Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް

ސިފައިންގެ ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް ގެނެވިއްޖެ - ޗީފް އޮފް ޑިފެންސް

27 ނޮވެމްބަރު 2020 | ހުކުރު 13:11

ޕްރޮފެޝަނަލް ބާރެއްގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 27 ނޮވެމްބަރު 2020 | ހުކުރު 13:11
އެމްއެންޑީއެފްގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އެމްއެންޑީއެފްގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ގައުމީ ދިފާއީ ބާރަށް އިދާރީ ގޮތުންނާއި އޮޕަރޭޝަނަލް ގޮތުން އިންގިލާބީ ބަދަލުތަކެއް ގެނެވިއްޖެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ 66 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ވިދާޅުވީ، ގައުމީ ދިފާއީ ބާރު މިއަދު ދަނީ ތަރައްގީގެ އައު ހަރުފަތްތަކެއް ގިރާކުރަމުން ކަމަށެވެ.

Advertisement - newsAdvertisement

ޝަމާލްގެ ވާހަކަފުޅުގައި ސިފައިންނަކީ އަސްކަރީ ގޮތުން ގާބިލް، ހަރުދަނާ، ހުޝިޔާރު އަދި ޕްރޮފެޝަނަލް ބާރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މި ސަރުކާރުން ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އެގޮތުން، ސިފައިންނަށް ބޭނުންވާ އުޅަނދުފަހަރާއި، އެންމެ ޒަމާނީ އާލާތްތަކާއި، ހަތިޔާރާއި ވަސީލަތްތައް ހޯދާ ހަމަކުރުމުގެ މަސައްކަތް ބާރު ދުވެއްޔައްގައި ކުރިޔަށްދާ ކަމަށް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ، އެ ރަސްމިއްޔާތު ކުރިޔަށް ދިޔަ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރަކީ ވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ތަރައްގީ ކުރަމުންދާ ތަމްރީނު މަރުކަޒެއް ކަމަށެވެ. ޅ. މާފިލާފުށީގައި ގާއިމުކުރެވިފައިވާ އެމްއެންޑީއެފްގެ ކޮމްޕޮސިޓި ޓްރެއިނިންގ ސެންޓަރަކީ ކޯސްޓްގާޑް އަދި މެރިން ކޯރ ފަދަ ސާވިސްތަކުގެ ހާއްސަ ތަމްރީންތައް ހިމަނައިގެން، އެއްފަހަރާ 400 ދަރިވަރުން ތަމްރީނުކުރެވޭ ކެޕޭސިޓީ ހުރި މަރުކަޒެކެވެ.

އެމްއެންޑީއެފްއިން ހޯދާފައިވާ އިތުރު ކާމިޔާބީތައް ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ، ފުރަތަމަ ފަހަރަށް ކެޕްސްޓަން ޑޮކްޓްރީންއެއް އެކުލަވާލައި އޭގެ އަލީގައި ސިފައިންގެ ފޯސްތަކާއި، ކޮމާންޑްތައް މިހާރު ތަރުތީބު ކުރެވިފައިވާ ކަމަށެވެ. އަދި ސިފައިންގެ އަސްކަރީ ގާބިލިއްޔަތު ބެހިގެންވަނީ ޖިސްމާނީ، މަފްހޫމީ އަދި އަގީދާގެ ދާއިރާތަކަށް ފޯކަސް ކޮށްގެން ކަމަށެވެ.

ތަމްރީންތައް ނިންމާ ސިފައިންނަށް ފަންނީ ދާއިރާތައް ހިޔާރުކޮށް، އެ ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ގައިޑެންސް ދެވޭނެ ނިޒާމެއް ސިފައިންގޭގައި އެކުލަވާލެވިފައިވާކަން ފާހަގަކުރައްވަމުން ޝަމާލް ވަނީ، ނިޒާމުގެ ފުރިހަމަ ބޭނުންހިފައި އިލްމާއި ހުނަރާއި އިތުރު ތަމްރީން ލިބިގަތުމަށް ސިފައިންނަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި

01 މާރިޗު 2017
 ސިފައިންގެ 12 ވަނަ ހެވިކަމުގެ މުބާރާތް ފަށައިފި
20 ފެބުރުއަރީ 2017

މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި

20 ފެބުރުއަރީ 2017
މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކަކީ ރަނގަޅު ބަދަލުތަކެއްކަމަށް މަޖިލީހުން ފާސްކޮށްފި
18 ފެބުރުއަރީ 2017

މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި

18 ފެބުރުއަރީ 2017
މާލޭގެ ޒޯން ދޭއް އަދި ތިނަކުން ކުނި އުފުލުމުގެ ހިދުމަތަށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
03 ފެބުރުއަރީ 2017

އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!

03 ފެބުރުއަރީ 2017
އެއްގަމު އުނޅަދުގައި މުދާ އުފުލުމުގެ ގަވައިދަށް ބަދަލުތަކެއް!
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް