Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައިބަރ ސެކިއުރިޓީ ވެބިނަރ

ދިރާގާއި ފޯރޓިނެޓް ގުޅިގެން ސައިބަރ ސެކިއުރިޓީއާ ބެހޭ ޚާއްސަ ވެބިނަރއެއް ބާއްވައިފި

23 ނޮވެމްބަރު 2020 | ހޯމަ 11:40

މި ވެބިނަރ ބާއްވާފައިވަނީ ދިރާގު 'އެއްވުން' ޕްލެޓްފޯމްގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 23 ނޮވެމްބަރު 2020 | ހޯމަ 11:40
ސައިބަރ ސެކިއުރިޓީ އާއި ބެހޭގޮތުން ބޭއްވި ވެބިނަރ

ސައިބަރ ސެކިއުރިޓީ އާއި ބެހޭގޮތުން ބޭއްވި ވެބިނަރ

ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގުން، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ބޭފުޅުންނަށް އަމާޒުކޮށްގެން ސައިބަރ ސެކިއުރިޓީ އާ ބެހޭގޮތުން ފޯރޓިނެޓް އާ ގުޅިގެން ވެބިނަރއެއް ބާއްވައިފިއެވެ.

މި ވެބިނަރ ބާއްވާފައި ވަނީ ދިރާގު 'އެއްވުން' ޕްލެޓްފޯމްގައެވެ.

Advertisement - newsAdvertisement

"ފްރޮމް ސެކިއުރިޓީ ޓު ޓްރަސްޓް" ގެ ނަމުގައި ކުރިއަށްގެންދިޔަ މި ވެބިނަރގައި އަލިއަޅުވާލި މައިގަނޑު ވާހަކަތަކުގެ ތެރޭގައި ގްލޯބަލް ސެކިއުރިޓީ ޓްރެންޑްސް، ކޮވިޑް 19 އާއި އެފަދަ ބަލިމަޑުކަމެއްގެ ތެރޭގައި އާއި ގޭގަ މަސައްކަތް ކުރުމުން ސައިބަރ ސެކުރިޓީ އަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ނުރައްކާތަކާއި، މި ފަދަ ނުރައްކާތަކުން ކުންފުނިތަކާއި މުވައްޒަފުން ސަލާމަތް ކުރުމަށް ކުރެވޭނެ ކަންތައްތަކާއި ސޮލިއުޝަންތަކަށެވެ.

މި ވެބިނަރގެ ކީނޯޓް ދެއްވީ ޓެކް ދާއިރާގައި 20 އަހަރު ދުވަހުގެ ތަޖުރިބާހުރި އަދި މިހާރު އީގާޑިއަން ޕްރައިވެޓް ލިމިޓެޑް، ޑީ.ސީ.އެސް ޕްރައިވެޓް ލިމިޓެޑް އަދި އައި.އައި.އެޗް.ޓީ ސްރީލަންކާގެ ޑިރެކްޓަރ އަދި ޑެލްޓާ ސްޕައިކް ޕްރައިވެޓް ލިމިޓެޑްގެ ކޯފައުންޑަރ ކަމަށްވާ ޝިހާން އަނޮން އެވެ. މީގެ އިތުރުން ޝިހާން އަކީ "ސޭންސް" ސެޓިފައިޑް ސެކިއުރިޓީ މާހިރެކެވެ. ޝިހާންގެ ވާހަކަައިގައި ކޮވިޑް19ގެ ސަބަބުން، ގޭގަ މަސައްކަތްކުރާއިރު ސައިބަރ ސެކިއުރިޓީ އަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކާއި ނުރައްކާތަކާ ބެހޭގޮތުން ވަނީ އަލިއަޅުއްވާލައްވައިފައެވެ. އަދި މީގެ އިތުރުން ދުނިޔޭގައި އެނބުރެމުންދާ ނުރައްކާތެރި ސައިބާ ހަމަލާތަލާ ބެހޭ މައުލޫމާތު އުނގެނި، އެކަންތައްތަކުން ރައްކާތެރިވެ، ހޭލާ ތިބުމުގެ މުހިންމު ކަމަށް ވަރަށް ބޮޑަށް ފާހަގަ ކުރެއްވިއެވެ.

މި ވެބިނަރގައި ސަބްޖެކްޓް އެކްސްޕާޓެއްގެ ގޮތުން ވާހަކަފުޅު ދެއްކެވީ 20 އަހަރަށް ވުރެ ގިނަ ދުވަހުގެ އައިޓީ ސިކިއުރިޓީ ތަޖުރިބާހުރި އަދި މިހާރު ފޯރޓިނެޓްގެ ޕްރިންސިޕަލް ސިސްޓަމް އިންޖިނިއަރ ކްރިޝްނަން ރާޖަގޮޕްލަން އެވެ. އެ ބޭފުޅާގެ ވާހަކަފުޅުގައި އަލިއަޅުވައިދެއްވީ ސައިބަރ އެޓޭކް ތަކަކީ މިއަދުގެ ދުނިޔޭގައި މެދުނުކެނޑި 24 ގަޑި އިރު ހިނގަމުން ދާ ކަމެއްކަމަށާއި، ވިޔަފާރީގެ ބޭނުންތަކާއި އެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރާ މިންވަރު އިތުރުވެ، ޓެކްނިކަލް އާލާތްތައް ބޭނުން ކުރުން އިތުރުވާ މިންވަރަކަށް މިފަދަ އެޓޭކްތައް އަމާޒުވެ ސައިބަރ ހަމަލާ އަކަށް ހުށައެޅުމުގެ ކުރައްކާ އިތުރު ވެގެން ދާ ކަމަށެވެ. އެހެންކަމުން، ޚިދުމަތަކުގެ ސެކިއުރިޓީ އިތުރު ކުރުމަށްޓަކައި، ޚިދުމަތް ބޭނުންކުރާ ފަރާތް ތަކާއި، ޑިވައިސްތައް ވަގުތުން ވަގުތަށް މޮނިޓަރ ކުރުމަކީ ނުހަނު ބޭނުން ތެރި ކަމެއް ކަމަށް އަލިއަޅުވާލެއްވިއެވެ.

ދިރާގު ބެކަޕް އަދި ރިކަވަރީ އަކީ ޑިޒާސްޓަރ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ އަށް ހާއްސަ ކޮށްގެން ފަރުމާކޮށްފައިވާ ޚިދުމަތެކެވެ. އެގޮތުން، މި ޚިދުމަތަކީ ކްލައުޑް ބޭސްޑް ބެކަޕް ޚިދުމަތެކެވެ.

އެގޮތުން، މި ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންގެ އެންމެ ކްރިޓިކަލް ނުވަތަ އެންމެ މުހިންމު އައިޓީ ސިސްޓަމްތަކުގެ ޑޭޓާ ރައްކާތެރިވެ، ސަރވަރ ކްރޭޝްވުން ފަދަ ކަމެއް މެދުވެރި ވެއްޖެ ހާލަތެއްގައި އެ ސިސްޓަމްތައް އެންމެ ފަހުން ހުރި ހާލަތައް އަވަސްގޮތެއްގައި އަދި ރައްކާތެރިކަމާއެކު އިޔާދަކުރުމަށް މަގުފަހި ވެގެން ދާނެއެވެ.

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް