Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް އަނިޔާކުރުން

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާކުރި 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

24 ނޮވެމްބަރު 2020 | އަންގާރަ 10:21

ތަހުގީގު ފުރިހަމަކުރުމަށް އިތުރު 24 މީހަކާއި ސުވާލުކުރެވި، 24 ބަޔާން ނަގައި، 05 ކުޑަކުދިންނާ ސުވާލުކުރެވުނު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 24 ނޮވެމްބަރު 2020 | އަންގާރަ 10:21
ކުޑަކުދިންގެ ހިޔާ

ކުޑަކުދިންގެ ހިޔާ

ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާކުރިކަމަށް ތުހުމަތުކުރެވޭ 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތައް ބަލާ ކޮމިޝަނުން ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގުޅޭގޮތުން އެ ކޮމިޝަނުން ކުރިއަށް ގެންދާ އިންކުއަރީ މަސައްކަތުގެ ތެރެއިން 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާ މެދު އެ ތަނުގެ މުވައްޒަފުންގެ ފަރާތުން އެކިއެކި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ދީފައިވާ މައްސަލައެއް އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނާމެދު އެތަނުގައި އޭރު މަސައްކަތް ކުރަމުން ދިޔަ ބައެއް މުވައްޒަފުން އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާ މައްސަލަ ޖުލައި 2018 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ރިޕޯޓުކުރެވުނު ނަމަވެސް، މިހާތަނަށް އެ މައްސަލައިގައި ހިމެނޭ އެއްވެސް މީހެއްގެ މައްޗަށް ފިޔަވަޅެއް އަޅާފައިނުވާކަން ކަން އެ ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައިގައި ވީ އެންމެ އަވަހަކަށް ތަހުގީގު ފުރިހަމަކޮށް، ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން، އެ ކޮމިޝަނުގެ ފަންނީ ލަފައާއި އިރުޝާދާއި މަޝްވަރާގެ ދަށުން ފުލުހުން މި މައްސަލައިގެ ތަހުގީގު ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް ދައުވާ ކުރުމަށް ފޮނުވުމުގެ އަމުރެއް، 2020 އޮކްޓޫބަރު 11 ގައި ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ ނެރެދެއްވާފައެވެ.

މައްސަލައިގެ ތަހުގީގު މުސްތަގިއްލު ކަމާއެކު ކުރިއަށް ގެންދިޔުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކާއި އެކު، އެ ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އަދި ޕްރޮސިކިއުޓަރުން ހިމެނޭ ގޮތުން އެކުލަވާލެވުނު ހާއްސަ ޓީމަކުން މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް 12 އޮކްޓޫބަރު 2020 ގައި މަސައްކަތް ފައްޓައި، ތަހުގީގު ފުރިހަމަކުރުމަށް އިތުރު 24 މީހަކާއި ސުވާލުކުރެވި، 24 ބަޔާން ނަގައި، 05 ކުޑަކުދިންނާ ސުވާލުކުރެވި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު ފަރާތެއް ދެނެގަނެވުނު ކަމަށް ކޮމިޝަނުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ތުހުމަތުކުރެވޭ ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދިނުމަށް އެދި، 23 ނޮވެންބަރު 2020 ގައި މި މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން މައްސަލަ ބަލައިގަނެ، ދައުވާ އުފުލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މައްސަލަ ރިޕޯޓުކުރުމާއި ފިޔަވަޅު އެޅުމުގެ މަރުޙަލާގައި ކަން ހިނގާގޮސްފައިވާ ގޮތް ދެނެގަނެ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، 2017 ގައި ކުޑަކުދިންގެ ހިޔާގައި ހިނގާފައިވާ މި މައްސަލަ ތަހުގީގުކުރުމާއި، ފިޔަވަޅު އެޅުމުގައި ޒިންމާވާ މުއައްސަސާތަކުގެ އެއްވެސް އިހުމާލެއް ވޭތޯ ދެނެގަތުމުގެ މަސައްކަތް އެ ކޮމިޝަނުން ވަކި އިންކުއަރީއެއްގެ ގޮތުގައި ކުރިއަށްގެންދާނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

މި މައްސަލާގައި އިހުމާލެއްވޭތޯ ބަލަމުންދާ އިރު، ހިޔާގެ މުވައްޒަފުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް މީހުން ކުރިމަތީގައި "ބަރަހަނާ" ވާ ގޮތަށް އަމަލު ހިންގި މައްސަލައެއް ވެސް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީ އިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
08 މާރިޗު 2017

ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ

08 މާރިޗު 2017
ވެރިކަން ބަދަލުކޮށް އަންހެންވެރިންނަން އަނިޔާކުރި ފުލުހުންނާއި ސިފައިން ލަދުގަންނަންޖެހޭ: ޝިފާ
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް