Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުރުއާން ބަލައިގެން ކިޔެވުމުގެ ގައުމީ މުބާރާތް

"ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަށް ވައިބަރ މެދުވެރިކޮށް ކިޔެވުމުގެ ރެކޯޑިން މިހާރު ފޮނުވޭނެ

ޕޯޓަލްއަށް މުބާރާތުގައި ކިޔެވުމުގެ ރެކޯޑިން ހުށަހަޅަން ދަތިވާ ބައިވެރިންނަށް 7321728 ވައިބަރ ނަންބަރަށް ވީޑިއޯ ފޮނުވޭނެ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 25 ނޮވެމްބަރު 2020 | ބުދަ 07:42
މީގެކުރިން ބޭއްވި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ތެރެއިން، މިފަހަރު މި މުބާރާތް ބާއްވަމުންދަނީ ބަލައިގެން ކިޔެވުމަށް ހާއްސަ މުބާރާތެއްގެ ގޮތުގައި

މީގެކުރިން ބޭއްވި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ތެރެއިން، މިފަހަރު މި މުބާރާތް ބާއްވަމުންދަނީ ބަލައިގެން ކިޔެވުމަށް ހާއްސަ މުބާރާތެއްގެ ގޮތުގައި

"ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަށް ވައިބަރ މެދުވެރިކޮށް ކިޔެވުމުގެ ރެކޯޑިން ފޮނުވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ބުދަ ދުވަހު މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށް އިސްލާމިކް މިނިސްޓްރީން ބުނީ، ޕޯޓަލްއަށް މުބާރާތުގައި ކިޔެވުމުގެ ރެކޯޑިން ހުށަހަޅަން ދަތިވާ ބައިވެރިންނަށް 7321728 ވައިބަރ ނަންބަރަށް ވީޑިއޯ ފޮނުވުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. އަދި، އެގޮތަށް ހަމަޖައްސާފައި ވަނީ ބައެއް ބޭފުޅުންނަށް ކިޔެވުމުގެ ރެކޯޑިން ޕޯޓަލްއަށް ހުށަހެޅުމުގައި ދަތިތަކެއް ދިމާވަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުން ދާތީކަމަށެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަކީ މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެކެވެ.

މި މުބާރާތް ދެ ކެޓަގަރީއަކަށް ބަހާލައިގެން ގެންދާއިރު މި ދެ ކެޓަގަރީއަކީ މުޖައްވަދުކޮށް (ދިގު ރާގަށް) އަދި ހަދަރުކޮށް (ކުރު ރާގަށް) ކިޔެވުމެވެ. މުބާރާތް ބޭއްވުމަށް މިނިސްޓްރީއިން ނިންމާފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރަކީ އޮޑިޝަންގެ ބުރެވެ. މި ބުރު ކުރިއަށްދާނީ 28 ނޮވެމްބަރ 2020 ގެ ނިޔަލަށެވެ. އަދި ފައިނަލް ނުވަތަ އެންމެ ފަހު ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 13 ޑިސެމްބަރ 2020 ފެށިގެން 17 ޑިސެމްބަރ 2020 ގެ ނިޔަލަށެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހިންނަށެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްޓަކައި ރަޖިސްޓްރީވުމާ އެކު އޮޑިޝަންގެ ވީޑިއޯ އަޕްލޯޑު ކުރަންޖެހެއެވެ.

މުބާރާތުގައި ބައިވެރިވެވުމުން ކެންޑިޑޭޓަށް ރަޖިސްޓްރީ ވެވުނުކަމުގެ މެސެޖު ލިބިގެން ދާނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މުބާރާތާއި ބެހޭ އިތުރު މައުލޫމާތު މުބާރާތުގެ އުސޫލުގައި ވާނެ ކަމަށާއި އުސޫލު ޕޯޓަލްއިން ލިބޭނެ ކަމަށެވެ. މި ޕޯޓަލްއަށް ވަދެވޭނީ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށެވެ. އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވަނީ މުބާރާތަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2017

ޙާފިޡުންނާ ގުޅޭ ކަންކަން ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ހަވާލުކޮށްފި

25 ޑިސެމްބަރު 2017
ޙާފިޡުންނާ ގުޅޭ ކަންކަން ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ހަވާލުކޮށްފި
09 ނޮވެމްބަރު 2017

ރާއްޖޭގައި ހިންގާ ބްލޮކް މޯޑު ކޯސްތަކުގެ ސަބަބުން ދަށްވަނީ ކިޔެވުމުގެ ފެންވަރު: އިބްރާ

09 ނޮވެމްބަރު 2017
ރާއްޖޭގައި ހިންގާ ބްލޮކް މޯޑު ކޯސްތަކުގެ ސަބަބުން ދަށްވަނީ ކިޔެވުމުގެ ފެންވަރު: އިބްރާ
05 އޮކްޓޯބަރު 2017

ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި

05 އޮކްޓޯބަރު 2017
ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދީފި
25 ޖުލައި 2017

ފާރިސްގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި

25 ޖުލައި 2017
ފާރިސްގެ އިސްތިއުނާފުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި
24 ޖުލައި 2017

ގޮނޑި ގެއްލުނު ކަމަށް ބުނާތީ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

24 ޖުލައި 2017
ގޮނޑި ގެއްލުނު ކަމަށް ބުނާތީ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި
06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
08 މެއި 2017

އަލީމްގެ ޖޫރިމަނާ ފައިސާ އެންމެ ފަހުން ބަލައިގެންފި

08 މެއި 2017
އަލީމްގެ ޖޫރިމަނާ ފައިސާ އެންމެ ފަހުން ބަލައިގެންފި
11 އެޕްރީލު 2017

އެލްޖީއޭގެ ބާރުތައް ރައީސް ޔާމީންއަށް ލިބިލައްވާ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި

11 އެޕްރީލު 2017
އެލްޖީއޭގެ ބާރުތައް ރައީސް ޔާމީންއަށް ލިބިލައްވާ ގޮތަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގެންފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު