Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުދޫގައި ޑިޓޮކްސް ސެންޓަރެއް އެޅުން

ހުޅުދޫ ޑްރަގް ޑިޓޮކްސް ސެންޓަރުގައި އެއްފަހަރާ 60 މީހުންނަށް ފަރުވާދެވޭނެ: އެންޑީއޭ

24 ނޮވެމްބަރު 2020 | އަންގާރަ 16:35

މިއީ އިންޑިއާގެ ގްރާންޓް އެހީގެ އަށް މިލިއަން ރުފިޔާގެ ދަށުން ޕްލޭނިން މިނިސްޓްރީއިން ހިންގާ މަޝްރޫއެއް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 24 ނޮވެމްބަރު 2020 | އަންގާރަ 16:35
އައްޑޫގައި ގާއިމްކުރާ ޑަރްގް ޑިޓޮކްސްސިފިކޭޝަން ސެންޓަރ އިމާރަތުގެ ކުރެހުމެއް

އައްޑޫގައި ގާއިމްކުރާ ޑަރްގް ޑިޓޮކްސްސިފިކޭޝަން ސެންޓަރ އިމާރަތުގެ ކުރެހުމެއް

އައްޑޫ ސިޓީ ހުޅުދޫގައި އަލަށް ޢިމާރާތްކުރެވޭ ޑްރަގް ޑިޓޮކްސިފިކޭޝަން، ރިހެބިލިޓޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރުގައި އެއްފަހަރާ 60 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ހާމަކޮށްފިއެވެ.

އިންޑިއާގެ އެހީއާއެކު ހުޅުދޫގައި ހެދުމަށް ހަމަޖެހިފައިވާ މި ސެންޓަރު އިމާރާތްކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ހަވާލުކޮށްފައި ވަނީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.

Advertisement - newsAdvertisement

އެންޑީއޭ އިން ބުނެފައި ވަނީ އަލަށް ޢިމާރާތްކުރެވޭ މި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުގައި އެއްފަހަރާ 60 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށާއި އޭގެ ތެރޭގައި ރެޒިޑެންޝަލް ފަރުވާގައި 30 މީހަކަށާއި ކޮމިއުނިޓީ ފަރުވާގައި 30 މީހަކަށް ފަރުވާދެވޭނެ ކަމަށެވެ.

މި ސެންޓަރުގައި ޤާއިމުކުރެވޭ ވަސީލަތްތަކުގެ ތެރޭގައި ޑޮކްޓަރ އެގްޒެމިނޭޝަން ރޫމަކާއި، ނަރސިންގ އެގްޒެމިނޭޝަން ރޫމާއި ނަރސިންގ ސްޓޭޝަނެއްގެ އިތުރުން ކައުންސެލަރުންގެ އިންޓަރވިއު ރޫމާއި، ޑައިނިންގ އޭރިއާ، ބަދިގެ، ކްލާސް ރޫމް، އެޑްމިނިސްޓްރޭޓިވް އޮފީސް، ކްލިނިކަލް އޮފީސް، ކުޑަކަމުދާ ތަކެތި ޓެސްޓުކުރެވޭ ގޮތަށް ސެކިއުރިޓީ އޮފީސް، މަލްޓި ޕަރޕަސް ހޯލް، ކްލައިންޓުންގެ އެކޮމޮޑޭޝަން ބްލޮކްސް، ސްޓާފް އެކޮމޮޑޭޝަން ބްލޮކް، ލޯންޑްރީ އޭރިއާ، ސްޓާފް މެސްރޫމް، ކޮންފަރެންސް ރޫމް، މިސްކިތް، ފެމިލީ މީޓިންގ ރޫމް، ލައިބްރަރީ އަދި ޕާކިންގ ގަރާޖް ހިމެނެއެވެ.

ޑްރަގް ޑިޓޮކްސިފިކޭޝަން، ރިހެބިލިޓޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރެއް އައްޑޫ ސިޓީ ހުޅުދޫގައި ތަރައްޤީކުރެވެނީ، ސަރުކާރުގެ ޚިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ސިޔާސަތުގެ ތެރެއިން، ރާއްޖޭގެ ހަތް ސަރަޙައްދެއްގައި މި ޚިދުމަތް ފުޅާކުރުމުގެ ގޮތުންނެވެ.

އިންޑިއާގެ ގްރާންޓް އެހީގެ އަށް މިލިއަން ރުފިޔާގެ ދަށުން ޕްލޭނިން މިނިސްޓްރީން ހިންގާ މި މަޝްރޫއު އާއި ގުޅޭ އެމްއޯޔޫގައި ސޮއިކުރެވުނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ހުޅުދޫގައި މި ގާއިމް ކުރެވޭ ޑްރަގް ޑީޓޮކްސް ސެންޓަރަކީ އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް ޕްރޮޖެކްޓްސް ސްކީމްގެ 200 މިލިއަން ރުފިޔާގެ (13 މިލިއަން ޑޮލަރު) ގްރާންޓްގެ ދަށުން ރާއްޖޭގައި ހިންގެމުންދާ 30 ކުދި އަދި މެދުމިނުގެ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއުއެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2017

ސްކޫލްތަކުގައި ޕާޓީ ޑްރަގްސްއެއް ނުފެތުރޭ:ޕޮލިސް

16 އޮކްޓޯބަރު 2017
ސްކޫލްތަކުގައި ޕާޓީ ޑްރަގްސްއެއް ނުފެތުރޭ:ޕޮލިސް
08 ސެޕްޓެމްބަރު 2017

އެންޑީއޭގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުގައި 250 މީހުންނަށް ދަނީ ފަރުވާ ދެމުން

08 ސެޕްޓެމްބަރު 2017
އެންޑީއޭގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުގައި 250 މީހުންނަށް ދަނީ ފަރުވާ ދެމުން
16 އޯގަސްޓު 2017

ރައްޔިތުން ނިކުމެ ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި

16 އޯގަސްޓު 2017
ރައްޔިތުން ނިކުމެ ކަނޑުހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓުވައިފި
22 ޖޫން 2017

ކަނޑުހުޅުދޫ ގާޒީގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި

22 ޖޫން 2017
ކަނޑުހުޅުދޫ ގާޒީގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި ދެ މީހުން ހައްޔަރުކޮށްފި
22 ޖޫން 2017

ކަނޑުހުޅުދޫ ގާޒީގެ ސައިކަލުގައި ރޯކޮށްލައިފި

22 ޖޫން 2017
ކަނޑުހުޅުދޫ ގާޒީގެ ސައިކަލުގައި ރޯކޮށްލައިފި
20 ޖޫން 2017

އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރާ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

20 ޖޫން 2017
އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރާ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި
20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
11 މާރިޗު 2017

އެމްޑީޕީން އައްޑޫ ސިޓީ ހުޅުދޫގަ އާއި މީދޫގައި ވެސް ކެޕްޕެއިން ހަރަކާތްތައް ހިންގައިފި

11 މާރިޗު 2017
އެމްޑީޕީން އައްޑޫ ސިޓީ ހުޅުދޫގަ އާއި މީދޫގައި ވެސް ކެޕްޕެއިން ހަރަކާތްތައް ހިންގައިފި
24 ފެބުރުއަރީ 2017

ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ކަނޑުހުޅުދޫގައި ހިނގި މާރާމާރިއާ ގުޅިގެން ހަތަރު މީހުން ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް