Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމްގެ މައްސަލަތައް

ޓެރަރިސްޓެއް ކަމަށް ބުނާ އަމީންގެ ޝަރީއަތް މިއަދުވެސް ނުފެށުނު

16 ނޮވެމްބަރު 2020 | ހޯމަ 10:08

ޓެރަރިސްޓް ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާކޮށްފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 16 ނޮވެމްބަރު 2020 | ހޯމަ 10:08
ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުޙައްމަދު އަމީން: ޝަރީއަތް ނިމެންދެން އަމީން ބަންދުކޮށްފައިވާތީ، މުރާއަޖާ ކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން-

ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުޙައްމަދު އަމީން: ޝަރީއަތް ނިމެންދެން އަމީން ބަންދުކޮށްފައިވާތީ، މުރާއަޖާ ކުރުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން-

ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ބަންދުގައި ބަހައްޓަން ކުރި އަމުރު އަލުން މުރާޖައާކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކުރި ނަމަވެސް، ކުރިއަށް ގެންގޮސްފައިވަނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމެވެ.

Advertisement - newsAdvertisement

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބުނާގޮތުން، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަން ޖެހެއެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންޖެހެއެވެ. އެގޮތުގެ މަތީން، ޝަރީއަތް ނިމެންދެން އަމީން ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާފައިވާތީ، ހޯމަ ދުވަހުގެ އަޑުއެހުމަކީ މުރާޖައާ ކުރަން ބޭއްވި އަޑުއެހުމެއް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ، ޝަރީއަތް ނިމެންދެން އަމީން ބަންދުގައި ބެހައްޓުމަށް އެދޭ ކަމަށެވެ. އަދި ދިފާއީ ވަކީލު ވެސް ވިދާޅުވީ، ޝަރީއަތް ނިމެންދެން އަމީން ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމާފައިވާތީ، އެ ނިންމުމަށް އިހުތިރާމް ކުރާކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އަމީންއަކީ އާތުރައިޓްސް ބަލި ހުންނަ، ސިއްހީ މައްސަލަތަކެއް ހުރި މީހަކަށް ވާތީ، އޭނާގެ ސިއްހީ ފަރުވާގެ ކަންކަން ރަނގަޅު ކުރުމަށް އެދިލައްވާ ކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، އެކަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ މުއާމަލާތްކޮށްގެން ބަލަމުންދާ ކަމަށެވެ. އަދި މި ނޮވެމްބަރު މަހުގެ ތެރޭގައި ވެސް އަމީން ޑޮކްޓަރަށް ދެއްކި ކަމަށް ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވިއެވެ.

އަޑުއެހުމުގައި އަމީން ބުނީ، އޭނާ އެދުނީ ކަށީގެ ހާއްސަ ޑޮކްޓަރަކަށް ދައްކަން ނަމަވެސް، ދައްކާފައި ވަނީ އާދައިގެ މަތިން ޖަލުގައި ބަލަމުންދާ ޑޮކްޓަރަށް ކަމަށެވެ. އަދި އޭނާއަށް ސިއްހީ ފަރުވާ ދިނުމަށް ކަރެކްޝަނަލް ސަރވިސްއިން އިހުމާލު ވަމުންދާ ކަމަށް އަމީން ބުންޏެވެ.

މި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވަނީ އަމީންގެ ސިއްހީ ފަރުވާގެ ކަންކަން ދައުލަތުގެ ފަރާތުން ކަށަވަރުކުރުމަށް އެދިލައްވާފައެވެ. ގާޒީ އިތުރަށް ވިދާޅުވީ ވަރަށް އަވަހަށް މި މައްސަލައިގެ އަޑުއެހުންތައް ތާވަލްކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެކެވެ.

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ ކަމަށް ތުހުމަތު ކުރެވޭ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުޙައްމަދު އަމީން އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިއަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައިފަހުން ފުލުހުން ދޭތެރެ ދޭތެރެއިން އޮޕްރޭޝަންތައް ބާއްވަމުންދާއިރު އަމީން ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ރެކްރޫޓް ކުރުމުގައި ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅޭ މ. ވޯލްނަޓްގެ އިންނެވެ.

ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ޓެރަރިސްޓުންގެ ލިސްޓެއް ހަދައި، އެ ލިސްޓުގައި ހިމަނާފައިވާ އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސްއަށް މަސައްކަތްކޮށްދޭ މީހެއް ކަމަށް ބުނެފައިވެއެވެ. އަދި ކުރިން ސީރިއާއަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެއެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ޖަމާއަތްތަކަށް އަމީން އެހީތެރިވާކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް