Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަޅުވަކަރު މިސްކިތް

ކަޅުވަކަރު މިސްކިތް ކޮންތާކަށް ލައްވައިގެންތޯ އުޅުއްވަނީ، ރައީސް ނަޝީދު ރައީސް ޔާމީން އަރިހުން އައްސަވައިފި

8 އެޕްރީލު 2018 | އާދީއްތަ 09:46

މިސްކިތް ރޫޅާލީ 2016 ވަނަ އަހަރު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 8 އެޕްރީލު 2018 | އާދީއްތަ 09:46
ކަޅުވަކަރު މިސްކިތް ރޫޅާލުމަށް ފަހު އެމިސްކިތުގެ ބައިތައް: މިތަކެއްޗަށް ވީގޮތެއް ނޭނގެ

ކަޅުވަކަރު މިސްކިތް ރޫޅާލުމަށް ފަހު އެމިސްކިތުގެ ބައިތައް: މިތަކެއްޗަށް ވީގޮތެއް ނޭނގެ

ކަޅުވަކަރު މިސްކިތް ބަޔަކަށް ވިއްކާލާފައިވާނަމަ އެކަންވެސް ހާމަކޮށްދެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ކަޅުވަކަރު މިސްކިތާއި ބެހޭ ގޮތުން ރައީސް ނަޝީދުގެ ޚާއްސަ މެސެޖެއް ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ދެއްވަމުން އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވީ ކަޅުވަކަރު މިސްކިތް ކޮބައިތޯއޭ ރައީސް ޔާމީން އަރިހުން އަހާލަން ރައީސް ނަޝީދު ވިދާޅުވިކަމަށެވެ. އަދި މިސްކިތް ވިއްކަވާލައްވައިގެން އުޅުއްވަނީ ކިހާ ވަރަކަށްތޯ ރައީސް ޔާމީން އަރިހުން އައްސަވައިދެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ރައީސް ނަޝީދު ސަލާން ޖައްސަވައިގެންވެސް، ދަރަންޏަށް ފައިސާ ހޯއްދަވައިގެންވެސް ޔާމީނަށް އެ ޢަދަދު ހޯއްދަވައިދެއްވާފައި ވިޔަސް އެމިސްކިތް އަނބުރާ ހޯއްދަވަން ބޭނުންފުޅޭ،" ރައީސް ނަޝީދު ވިދާޅުވިކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ މިސްކިތް 'ފަރީއްނުކުޅުއްވުމަށް" ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ ރޮހިންޖާ ފަންޑާއި، ޒަކާތު ފަންޑާއި، ކަދުރުކޮޅު 'ފަރިއްކުޅުއްވިޔަސް' އެމިސްކިތަށް އެހެން ނެހެއްދެވުމަށް ރައީސް ނަޝީދު، ރައީސް ޔާމީންގެ ކިބައިން އެދިވަޑައިގެންނެވި ކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ރައީސް ނަޝީދު ގުޅުއްވާފައި ވަރަށް ދެރަފުޅުވެގެން ކަޅުވަކަރު މިސްކިތުގެ ވާހަކަ ދެއްކެވި ކަމަށެވެ.

ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކުގެ ތެރޭގައި ހުއްޓައި، 2016 ވަނަ އަހަރުގެ އޮގަސްޓް މަހު ރޫޅާލައިގެން ނެގީ ގދ. ތިނަދޫ ހުކުރު މިސްކިތް ހުރި ބިމުގައި އެ މިސްކިތް އަލުން ރާވައި ހުޅުވާނެ ކަމަށް ބުނެއެވެ. އަދި އެމިސްކިތް ހުރިތަނުގައި މިހާރު ދަނީ ފިނިމޫސުމުގައި ކުޅޭ ޒާތުގެ ކުޅިވަރުތައް ކުޅޭނެ ތަނެއް ހަދަމުންނެވެ. ހިރިގަލުން ހަދާފައިވާ އެމިސްކިތް ރޫޅާލާ ވާހަކަ ދެއްކުމާއި އެކު ތާރީޚަށް ލޯބިކުރާ ގިނަ ބަޔަކު އެކަމާއި ދެކޮޅަށް އަޑު އުފުލައި، އެމައްސަލައިގައި ކޯޓަށް ވެސް ދިޔައެވެ. އެހެން ނަމަވެސް ސަރުކާރުން އެމިސްކިތް ރޫޅާލުމަށް ފަހު މިސްކިތަށްވީ ގޮތެއް ހާމަކޮށްފައެއް ނުވެއެވެ. ގިނަ ބަޔަކު މިހާރުވެސް ދަނީ އެމިސްކިތަށް ވީ ކިހިނެއްކަން ނޭނގިގެން ސުވާލު ކުރަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން މި ސުވާލުތަކަށް ޖަވާބެއް ދީފައެއް ނުވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2017

ރާއްޖެ ވަޑައިނުގަނެ ގާސިމް އެ އުޅުއްވަނީ ފިއްލަވައިގެން: ކަރެކްޝަން

03 އޮކްޓޯބަރު 2017
ރާއްޖެ ވަޑައިނުގަނެ ގާސިމް އެ އުޅުއްވަނީ ފިއްލަވައިގެން: ކަރެކްޝަން
26 ސެޕްޓެމްބަރު 2017

ސައުދީ ރަސްގެފާނު ވިލިގިލީގައި އަޅުއްވައިދެއްވި މިސްކިތް ރައީސް ޔާމީން ހުޅުއްވައިދެއްވައިފި

26 ސެޕްޓެމްބަރު 2017
ސައުދީ ރަސްގެފާނު ވިލިގިލީގައި އަޅުއްވައިދެއްވި މިސްކިތް ރައީސް ޔާމީން ހުޅުއްވައިދެއްވައިފި
11 އޯގަސްޓު 2017

ކުރީގެ ފުރުޤާން މިސްކިތް ހުރި ސަރަހައްދުގައި ޕީޕީއެމްގެ ޖަގަހަ ހަދާ މައްސަލަ އޭސީސީއަށް

11 އޯގަސްޓު 2017
ކުރީގެ ފުރުޤާން މިސްކިތް ހުރި ސަރަހައްދުގައި ޕީޕީއެމްގެ ޖަގަހަ ހަދާ މައްސަލަ އޭސީސީއަށް
06 އޯގަސްޓު 2017

ރައީސް ޔާމީން އުޅުއްވަނީ އަފްރާޝީމް އަވަހާރަކުރުމަށް ފަންޑުކުރީ އަދީބު ކަމަށް ދައްކައި، މުޅި ވާހަކަ އޮއްބާލަން: ހުމާމްގެ އާއިލާ

06 އޯގަސްޓު 2017
ރައީސް ޔާމީން އުޅުއްވަނީ އަފްރާޝީމް އަވަހާރަކުރުމަށް ފަންޑުކުރީ އަދީބު ކަމަށް ދައްކައި، މުޅި ވާހަކަ އޮއްބާލަން: ހުމާމްގެ އާއިލާ
04 ޖުލައި 2017

ރައީސް ޔާމީން އުޅުއްވަނީ ފަޟީހަތް ވެދާނެތީ: ރައީސް ނަޝީދު

04 ޖުލައި 2017
ރައީސް ޔާމީން އުޅުއްވަނީ ފަޟީހަތް ވެދާނެތީ: ރައީސް ނަޝީދު
09 ޖޫން 2017

ހުޅުމާލެ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި

09 ޖޫން 2017
ހުޅުމާލެ ސިފައިންގެ މަރުކަޒުގެ މިސްކިތް ހުޅުވައިފި
25 މެއި 2017

ދޫނިދޫގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި

25 މެއި 2017
ދޫނިދޫގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި
09 އެޕްރީލު 2017

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް
31 މާރިޗު 2017

ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ

31 މާރިޗު 2017
ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ
13 ފެބުރުއަރީ 2017

ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

13 ފެބުރުއަރީ 2017
ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް