Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓުޓިކޮރިން ފެރީ ދަތުރުތައް

ޓުޓިކޮރިން ފެރީން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ފަށަނީ

19 ނޮވެމްބަރު 2020 | ބުރާސްފަތި 12:27

ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ފެށުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން ތައްޔާރުވަމުންދޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 19 ނޮވެމްބަރު 2020 | ބުރާސްފަތި 12:27
އިންޑިއާގެ ޓުޓިކޮރިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ފަށާނެ ކަމަށް ރައީސް ވަނީ އިއުލާން ކުރައްވާފައި

އިންޑިއާގެ ޓުޓިކޮރިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ފަށާނެ ކަމަށް ރައީސް ވަނީ އިއުލާން ކުރައްވާފައި

އިންޑިއާގެ ޓުޓިކޮރިން އިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިޙު ވިދާޅުވީ، ބޭރު ޤައުމުތަކުން ސީދާ އެކި އަތޮޅުތަކަށް މުދާ ގެނެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ލާމަރުކަޒީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ހދ. ކުޅުދުއްފުއްޓާއި އިންޑިއާގެ ކޮޗިންއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ، ވިޔަފާރި ލާމަރުކަޒު ކުރުމުގެ ވަރަށް މުހިންމު މަސައްކަތެއްކަން ރައީސް ސޯލިޙު ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިޙު އިތުރަށް ވިދާޅުވީ، މި ސިލްސިލާގެ ދަށުން އިންޑިއާގެ ޓުޓިކޮރިންއިން ހުވަދު އަތޮޅަށާއި އައްޑުއަށް ކުރާ ދަތުރުތައް، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ފެށުމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ފަރާތުން ތައްޔާރުވަމުންދާ ކަމަށެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯފެރީ ދަތުރުތައް ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހު ފަށާފައިވާއިރު އެ ދަތުރުގައި 500 ޓަނު ސިމެންތި އާއި ދެ ކޮންޓެއިންނަރުގެ މުދާ ވަނީ ގެނެސްފައެވެ.

އިންޑިއާގެ ކޮޗިން އިން ކާގޯއާ އެކީ އައި، މި ފުރަތަމަ ފެރީއަކީ އެއްފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ބޯޓެކެވެ. އިންޑިއާ-ކޮޗިން ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ އެވެ.

މި ފެށި ކާގޯ ފެރީގެ ސަބަބުން އަގުހެޔޮކޮށް މުދާ ގެނައުމަށް ދިވެހި ވިޔަފާރިވެރިންނަށް މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

މި ބޯޓަކީ "އެމްސީޕީ ލިންޒް 47" ނަމަކަށް ކިޔާ ދިގުމިނުގައި 117 މީޓަރު ހުންނަ 380 ކޮންޓެއިނަރު އަދި 3000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 އޯގަސްޓު 2018

ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

09 އޯގަސްޓު 2018
ރައީސުލްޖުމްހޫރިއްޔާ ހުވަދު އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
07 އޯގަސްޓު 2018

ރައީސް ޔާމީން ހުވަދު އަތޮޅުގެ ހަ ރަށަކަށް ފުރައިވަޑައިގެންފި

07 އޯގަސްޓު 2018
ރައީސް ޔާމީން ހުވަދު އަތޮޅުގެ ހަ ރަށަކަށް ފުރައިވަޑައިގެންފި
03 ޖެނުއަރީ 2018

ހުވަދު އަތޮޅުގެ ބައެއް ސްކޫލްތަކަށް ޕްރިންސިޕަލުން ހޯދަނީ، ޓީޗަރުން އަދިވެސް ހަމަނުވޭ!

03 ޖެނުއަރީ 2018
ހުވަދު އަތޮޅުގެ ބައެއް ސްކޫލްތަކަށް ޕްރިންސިޕަލުން ހޯދަނީ، ޓީޗަރުން އަދިވެސް ހަމަނުވޭ!
25 ޑިސެމްބަރު 2017

ހުވަދު އަތޮޅާއި ފުވައްމުލަކަށް ޔެލޯ އެލަރޓް ނެރެފި

25 ޑިސެމްބަރު 2017
ހުވަދު އަތޮޅާއި ފުވައްމުލަކަށް ޔެލޯ އެލަރޓް ނެރެފި
05 ޑިސެމްބަރު 2017

ހުވަދު އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބައެއް ގޭގެއަށް ފެންވަދެ، ގެންލުންތައް ލިބިއްޖެ

05 ޑިސެމްބަރު 2017
ހުވަދު އަތޮޅުގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބައެއް ގޭގެއަށް ފެންވަދެ، ގެންލުންތައް ލިބިއްޖެ
24 ނޮވެމްބަރު 2017

ހުވަދު އަތޮޅު ދެކުނުބުރި އަތޮޅުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން އެކަން އެމްޑީޕީން ކުށްވެރިކޮށްފި

24 ނޮވެމްބަރު 2017
ހުވަދު އަތޮޅު ދެކުނުބުރި އަތޮޅުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުން އެކަން އެމްޑީޕީން ކުށްވެރިކޮށްފި
24 ނޮވެމްބަރު 2017

ރައީސް ޔާމީންގެ ވެރިކަމުގައި ހުވަދު އަތޮޅުގެ މަސްވެރިންނަށް ވީ ފައިދާއެއް ނެތް: ސައުދު

24 ނޮވެމްބަރު 2017
ރައީސް ޔާމީންގެ ވެރިކަމުގައި ހުވަދު އަތޮޅުގެ މަސްވެރިންނަށް ވީ ފައިދާއެއް ނެތް: ސައުދު
19 އޯގަސްޓު 2017

ވިއްސާރައިގައި މިލަންދު އާއި ކުޑަހުވަދުއަށް ލިބުނު ގެއްލުން ޑިޒާސްޓާއިން ބަލަނީ

19 އޯގަސްޓު 2017
ވިއްސާރައިގައި މިލަންދު އާއި ކުޑަހުވަދުއަށް ލިބުނު ގެއްލުން ޑިޒާސްޓާއިން ބަލަނީ
04 އޯގަސްޓު 2017

ހުވަދު އަތޮޅު ރައީސް ޔާމީނާ ދެކޮޅަށް ތެދުވެ ބޮޑު މުޒާހަރާއެއް ކޮށްފި

04 އޯގަސްޓު 2017
ހުވަދު އަތޮޅު ރައީސް ޔާމީނާ ދެކޮޅަށް ތެދުވެ ބޮޑު މުޒާހަރާއެއް ކޮށްފި
04 އޯގަސްޓު 2017

ހުވަދު އަތޮޅު ބައެއް ރަށްރަށުގައި މިއަދު މުޒާހަރާކުރަނީ!

04 އޯގަސްޓު 2017
ހުވަދު އަތޮޅު ބައެއް ރަށްރަށުގައި މިއަދު މުޒާހަރާކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް