Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންނަ އަހަރުގެ ބަޖެޓަށް ބަހުސްކުރުން

ބަޖެޓަށް ބަހުސްކުރުން މާދަމާގެ ޖަލްސާގައި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ނޮވެމްބަރު 2020 | އާދީއްތަ 17:18
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމަށް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ހަމައެކަނި ކަމަކީވެސްމި އެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ބަޖެޓުގެ ބަހުސް ކުރިޔަށް ގެންދަންވާނީ ބަޖެޓް ހުށަހަޅާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ނޮވެމްބަރ މަހުގެ 9 ވަނަ ދުވަހު އެވެ. ބަޖެޓް ބަހުސް މިމަހުގެ 16، 17 އަދި 18 ވަނަ ދުވަހު ކުރިޔަށް ގެންދާނެކަމަށް ބެލެވެ އެވެ.

Advertisement - newsAdvertisement

އާންމު ކޮމިޓީން ނިންމާފައިވަނީ ކޮންމެ މެމްބަރަކަށްވެސް ބަޖެޓަށް ބަހުސްކުރުމަށް 15 މިނެޓްގެ އެއް ފުރުސަތު ދިނުމަށެވެ. އަދި ބަހުސްގެ މަރުހަލާގައި މެމްބަރުން ފާހަގަކުރައްވާ ކަންތައްތަކަށް ޖަވާބު ދެއްވުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރަށް 40 މިނެޓްގެ ވަގުތު ދިނުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ބަޖެޓް ދިރާސާކުރަމުން އަންނަ ބަޖެޓް ދިރާސާކުރާ ކޮމިޓީން ނިންމާފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށް ބަޖެޓް ދިރާސާކޮށް ނިންމާ ރިޕޯޓް އެކުލަވާލުމަށެވެ.

އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު މަޖިލީހަށް ހުށަހަޅާފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދަށާއި ތަރައްޤީގެ މަޝްރޫޢުތަކަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 33.3 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު ޖުމްލަ ޢާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރަނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ އެވެ.

އިތުރަށް ކިޔާލަން

22 ޖުލައި 2017

އާދިއްތަ ދުވަހުގެ ބޮޑު ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވާން ގޮވާލައިފި

22 ޖުލައި 2017
އާދިއްތަ ދުވަހުގެ ބޮޑު ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވާން ގޮވާލައިފި
06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
06 ޖޫން 2017

ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!

06 ޖޫން 2017
ގިނަ ދުވަސްތަކަށް ފަހު މަޖިލީހުގައި ވަޒީރަކާ ސުވާލު ކުރުން މިއަދުގެ ޖަލްސާގައި!
17 މެއި 2017

ޝަރުތުތައް އުވާލުމާއެކު އެމްޑީޕީ ހަރުގެ ޖަލްސާގައި މިރޭ ޤާސިމް ބައިވެރިވަނީ

17 މެއި 2017
ޝަރުތުތައް އުވާލުމާއެކު އެމްޑީޕީ ހަރުގެ ޖަލްސާގައި މިރޭ ޤާސިމް ބައިވެރިވަނީ
26 މާރިޗު 2017

މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު

26 މާރިޗު 2017
މާދަމާގެ ވޯޓު ކާމިޔާބުވާނެ، ވަޒީރުންގެ އިތުބާރު ނެތްކަމަށް ހުށަހަޅާނަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު