Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ރިޔާސީ އިންތިޚާބު

ބްރެޒިލްގެ ރިޔާސީ ކެންޑިޑޭޓަށް ދިން ހަމަލާ: ހަށިކޮޅުގެ 40 އިންސައްތަ ލޭ ވަނީ ފައިބާފައި

ހަމަލާދިނީ ކެމްޕެއިން ރެލީއެއްގެ ތެރޭގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 8 ސެޕްޓެމްބަރު 2018 | ހޮނިހިރު 06:43
ޚިޔާލު ހޯދުމުގެ ވޯޓުތަކުން އެންމެ ކުރީގައި އުޅުއްވަނީ ޖެއަރ ބޮލްސާނަރޯ

ޚިޔާލު ހޯދުމުގެ ވޯޓުތަކުން އެންމެ ކުރީގައި އުޅުއްވަނީ ޖެއަރ ބޮލްސާނަރޯ

ވަޅިން ހަމަލާދީ ބުރާސްފަތި ދުވަހު ޒަޚަމްކޮށްލި ބްރެޒިލްގެ ރިޔާސީ ރޭހުގައި އެންމެ ކުރީގައި އުޅުއްވާ ކެންޑިޑޭޓް ޖެއަރ ބޮލްސާނަރޯގެ ހަށިކޮޅުގެ ލޭގެ 40 އިންސައްތަ ފައިބައިގެން ދިޔަ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ކަނާތު ފިޔައިގެ ސިޔާސީ ލީޑަރުގެ ގައިކޮޅަށް ހަމަލާދިނީ އިރުދެކުނުގެ ސްޓޭޓެއް ކަމަށްވާ މިނަ ޖެރައިސްގައި ކެމްޕޭން ރެލީއެއްގެ ތެރޭގައި އެއްވެފައިވާ މީހުންގެ މެދުގައި ވާހަކަދައްކަވަން ހުންނަވަނިކޮށެވެ.

ޑޮކްޓަރުން ވިދާޅުވީ އޭނާގެ ގޮހޮރަށް ލިބިފައި ވަނީ ފުރާނައަށް ނުރައްކާވާވަރުގެ ޒަޚަމެއް ކަމަށާއި ނަމަވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ބޮލްސާނަރޯގެ ފިރިހެން ދަރިކަލުން ފެލްވިއޯ ބޮލްސާނަރޯ ވިދާޅުވީ އަންނަ މަހު ބާއްވާ އިންތިޚާބުގެ ކުރިން އޭނާގެ ބައްޕާފުޅަށް ކެމްޕެއިނަށް ނުކުމެ ވަޑައިގެންނެވުމަކީ ނާދިރު ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ބައްފާޅު އަދިވެސް ވަރުބަލި ކަމަށާއި ވާހަކަފުޅު ދެއްކުމަށް ވެސް ދަތި ކަމަށެވެ.

"އެމަނިކުފާނަށް ކެމްޕެއިނަށް މަގުތަކަށް ވަޑައެއް ނުގެންނެވޭނެ. އެކަމަކު އަހަރެމެންނަށް ދެވޭނެ،" އޭނާ ވިދާޅުވިއެވެ.

އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރައްވާފައިވާ ބޮލްސާނަރޯއަކީ ނަސްލީ ތަފާތުކުރުންތައް ގެންގުޅުއްވާތީ ފާޑުކިޔުން އަމާޒުވެފައިވާ ބޭފުޅެކެވެ. ނަމަވެސް އޭނާއަށް ތާއީދުކުރައްވާ ފަރާތްތަކުން ދެކޭ ގޮތުގައި އޭނާއަކީ ކުށް ގިނަ އެ ގައުމު ސަލާމަތްކޮށްދޭނެ މީހާއެވެ.

ބްރެޒިލްގެ އެންމެ މަގުބޫލު ސިޔާސީ ލީޑަރު ލުއިސް އިނާޝިއޯ ލޫލާ ޑަ ސިލްވަރ އަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިވަޑައިގެންފައިވާއިރު ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި އޮކްޓޯބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޮލްސާނަރޯ ކުރި ހޯއްދަވާނެއެވެ. ނަމަވެސް ދެވަނަ ބުރަކަށް ވަޑައިގެންފި ނަމަ ކާމިޔާބުވުމުގެ ފުރުސަތު ކުޑައެވެ.

ބޮލްސާނަރޯގެ އާއިލާ އިން ރޮއިޓަރސްގައި ބުނެފައި ވަނީ އޭނާގެ ދަށްބަނޑަށް ހަރާލާފައިވާ ވަޅި 4.7 އިންޗިއަށް ވަދެފައިވާ ކަމަށެވެ.

އޭނާ މިހާރު ވަނީ ސައޮޕޯލޯގެ ހޮސްޕިޓަލަކަށް ބަދަލުކުރެވިފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު