Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޮޑަރނާ ކޮވިޑް-19 ވެކްސިން

މޮޑަރނާގެ ކޮވިޑް ވެކްސިން 95 އިންސައްތަ ރައްކާތެރިކަމަށް ދައްކައިފި

މެސެންޖަރ އާރްއެންއޭ ވެކްސިންގެ 95 އިންސައްތަ ރައްކާތެރި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 16 ނޮވެމްބަރު 2020 | ހޯމަ 18:57
މޮޑާރނާގެ ކޮވިޑް ވެކްސިން އެމެރިކާގައި ޓެސްޓްކުރަނީ

މޮޑާރނާގެ ކޮވިޑް ވެކްސިން އެމެރިކާގައި ޓެސްޓްކުރަނީ

ކޮވިޑް-19 އަށް މޮޑަރނާ އިން ތައްޔާރުކުރަމުން އަންނަ ވެކްސިން 95 އިންސައްތަ ރައްކާތެރިކަމަށް ދައްކާކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ.

މޮޑާނާގެ ޗީފް މެޑިކަލް އޮފިސަރ ތާލް ޒެކްސް ވިދާޅުވީ ވެކްސިންގެ ޓެސްޓުތަކުގެ ނަތީޖާތަކާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އަދި 94.5 އިންސައްތަ ރައްކާތެރިކަން ލިބިގެންދާ ކަމަށް ޓެސްޓްތަކުން ދައްކާ ކަމަށެވެ.

މި ވެކްސިންގެ ކްލިނިކަލް ޓްރައިއަލްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ 30،000 މީހުން ބައިވެރިކޮށްގެން، ކޮންމެ މީހަކަށް ދެ ޑޯޒް ދީގެންނެވެ. އެގޮތުން ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފްތާ ފަހުން ދެ ވަނަ ޑޯޒް ދެމުންދާ ކަމަށް އެކުންފުނިން ބުނެއެވެ.

މޮޑަރނާ އިން މެސެންޖަރ އާރްއެންއޭ ވެކްސިން ތައްޔާރުކުރަމުން އަންނަނީ އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު އާއި ގުޅިގެންނެވެ.

އެގައުމުގެ ސަރުކާރުން ވަނީ ވެކްސިން ތައްޔާރުކުރުމަށް 1 ބިލިއަން ޑޮލަރުގެ ފައިސާގެ އެހީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން ވެކްސިންގެ ރައްކާތެރި 100 މިލިއަން ޑޯޒް، ފޯރުކޮށްދިނުމަށް އިތުރު 1.5 ބިލިއަން ޑޮލަރު ދޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ވެކްސިން ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައި ވަނީ ޖެނުއަރީ މަހު އެވެ. އަދި ފޭސް 3 މަސައްކަތް ފެށީ ޖުލައި 27 ގައެވެ.

މި ވެކްސިން މިހާރު ވެސް އެމެރިކާގެ 89 ސަރަހައްދެއްގައި ޓެސްޓު ކުރަމުންދާ ކަމަށް އެގަމުގެ ނޫސްތަކާ ހަވާލާދީ ރިޕޯޓް ކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

30 ސެޕްޓެމްބަރު 2018

ޗައިނާގައި އެއިޑްސް ބަލިޖެހިފައިވާ މީހުންގެ އަދަދު 14 އިންސައްތަ މައްޗަށް!

30 ސެޕްޓެމްބަރު 2018
ޗައިނާގައި އެއިޑްސް ބަލިޖެހިފައިވާ މީހުންގެ އަދަދު 14 އިންސައްތަ މައްޗަށް!
08 ސެޕްޓެމްބަރު 2018

ބްރެޒިލްގެ ރިޔާސީ ކެންޑިޑޭޓަށް ދިން ހަމަލާ: ހަށިކޮޅުގެ 40 އިންސައްތަ ލޭ ވަނީ ފައިބާފައި

08 ސެޕްޓެމްބަރު 2018
ބްރެޒިލްގެ ރިޔާސީ ކެންޑިޑޭޓަށް ދިން ހަމަލާ: ހަށިކޮޅުގެ 40 އިންސައްތަ ލޭ ވަނީ ފައިބާފައި
03 ޖުލައި 2018

ޗައިނާއިން އެމެރިކާއަށް ފޮނުވާ މުދަލުގެ އިންސައްތަ ޖޫން މަހު ދަށްވެއްޖެ

03 ޖުލައި 2018
ޗައިނާއިން އެމެރިކާއަށް ފޮނުވާ މުދަލުގެ އިންސައްތަ ޖޫން މަހު ދަށްވެއްޖެ
21 މެއި 2018

އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި

21 މެއި 2018
އެބޯލާއަށް ބޭނުންކުރެވޭ ތަހުލީލީ ވެކްސިން ދިނުން ކޮންގޯގައި ފަށައިފި
01 ޖެނުއަރީ 2018

ވެނެޒުވޭލާގެ މިނިމަމް ވޭޖް އަށް 40 އިންސައްތައިގެ ކުރިއެރުމެއް ގެންނަނީ

01 ޖެނުއަރީ 2018
ވެނެޒުވޭލާގެ މިނިމަމް ވޭޖް އަށް 40 އިންސައްތައިގެ ކުރިއެރުމެއް ގެންނަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު