Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަފުށީ އެއަރޕޯޓު ހުޅުވުން

މި ސަރުކާރަކީ ބިންގާ އަޅާ، އެ ބާރުމިނުގައި މަޝްރޫއު ނިންމާ ސަރުކާރެއް: ނަހުލާ

19 ނޮވެމްބަރު 2020 | ބުރާސްފަތި 12:45

މި ސަރުކާރު ދެމި ތިބޭނީ ކުރިއެރުމަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލު ހޯދާދޭ ބައެއްގެ ގޮތުގައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 19 ނޮވެމްބަރު 2020 | ބުރާސްފަތި 12:45
ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ

ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ އެއަރޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރއިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ތަރައްގީގެ މަޝްރޫއުތަކުގެ ބިންގާ އަޅާ، ހަމަ އެ ބާރުމިނުގައި އެ މަޝްރޫއުއެއް ނިންމާ ސަރުކާރެއް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ހއ. ހޯރަފުށި އެއަރޕޯޓު ހުޅުވުމަށްޓަކައި ބުރާސްފަތި ދުވަހު ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ މި ސަރުކާރަކީ ތަރައްގީގެ މަޝްރޫއުތަކުގެ ބިންގާ އަޅާ، ހަމަ އެ ބާރުމިނުގައި އެ މަޝްރޫއުއެއް ނިންމާ ސަރުކާރެއް ކަމަށެވެ. އަދި މި ސަރުކާރު ދެމި ތިބޭނީ އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލު ހޯދާދޭ ބައެއްގެ ގޮތުގައި ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އޭނާ ވިދާޅުވީ ހޯރަފުއްޓާއި އަދި މި ސަރަހައްދުގެ އެންމެހާ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ވެގެން ދިޔައީ އަތޮޅުތައް ތަރައްގީ ކުރުމަށް ރައިސް ސޯލިހު ދެއްވާ އިސްކަމެއްގެ ސަބަބުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އެންމެ އުތުރުގެ އިގްތިސާދީ ނާރެހަކަށް ހޯރަފުށީގައި ހުޅުވިގެންދިޔަ އެއައރޕޯޓު ވެގެންދާއިރު، މި ކަންކަން ތަންފީޒުކޮށްދެއްވާ، ފުރިހަމަ އެއަރޕޯޓެއްގެ ގޮތުގައި އެއަރޕޯޓު ހުޅުވާދެއްވީތީ އޭނާ ވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ.

މިފަދަ އެއަރޕޯޓެއް ހުޅުވިގެން ދިޔައީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށް ހީނަރުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކަމުގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ތަނަވަސް ވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން، އިގްތިސާދީ އަދި ސިނާއީ މަސައްކަތްތައް ފަށައިގަންނަން ރައްޔިތުންނަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
07 ފެބުރުއަރީ 2017

މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި

07 ފެބުރުއަރީ 2017
މޫނުބުރުގާ އަޅާތީ ކުޑަފަރީ ޤުރުއާން ޓީޗަރުވެސް ވަޒީފާއިން ވަކިކޮށްފި
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
13 ޖެނުއަރީ 2017

މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ

13 ޖެނުއަރީ 2017
މި ސަރުކާރަކީ ވަގުންނާއި މުޖުރިމުންގެ ސަރުކާރެއް: އިމްތިޔާޒް ފަހުމީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް