Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައްޑޫ ސިޓީ ކައުންސިލް

އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރާ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 20 ޖޫން އިން ފެށިގެން 09 އޮގަސްޓް އަށް

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 20 ޖޫން 2017 | އަންގާރަ 06:13
އައްޑޫ ސިޓީ ކައުންސިލް އިދާރާ

އައްޑޫ ސިޓީ ކައުންސިލް އިދާރާ

އައްޑޫސިޓީ ހުޅުދޫ-މީދޫގައި ޢިމާރާތްކުރާ 48 ފްލެޓަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފިއެވެ.

ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީ ހުޅުދޫ-މީދޫ އަވަށުގައި ޢިމާރާތްކުރެވޭ 48 ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް މޭ 31، 2016 ގައި ކުރެވުނު އިޢުލާނާއި ޖެނުއަރީ 18، 2017 ގައި ދެވަނަ ފަހަރަށް ކުރެވުނު އިޢުލާނާ ގުޅިގެން އެކަށީގެންވާ ޢަދަދަށް ފޯމް ހުށަހަޅާފައެއް ނުވެއެވެ.

އެހެން ކަމުން ޖެނުއަރީ 18، 2017 ގައި އިޢުލާންކުރެވުނު އުޞޫލަށް ބައެއް ބަދަލުގެނެސް، ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލުމަށް ހައުސިން މިނިސްޓްރީއިން ނިންމާފައިވާ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ފްލެޓަށް އެދޭ ފޯމް 20 ޖޫން އިން ފެށިގެން މިނިސްޓްރީގެ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫ ސިޓީ ހުޅުމީދޫ ސެކްޝަނުން ލިބެން ހުންނާނެއެވެ.

މީގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ. އަދި ފްލެޓަށް އެދޭ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޖޫން 20، 2017 ން ފެށިގެން އޮގަސްޓް، 09، 2017 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސަރވިސަސް ޑިޕާޓްމަންޓް / އައްޑޫސިޓީ ހުޅުމީދޫ ސެކްޝަނުން ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ރާއްޖެޓީވީއަށް އެހީވުމަށްޓަކާ އައްޑޫސިޓީގައި "އަބުރު ފޮއްޓެއް" ބަހައްޓައިފި

14 އެޕްރީލު 2017
ރާއްޖެޓީވީއަށް އެހީވުމަށްޓަކާ އައްޑޫސިޓީގައި "އަބުރު ފޮއްޓެއް" ބަހައްޓައިފި
23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
16 ފެބުރުއަރީ 2017

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު