިގެން، ކަރެކްޝަންގެ ބަހެއް ހޯދުމަށް، ކަރެކްޝަންގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން، ފޯނަށް ޖަވާބު ނުދެއްވާތީ، މިކަމާ ގުޅޭ ގޮތުން އެފަރާތުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

މަޚްލޫފްގެ މައްޗަށް ކޮށްފައިވާ އެއް ޖަލުޙުކުމް މިހާރު ތަންފީޒުކޮށް ނިމިފައިވާއިރު، އަންނަ ޖޫން މަހު ދެވަނަ ޙުކުމް ވެސް ތަންފީޒުކޮށް ނިމޭނެއެވެ. ޙުކުމް ތަންފީޒުކޮށް ނިމެން ކައިރިވެފައިވާއިރު ވެސް، އޭނާގެ މައްސަލަތަކުގެ އިސްތިޢުނާފު މައްސަލަ އަދިވެސް އޮތީ ހައިކޯޓުގައި މަޑުޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

04 އެޕްރީލު 2017
ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

02 އެޕްރީލު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

16 މާރިޗު 2017
ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

ފާފު ޑީލް ނިހާނުގެ ދުލުން: ސައުދީ ޝާހީ އާއިލާއިން ބޭނުންވަނީ ފ. އަތޮޅުގެ ބައެއް ވާރުތަ މުދަލަކަށް ހަދަން!

16 މާރިޗު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު