Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިއޭގޯ މަރަޑޯނާ މަރުވުން

ފުޓްބޯޅަ ލެޖެންޑް މަރަޑޯނާ މަރުވެއްޖެ

25 ނޮވެމްބަރު 2020 | ބުދަ 16:37

މަރަޑޯނާ މަރުވީ އުމުރުން 60 އަހަރުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 ނޮވެމްބަރު 2020 | ބުދަ 16:37
އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ

އާޖެންޓީނާގެ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާ މަރުވެއްޖެއެވެ.

މަރަޑޯނާ މަރުވީ އުމުރުން 60 އަހަރުގައެވެ. މަރަޑޯނާ މަރުވިކަން އާޖެންޓީނާގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

މަރަޑޯނާ މަރުވިއިރު، މި މަހުގެ ކުރީކޮޅު އޭނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެފައި ހުރުމުގެ ސަަބަބުން ވަނީ ކުއްލި އޮޕަރޭޝަނެއްވެސް ކޮށްފައެވެ. މަރަޑޯނާ މަރުވިކަން ބުދަ ދުވަހުގެރޭ އާޖެންޓީނާގެ މީޑިއާއިން ރިޕޯޓުކުރީ އޭނާ އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުން ދޫކޮށްލިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ދާދި ފަހުން މަރަޑޯނާގެ ސިކުނޑީގައި ލޭ ކޮޅެއް ގަނޑުވެގެން އޭނާ ފަރުވާ ހޯދިއިރު، މީގެ ކުރިންވެސް މަރަޑޯނާގެ ސިއްހީ ހާލަތު ގޯސްވެގެން އެކި ކަންކަމަށް ވަނީ ފަރުވާ ހޯދާފައެވެ.

އާޖެންޓީނާގެ ފުރަތަމަ ޑިވިޝަން ޓީމެއް ކަމަށްވާ ޖިމްނާސިއާއަށް އިރުޝާދު ދެމުން އައި މަރަޑޯނާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖިމްނާސިއާގެ ކޯޗުކަމާ ހަވާލުވިއިރު، އޭގެ ކުރިން މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ ކޯޗުކަން ކޮށްދިނީ މެކްސިކޯގެ ޑޮރަޑޯސްއަށެވެ. އެކަމަކު މަރަޑޯނާ އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ ހުރިއިރު، ސިއްހީ ހާލަތު ގޯސްވުމުން އޭނާއަށް ގިނަ މެޗުތަކެއް ގެއްލުނެވެ.

އާޖެންޓީނާއަށް 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކެޕްޓަން މަރަޑޯނާ އަކީ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފުޓްބޯޅަ ލެޖެންޑެކެވެ. ކާމިޔާބު ފުޓްބޯޅަ ކެރިއަރެއް ނިންމާލާފައިވީ ނަމަވެސް، މަރަޑޯނާގެ ކޯޗިންގ އެންމެ ފުރިހަމައެއް ނޫނެވެ. އޭނާ ވަނީ އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކޯޗުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި

24 މެއި 2017
ގައުމީ ފުޓްބޯޅަ ޓީމު ބީއެމްއެލުން ސްޕޮންސަރ ކޮށްފި
29 އެޕްރީލު 2017

ތުލުސްދޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު މަރުވެއްޖެ

29 އެޕްރީލު 2017
ތުލުސްދޫގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު މަރުވެއްޖެ
21 އެޕްރީލު 2017

އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ

21 އެޕްރީލު 2017
އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 ފެބުރުއަރީ 2017

ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ

14 ފެބުރުއަރީ 2017
ފްލެމިންގޯ އާއި ބުޓާފޯގޯ މެޗުގައި ހިނގި ހަމަނުޖެހުމުގައި ސަޕޯޓަރަކު މަރުވެއްޖެ
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް