Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެންބަރުންގެ ގޮނޑި ގެއްލުން

ގޮނޑި ގެއްލުނު ކަމަށް ބުނާތީ ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

މެންބަރުން ހުށަހެޅި މައްސަލަ 3 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރުމަށް ވަނީ އަންގާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 24 ޖުލައި 2017 | ހޯމަ 13:20
ގޮނޑި ގެއްލުނު ކަމަށްބުނާ މެންބަރުން

ގޮނޑި ގެއްލުނު ކަމަށްބުނާ މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ބުނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށްބުނެ ރައްޔިތުންގެ މަޖިލީހުގެ 4 މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

ޕީޕީއެމްގެ އެދުމުގެ މަތިން އެ ޕާޓީގެ ދަފްތަރުން ވަކިކޮށްފައިވާތީ މަޖިލީހުގެ މެންބަރުކަން ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ އިތުރުން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާންއެވެ.

އެމެންބަރުންގެ ތެރެއިން ހަތަރު މެންބަރަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެ މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް އެގޮތައް ކަނޑަނޭޅޭނެ ކަމަށް ހާމަކޮށް އެމެންބަރުނގެ ގޮނޑި ނުގެއްލޭނެ ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. އަދި އެހަތަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުން ހުއްޓުވައި ދިނުމަށެވެ.

ހަތަރު މެންބަރުންގެ ތެރެއިން ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންކަން ފުރަތަމަ އަންގަވާފައިވަނީ ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއް ލަތީފް މުޙައްމަދަށެވެ.

އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ސޮއިކުރައްވައި ލަތީފަށް ހޯމަ ދުވަހު ފޮނުއްވެވި މައްސަލަ ހުށަހެޅުމުގެ ހުއްދަދޭ ލިޔުމުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ މި މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާތީ މައްސަލަ ހުށަހެޅުމުގެ ހުއްދަދޭ ކަމަށެވެ. އަދި ތިން ދުވަހުގެ ތެރޭގައި މައްސަލަ ރަޖިސްޓްރީ ކުރުމަށް ހުށަހަޅަންވާނެ ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

ލަތީފް ހުށަހެޅުއްވި މައްސަލައިގައި އެދިފައިވަނީ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމުން ބާތިލް ނިންމުމެއް ކަމަށާއި އޭނާއަކީ ދިއްދޫ ދާއިރާގެ މެންބަރު ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި ވަކި ގޮތަކަށް އަމަލުކުރުމަށް އަންގަންދެން ނުވަތަ ސުޕްރީމް ކޯޓުން ވަކިގޮތަކަށް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ދެމިހުރެވޭނެ ކަމަށާއި އަދި ބޭއްވުމަށް ނިންމާފައިވާ ބައި-އިލެކްޝަން ބޭއްވުމާ ގުޅޭ އެންމެހާ އިންތިޒާމްތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް ލަތީފް އެދިވަޑައިގަންނަވާފައިވެއެވެ.

އޭގެ ފަހުން އަނެއް ތިން މެންބަރުންގެ މައްސަލަވެސް ބަލައިގެންފައިވާކަމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ. އެގޮތުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިންއާއި، ތުލުސްދޫ ދާއިރާގެ މެންބަރުން މުހައްމަދު ވަހީދު އިބްރާހީމް ހުށަހެޅުއްވި މައްސަލަ ސްޕްރީމް ކޯޓުން ވަނީ ބަލައިގެންފައެވެ. މި ހަތަރު ދާއިރާގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވީ ނަމަވެސް މިދާއިރާތަކުގެ ބައި އިލެކްޝަން ބާއްވާނެ ތާރީހު އިލެކްޝަންސް ކޮމިޝަނުން އަދި އިއުލާންކޮށްފައެއް ނުވެއެވެ.

ނަމަވެސް ވެރިކަން ކުރާ މައި ޕާޓީން ވަނީ މި ބައިއިލެކްޝަނަށް ކެމްޕޭން ފަށާފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު