Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބަޖެޓް 2021

ބަޖެޓާ މެދު ކަންބޮޑުވުން އެބަހުރި، ނަމަވެސް އިގްތިސާދު ސްޓިމިއުލޭޓް ކުރަންޖެހޭ: ނާޝިޒް

އިގްތިސާދީ ދަތި ހާލަތެއްގައި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ނުހިމެނޭނެ ކަމަށް ވިދާޅުވި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2020 | އަންގާރަ 11:40
ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މުހައްމަދު ނާޝިޒް

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މުހައްމަދު ނާޝިޒް

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މިހާރު ހުށައަޅާފައިވާ ބަޖެޓުގައި އިގްތިސާދު ސްޓިމިއުލޭޓް ކުރަން ހިމަނާފައިވާ ކަންކަމަށް ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގެ މުގައްރިރު ވިދާޅުވެއްޖެއެވެ.

2021 ވަނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަ ސުރުހީ" ގައި ވާހަކަ ދައްކަވަމުން މެމްބަރު ނާޝިޒް ވަނީ ގިނަ ކަންތައްތަކަށް އަލިއަޅުވާލާ ވާހަކަ ދައްކަވާފައެވެ. އެގޮތުން ނާޝިޒް ވިދާޅުވީ، މިއީ ޗެލެންޖިންގ އަދި ތަންފީޒުކުރަން އުނދަގޫ ބަޖެޓަކަށް ވާނެ ކަމަށެވެ.

Advertisement - newsAdvertisement

ހާއްސަކޮށް އާމްދަނީ ވަކިވަރަކަށް ލިބޭނެކަން އަންދާޒާކޮށް ތައްޔާރުކުރާ ބަޖެޓުގައި ދަތިތަކެއް ހުންނާނެ ކަން ގަބޫލުކުރައްވާ ކަމަށް ނާޝިޒް ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ ދަތި އުނދަގޫ ހާލަތެއްގައި ހުށައެޅިގެން ދިޔަ ހަމައެކަނި ބަޖެޓްކަން ފާހަގަކުރައްވާ ނާޝިޒް ވިދާޅުވީ، މީގެ ކުރިން ދައުލަތުގެ އާމްދަނީ މިހާ ދަށަށް ގޮސްގެން އާމްދަނީއަށް ފައިނޭންސް ކުރާކަށް ނުޖެހޭ ކަމަށެވެ.

ބަޖެޓާ ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދީފައިވާ ލަފަޔަށް އަލިއަޅުއްވާލައްވާ ނާޝިޒް ވިދާޅުވީ، އެ ދެ މުއައްސަސާއިން ވެސް ފާހަގަކޮށްފައި ވަނީ ރަނގަޅު ނުކުތާތަކެއް ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި ދެ މުއައްސަސާގެ ކަންބޮޑުވުންތައް ހުރީ މަޝްރޫއުތައް ހިންގަން ފައިސާ ހޯދާނެ ގޮތަކާއި މެދުގައި ކަމަށާއި، ނެތް ފައިސާއިން މަޝްރޫއު ނުހިންގުމަށް ލަފާދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

ކަންބޮޑުވުންތަކާ އެކުވެސް، އިގްތިސާދު ސްޓިމިއުލޭޓް ކުރަންޖެހޭ ކަމަށް އެންމެންވެސް ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު ބަޖެޓު ކުރެވިގެން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ސަބަބުން އިގްތިސާދު ސްޓިމިއުލޭޓް ވާނެ ކަމަށާއި، މިއީ ގައުމުގެ އިގްތިސާދީ މުސްތަގުބަލަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.

ނާޝިޒް އިތުރަށް ވިދާޅުވީ، މި ހާލަތުގައި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ތަންފީޒުކުރެވޭނެ ބަޖެޓެއް ހުށައެޅުމަކީ ނުވާނެ ކަމެއް ކަމަށެވެ. އަދި ކޮވިޑުގެ ހާލަތާއި ގުޅިގެން އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އެ ހާލަތު ބަދަލުވެގެން ކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮވިޑަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ލިބުމުން، މި ހާލަތު މުޅިން އެއްކޮށް ބަދަލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

2021 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވަނީ، 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ، ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.75 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާއެވެ. މި އަހަރުގެ ބަޖެޓު 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

ހުޅުދެލީ ސްކޫލުގެ ޚިދުމަތާ މެދު ބެލެނިވެރިން ހިންހަމަނުޖެހިފައި

01 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު