Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެފްއޭ އެވޯޑްސް

އަހަރުގެ މޮޅު ކުޅުންތެރިއަކަށް ކާންޓޭ

24 އެޕްރީލު 2017 | ހޯމަ 13:21

ކާންޓޭ ބުނަނީ ޝަރަފެއް ކަމަށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 24 އެޕްރީލު 2017 | ހޯމަ 13:21
ޕީއެފްއޭ އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު ކާންޓޭ އެވޯޑާއި އެކު

ޕީއެފްއޭ އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނު ކާންޓޭ އެވޯޑާއި އެކު

އިނގިރޭސި ލީގުގެ ވަރުގަދަ ކުޅުންތެރިންތަކެއް ފަހަތަށް ޖައްސާލުމަށްފަހު ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ހޯދައިފި އެވެ.

ކުޅުންތެރިންގެ ވޯޓުން ހޮވާ ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމް ކާންޓޭ ހޯދީ ބުނީ މޮޅު ކުޅުންތެރިއާގެ އެވޯޑަކީ އޭނާއަށް ލިބުނު ހިތްވަރެއް ކަމަށެވެ.

މިދިޔަ ސީޒަނުގައި ލެސްޓާ ސިޓީން ޕްރިމިއާ ލީގު ހޯދުމުގައި އިސްދައުރެއް އަދާކުރި ކާންޓޭ މި ސީޒަންގައި 32 މިލިއަން ޕައުންޑަށް ޗެލްސީއަށް ބަދަލުވުމަށްފަހު އެކުލަބުގައިވެސް އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

ފްރާންސްގެ ޤައުމީ ޓީމުގައިވެސް މިހިތްމު ދައުރެއް އަދާކުރާ ކާންޓޭ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްހޯދީ މެންޗެސްޓާ ޔުނައިޓެޑްގެ ޒަލަޓަން އިބްރަހިމޮވިޗް އާ ޗެލްސީގެ އެޑެން ހަޒާޑާއި ޓޮޓެންހަމްގެ ހެރީ ކޭން، އެވަޓަންގެ ރޮމެލޫ ލުކާކޫގެ އިތުރުން އާސެނަލްގެ އަލެކްސިސް ސަންޗޭޒްގެ މައްޗަށް ކުރިހޯދައިގެންނެވެ.

ކާންޓޭ ބުނީ ލީގުގައި ކުޅޭ އެހެން ކުޅުންތެރިން އޭނާއަށް އެ މަޤާމްދޭން ނިންމުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"ޕީއެފްއޭ މެރިޓް އެވޯޑް" މިފަހަރު ލިބުނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުރިން ކުޅުނު ޑޭވިޑް ބެކަމްއަށެވެ.

ޕީއެފްއޭއިން ހޮވި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ، ޓޮޓެންހަމްގެ ޑެލެ އަލީއެވެ.

އަލީ މަގާމު ދިފާއުކުރީ ކޭން، ލުކާކޫ، ބާންލީގެ މައިކަލް ކީން، ސަންޑަލެންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް އަދި މެންޗެސްޓާ ސިޓީގެ ލިރޯއީ ސާނޭއާ ވާދަކޮށެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މިފަހަރު ލިބުނީ މެންޗެސްޓަރ ސިޓީގެ އަންހެން ޓީމުގެ ލޫސީ ބްރޯންޒްއަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް