Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ކޯލިޝަން

އާދިއްތަ ދުވަހުގެ ބޮޑު ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވާން ގޮވާލައިފި

24 ވަނަ ަދުވަހު އެމްޑީޕީ އޮފީސް ކުރިމައްޗަށް މީހުން އެއްވުމަށްވެސް ގޮވާލި

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 22 ޖުލައި 2017 | ހޮނިހިރު 16:06
މަހްލޫފު ނޫސްވެރިންނަށް މައުލޫމާތު ދެއްްވަނީ

މަހްލޫފު ނޫސްވެރިންނަށް މައުލޫމާތު ދެއްްވަނީ

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުން އަންނަ އާދިއްތަ ދުވަހު ބާއްވާ ބޮޑު ޖަލްސާއަށް ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ ކޯލިޝަނުން ގޮވާލައިފި އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ ޕާލަމެންޓްރީ ގުރޫޕްގެ ތަރުޖަމާނު އަހްމަދު މަހްލޫފު ވިދާޅުވީ އާދިއްތަ ދުވަހުގެ އޮންނަ ބޮޑު ޖަލްސާގައި މުހިންމު މައުލޫމާތު ތަކެއް ލިބޭނެ ކަމަށެވެ. ކުނޫޒުގައި ބާއްވާ މި ޖަލްސާގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ. އަދި ގުޅިފައިވާ ކޯލިޝަނުގައި ހިމެނޭ އިސް ބޭފުޅުން މި ޖަލްސާގައި ވާހަކަ ދައްކަވާނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

" އަޅުގަނޑުމެން މި ފަދަ ޖަލްސާތައް ބާއްވަން މި ޖެހެނީ މި ފަދަ ކުދި ކުދި ތަންތަނުގައި. އެހެން ނަމަވެސް ކޮންމެހެން ބާއްވަން ޖެހޭތީ މި ޖަލްސާ މި ބާއްވަނީ،" އޭނާ ވިދާޅުވި އެވެ.

މަހްލޫފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތާއީދު އޮތީ ސަރުކާރާ ދެކޮޅަށް ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މަޖިލީހުގައި ތާއިދު ނެތް ކަމަށެވެ. އަދި ސަރުކާރަށް ތާއިދުކުރި ފަރާތްތަކުން އެކަން ނުވާނެ ބުނި ނަމަވެސް އެކަން އެވަނީ ކޮށްފައި ކަމަށްވިދާޅުވެ އެ ފަރާތްތަކަށް ރައްދު ދެއްވި އެވެ.

" ރައްޔިތުންގެ މަޖިލީހުގައި މިއަދު ގަދަބާރުން އިންނެވި އަބްދުﷲ މަސީހަށް ހީފުޅުވެފައި އޮތީ 42 (މެމްބަރުން) ހަމައެއްނުވާނެ އޭ. އެ މައްސަލަ ހުށަހެޅުމުގެ އެއްދުވަސް ކުރިންވެސް އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ 42 (މެމްބަރުން) ހަމަކުރަން އުޅެނިކޮން 24 ( މެމްބަރުން) ނޭ ހަމަވީ. އެ ބޭފުޅުންގެ އެ ވަރުގަދަ އިންޓެލިޖެންސުން ދެއްވާފައިވާ އޮތް މައުލޫމާތަކީ އަޅުގަނޑުމެނަށް އެންމެ ގިނަވެގެން ވެސް 39 (މެމްބަރުން) ކަމަށް ހަމަވާނީ. ނަމަވެސް 45 ސޮޔާވެސް އެއްކޮން އަޅުގަނޑުމެން މިކަން ކޮށްފިން،" މަހްލޫފު ވިދާޅުވި އެވެ.

އޭގެ އިތުރުން 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮންނާނެ ކަމަށާއި އެހެން ކަމުން ގިނަ ބަޔަކު މެމްބަރުންނާއެކު ތިބި ކަން ދެއްކުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން 24 ވަނަ ދުވަހުގެ ހެނދުނު 9.00 ގައި އެމްޑީޕީ އޮފީސް ކުރިމައްޗަށް އެއްވުމަށް އޭނާ ވަނީ ގޮވާލާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބައެއް ދާއިރާތަކުގެ ގޮނޑި ހުއްވެފައިވާކަމަށް ގަބޫލުކޮށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ބައި އިލެކްޝަންގެ ކެމްޕެއިން ފަށާފައިވާއިރު އެ ދާއިރާތަކުގެ ތާއިދު ސަރުކާރަށް ނެތް ކަމަށް މަހްލޫފު ވިދާޅުވި އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް އެނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

" މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ޢައިރު ގާނޫނީ ގޮތުން އިލެކްޝަނަށް ކަނޑައަޅާފައިވީ ނަމަވެސް އެއްވެސް މެމްބަރެއްގެ ގޮނޑިއެއް ނުގެއްލޭނެ. އެއީ ރައީސް ޔާމިނަށް ، ނޫނީ އިލެކްޝަންސް ކޮމިޝަނަށް ނޫނީ ސުޕްރީމް ކޯޓަށް ލިބިފައި އޮންނަ ބާރެއް ނޫން އެއީ، " އޭނާ ވިދާޅުވި އެވެ.

އާދިއްތަ ދުވަހު އޮންނަ ޖަލްސާ އާއި ހޯމަ ދުވަހު އޮންނަ ހަރަކާތްތަކަކީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ކަންކަން ނަމަ އެކަމަށް ހުރަސްނާޅުއްވާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު