Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2021

ބަޖެޓު ކޮމިޓީގެ މަސައްކަތްތައް ނިންމަން ވާނީ ބަޖެޓުގެ ބަހުސް ނިމުމުން: ރައީސް ނަޝީދު

ބަޖެޓާއި ގުޅިގެން މެމްބަރުން ފާހަގަކުރައްވާ ކަންކަން ކޮމިޓީއަށް ފޮނުވަން ޖެހޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2020 | ހޯމަ 05:37
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީގެ މަސައްކަތްތައް ނިންމާލަން ވާނީ ހުރިހާ މެމްބަރުން ބަޖެޓަށް ބަހުސްކޮށް ނިމުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކޮމިޓީތަކުން ކަނޑައަޅާފައިވާ ސުންގަޑިތައް މަޖިލީހުގައި އިއުލާނު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ބަޖެޓު ދިރާސާކޮށް ނިންމާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މި ނޮވެންބަރު މަހުގެ 19 ވަނަ ދުވަހަށް ކަމަށެވެ.

Advertisement - newsAdvertisement

އެއީ އެ މަނިކުފާނު ވެސް ލަފާ ދެއްވި ގޮތް ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ބަޖެޓާއި ގުޅިގެން މެމްބަރުން ފާހަގަކުރައްވާ ކަންކަން ކޮމިޓީއަށް ފޮނުވަން ވާނެ ކަމަށެވެ. އެހެން ކަމުން ބަހުސް ނިމުމުގެ ކުރިން އެ ކޮމިޓީގެ މަސައްކަތް ނިންމުމަކީ ރަނގަޅު ކަމެއް ނޫން ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮންމެ މެމްބަރަކަށް ވެސް ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓްގެ އެއް ފުރުސަތެއް ލިބިގެންދާނެއެވެ. އަދި ބަހުސްގެ މަރުހަލާގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް 40 މިނެޓްގެ ވަގުތެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލިހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީ އާއި އެހެނިހެން ކޮމިޓީތަކުން އަންނަނީ ވަކިވަކި ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކާއި އެކި އިދާރާތައް ހާޒިރުކޮށްގެން ހުށައެޅިފައިވާ ބަޖެޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާ، ގެންނަން ހުށައަޅާ ބަދަލުތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު

ބަޖެޓުން ސަރުކާރުގެ އިޤްތިސާދީ ސިޔާސަތު ވަރަށް ސާފުވޭ: އަމްރު

26 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު