Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓޫރިޒަމްގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް

އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓް އުސޫލާ ގުޅޭ އިސްލާހުގެ ބިލް ދިރާސާކުރުމަށް ކޮމިޓީއަށް

24 ނޮވެމްބަރު 2020 | އަންގާރަ 10:39

ބިލް ދިރާސާކުރުމަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 24 ނޮވެމްބަރު 2020 | އަންގާރަ 10:39
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގުމުގެ އުސޫލު ބަޔާންކޮށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި ބިލް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައި ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމްއެވެ. މި ބިލް މަޖިލީހަށް ބަލައިގަންނަން ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުންގެ ވޯޓުން ވަނީ ބިލް ބަލައިގަތުމަށް ފާސްވެފައެވެ. މިއާއެކު މި ބިލް ދިރާސާކުރުމަށް ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބިލް ދިރާސާކުރުމުގެ މަސައްކަތް ބުދަ ދުވަހު ކުރިޔަށް ގެންދަވާނެ ކަމަށެވެ. އަދި މި ބިލަކީ އާމްދަނީ އާއި ގުޅުންހުރި ބިލަކަށް ވުމުން ވީއެންމެ އަވަހަކަށް ބިލް ދިރާސާކުރުމުގެ މަސައްކަތްކޮށް ނިންމަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބިލް ހުށަހަޅުއްވަމުން އަލީ އާޒިމް ވިދާޅުވީ މި ބިލަކީ މި ވަގުތަށް ވަރަށް މުހިންމު ބިލެއް ކަމަށެވެ. ސަބަބަކީ ދައުލަތުގެ ބަޖެޓް މިހާރު އެތައް ގުނައަކުން ދަރަނިވެރި ވެފައިވާއިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އާމްދަނީ ލިބޭނެ ކަންކަމުގެ ތެރޭގައި ހިމަނާފައިވާ ކަންކަން މި ބިލްގައި ވާތީ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެން ކަމުން މި ބިލް މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ވީއެންމެ އަވަހަކަށް ޤާނޫނަކަށްވުމަކީ މުހިންމު ކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.

މި އިސްލާހުގެ ސަބަބުން ވިޔަފާރިތައް އިތުރުވެ ވަޒީފާތައް އިތުރުވެ ދައުލަތަށް ވަންނަ ފައިސާ އެތައް ގުނައަކަށް އިތުރު ވެގެން ދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިބިލްގައި މައިގަނޑު ކަންތައްތައްތަކުގެ ތެރޭގައި އިންޓަރގްރޭޓެޑް ޓޫރިޒަމް ލ. އަތޮޅު ބަރެސްދޫ ނޫނީ ކްރޮސްރޯޑް ހިންގާ އުސޫލުން ޤާނޫނެއްގެ ތެރެއިން ހިންގޭނެ ފުރުސަތު އާންމު ފަރާތްތަކަށް ލިބިގެންދާ ކަމަށެވެ.

އެގޮތުން ޑިވެލޮޕަރ އެއް މެދުވެރިވެގެން ފެނާއި ނަރުދަމާ، ކަރަންޓް އަދި މަގުގެ ކަންކަން ރަނގަޅު ކުރުމަށްފަހު އާންމު ފަރާތްތަކަށް ވަކި ތަންތަން ވިޔަފާރި ކުރުމަށްޓަކައި ޓޫރިޒަމާ ގުޅޭ ފިހާރަ ރެސްޓޯރެންޓް ފަދަ ތަންތަން ދިގު މުއްދަތަކަށް ކުއްޔަށް ނެގުމުގެ ފުރުސަތު ފަހިކޮށްދެވިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި ބިލުން ޕްރައިވެޓް އައިލެންޑް، ވަކި މީހަކަށް އަމިއްލައަށް ގަނެ އެތާ ދިރިއުޅެވޭނެ ގޮތް ހެދުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ހުށަހަޅުއްވާފައިވާ މި ބިލްގައި 20 އިސްލާހެއްވެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް ގެންނަ 6 އިސްލާހެއް ހިމެނޭއިރު މުޅިން އައު 6 މާއްދާއެއް އިތުރެވެގެންދެއެވެ. އަދި މިހާރު އަމަލުކުރަމުންދާ ޓޫރިޒަމްގެ ޤާނޫނުން 3 މާއްދާއެއް އުނިކުރެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް