Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތުން ދައްކުވައިދެނީ ރާއްޖެގެ ޒަމާންވީ އިސްލާމި ތާރީޙް: މިނިސްޓަރ ޔުމްނާ

17 ނޮވެމްބަރު 2020 | އަންގާރަ 09:18

މި މިސްކިތަކީ 200 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ ތަރިކަ

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 17 ނޮވެމްބަރު 2020 | އަންގާރަ 09:18
މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން

މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން

ކަޅުވަކަރު މިސްކިތުން ދައްކުވައިދެނީ ރާއްޖެގެ ޒަމާންވި އިސްލާމި ތާރީޙް ކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ކަޅުވަކަރު މިސްކިތް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ ކަޅުވަކަރު މިސްކިތުން ދައްކުވައިދެނީ އިހު ޒަމާނުގައި އުޅުނު ދިވެހިންގެ ފަންނުވެރި ކަމާއި ހުނަރުވެރި ކަން ކަމަށެވެ.

Advertisement - newsAdvertisement

ކަޅުވަކަރު މިސްކިތުގައިވާ ހިރިގަލުތަކުގައިވާ ލިޔުންތަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1179 ވަނަ އަހަރުން ފެށިގެން 1799 ވަނަ އަހަރާ ހަމައަށެވެ. އެހެންކަމުން މި މިސްކިތަކީ 200 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ދިވެހިންގެ ތަރިކައެކެވެ.

މިސްކިތް ހިމާޔަތްކުރަން މަސައްކަތް ކޮށްދެއްވި ބައެއް ބެފުޅުންގެ ނަންތައް ޔުމްނާ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިސްކިތް އަލުން ރޭވުމަށްޓަކައި ފާއިތުވި ދެ އަހަރު ތެރޭގައި މަސައްކަތް ކޮށްދެވި އެންމެހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. ޔުމްނާ ވިދާޅުވި ގޮތުގައި، އެ ކަމަނާ ރައީސް ޔާމީންގެ ސަރުކާރުގައި ޑިޕާޓްމަންޓް އޮފް ހެރިޓޭޖުގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާދެއްވީ ވެސް މި ސަބަބާ ހުރެއެވެ.

ރައީސް ސޯލިހުގެ ސަރުކާރުން މިފަދަ ތަރިކަތަށް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތަށާއި ދެއްވާ ސަމާލުކަމަށް ޔުމްނާ ޝުކުރު އަދާކުރެއްވިއެވެ.

ރާއްޖޭގެ އެންމެ ޒަމާންވީ އެއް އާސާރީ ތަރިކަ ކަމުގައިވާ ކަޅުވަކަރު މިސްކިތަކީ 200 އަށް ވުރެ ގިނަ އަހަރު ވެފައިވާ މިސްކިތެކެވެ. ހިރިގަލުން ހަދާފައިވާ މި މިސްކިތަކީ ދިވެހިންގެ ގަލުވަޑާމާއި ލާފެންކުރުމުގެ ހުނަރު ދައްކުވައިދޭ ރީތި މިސްކިތެކެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2018

ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ ކުރިން އެ މިސްކިތުގެ ހިރިގަލަށާއި ވަކަރުތަކަށް ފަރުވާދޭން ޖެހޭ: މިނިސްޓަރ ޔުމްނާ

20 ނޮވެމްބަރު 2018
ކަޅުވަކަރު މިސްކިތް އަލުން ރޭވުމުގެ ކުރިން އެ މިސްކިތުގެ ހިރިގަލަށާއި ވަކަރުތަކަށް ފަރުވާދޭން ޖެހޭ: މިނިސްޓަރ ޔުމްނާ
18 ނޮވެމްބަރު 2018

ފުރަތަމަ 100 ދުވަހުގެ ޕްލޭންގެ ތެރެއިން: ކަޅުވަކަރު މިސްކިތް ރޭވުން

18 ނޮވެމްބަރު 2018
ފުރަތަމަ 100 ދުވަހުގެ ޕްލޭންގެ ތެރެއިން: ކަޅުވަކަރު މިސްކިތް ރޭވުން
17 ޖޫން 2018

ކަޅުވަކަރު މިސްކިތަށް ވީގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ޝަމާއު ޝަރީފު

17 ޖޫން 2018
ކަޅުވަކަރު މިސްކިތަށް ވީގޮތް ރައްޔިތުންނަށް ސާފުކޮށްދޭން ޖެހޭ: ޝަމާއު ޝަރީފު
12 އެޕްރީލު 2018

ޒަމާންވީ ޖަލުއަނިޔާ ރައީސް ޔާމީން އަބުރާ އިއާދަކޮށްފި: ނަޒީރު

12 އެޕްރީލު 2018
ޒަމާންވީ ޖަލުއަނިޔާ ރައީސް ޔާމީން އަބުރާ އިއާދަކޮށްފި: ނަޒީރު
08 އެޕްރީލު 2018

ކަޅުވަކަރު މިސްކިތް ކޮންތާކަށް ލައްވައިގެންތޯ އުޅުއްވަނީ، ރައީސް ނަޝީދު ރައީސް ޔާމީން އަރިހުން އައްސަވައިފި

08 އެޕްރީލު 2018
ކަޅުވަކަރު މިސްކިތް ކޮންތާކަށް ލައްވައިގެންތޯ އުޅުއްވަނީ، ރައީސް ނަޝީދު ރައީސް ޔާމީން އަރިހުން އައްސަވައިފި
05 އެޕްރީލު 2018

ކަޅުވަކަރު މިސްކިތް ވިއްކާލާފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތުހުމަތުކޮށްފި

05 އެޕްރީލު 2018
ކަޅުވަކަރު މިސްކިތް ވިއްކާލާފައިވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ތުހުމަތުކޮށްފި
20 މާރިޗު 2018

ކަޅުވަކަރު މިސްކިތް ނެގި ތަނުގައި އަޅާ ވިންޓަރ ކޯނާރގެ މަސައްކަތް ހަލުއިކޮށްފި

20 މާރިޗު 2018
ކަޅުވަކަރު މިސްކިތް ނެގި ތަނުގައި އަޅާ ވިންޓަރ ކޯނާރގެ މަސައްކަތް ހަލުއިކޮށްފި
21 ފެބުރުއަރީ 2018

ސުޕްރީމް ކޯޓުގެ އަމުރުން ވެސް ދައްކުވައިދެނީ ކުއްލި ނުރައްކަލުގެ ހާލަތު ސައްހަ ނޫންކަން: ޝާހިދު

21 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ އަމުރުން ވެސް ދައްކުވައިދެނީ ކުއްލި ނުރައްކަލުގެ ހާލަތު ސައްހަ ނޫންކަން: ޝާހިދު
28 ޖުލައި 2017

ސައުުދު ހައްޔަރުކުރުމަށް އަންގާރަ ދުވަހު ނެރުނު އަމުރުން ދައްކުވައިދެނީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ދަށް ހާލަތު: އިމްތިޔާޒް

28 ޖުލައި 2017
ސައުުދު ހައްޔަރުކުރުމަށް އަންގާރަ ދުވަހު ނެރުނު އަމުރުން ދައްކުވައިދެނީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ދަށް ހާލަތު: އިމްތިޔާޒް
07 އެޕްރީލު 2017

ގާސިމް ހައްޔަރުކުރުމުން ދައްކުވައިދެނީ ސަރުކާރުގެ ފިނޑިކަން: އަދާލަތު

07 އެޕްރީލު 2017
ގާސިމް ހައްޔަރުކުރުމުން ދައްކުވައިދެނީ ސަރުކާރުގެ ފިނޑިކަން: އަދާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް