Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި ބިލް ފާސްކުރުން މާދަމާގެ ޖަލްސާގައި

އެބިލަށް އަމަލު ކުރުމަށް އޮތީ އެބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާ ސަރުކާރުގެ ގެޒެޓްގައި ޝައިއު ކުރާ ދުވަހުން ފެށިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 ފެބުރުއަރީ 2017 | އަންގާރަ 20:59
އިގްތިޞާދީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން

އިގްތިޞާދީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިނގިރޭޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް އެހުން ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ބުރަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހަމައެކަނި އޮތީ ކޮމެޓީތަކުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން މުޅި މަޖިލީހުގެ ކޮމެޓީން ހުށަހަޅާފައިވާ ސިނގިރޭޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް އެކްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން، ސަރުކާރު ކޯލިޝަނުގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހު ގެނައުމުގެ ބިލެވެ.

Advertisement - newsAdvertisement

ސިނގިރޭޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލްގައި ހުރި އަދަދުތަކަށް ވުރެ ބޮޑުކޮށް، ޑިއުޓީ ބޮޑު ކުރުމަށް އެބިލް ދިރާސާކުރި އިގްތިޞާދީ ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ. އިގްތިޞާދީ ކޮމެޓީން އެގޮތަށް ފާސްކޮށްފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީން އެބިލް ދިރާސާކުރުމަށް އިގްތިޞާދީ ކޮމެޓީއަށް ފޮނުވުމުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީން އެބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގައިވާ ގޮތުން ބޯފެނުގެ ޑިއުޓީ މިހާރު ވެސް އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައިވާ ގޮތަށް 15 ޕަސެންޓް ނެގުމަށް ވަނީ ފާސްކޮށްފައެވެ. އަދި ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކް ދެ ކެޓެގެރީއަކަށް ލުމަށް ފަހު، ސޮފްޓް ޑްރިންކުން ނަގަން ފާސްކޮށްފައިވަނީ ލީޓަރަކަށް 4.60ރ. އެވެ.

އެނާޖީ ޑްރިންކުން ނެގުމަށް ފާސްކޮށްފައިވަނީ ލީޓަރަކުން 33.64ރ. އެވެ. އެބިލް މަޖިލީހަށް ހުށަހެޅި އިރު އޮތީ، ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކް އެއް ކެޓެގެރީއެއްގައެވެ.

ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި 25 ޕަސެންޓް ނެގުމުގެ އިތުރުން، އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން 2.00ރ. ނެގުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

އިމްޕޯޓް އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ސިނގިރޭޓުން ޑިއުޓީ ނަގަމުންދަނީ 150 ޕަސެންޓްގެ އިތުރުން އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން 90 ލާރި އެވެ.

އިގްތިޞާދީ ކޮމެޓީން އެބިލް ދިރާސާ ކުރިއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ކަސްޓަމްސް ސާރވިސް އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން ބައިވެރިވެވަޑައިގެން މައުލޫމާތު ހިއްސާކުރައްވާފައި ވެއެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ އަހަރު 497 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ރާއްޖެ އެތެރެކޮށްފައިވާއިރު، 2015 ވަނަ އަހަރު 460 މިލިއަން ސިނގިރޭޓް ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް ސިނގިރޭޓް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ 2016 ވަނަ އަހަރު އެކަނިވެސް ދައުލަތަށް ސިނގިރޭޓްގެ ޑިއުޓީން 622 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން ވިދާޅުވެފައިވަނީ، ސިނގިރޭޓް ބުއިމުން ރައްޔިތުން ދުރުކޮށް، ހޭލުންތެރި ކުރުމަށް ހިންގުމަށް ހެލްތު މިނިސްޓްރީއާއި ކަމާބެހޭ އިދާރާތަކުން ރާވާފައިވާ އެއްވެސް ހަރަކާތަކަށް އެއްވެސް ބަޖެޓެއް ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް އެބިލަށް ބަހުސްކުރެއްވި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެފައިވަނީ ޑިއުޓީ ބޮޑުކުރަނީ ކޮންމެހެން ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ނޫން ކަމަށާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުމާއި ސިއްހަތަށް ގެއްލުންދޭ ތަކެތިން ރައްޔިތުން ދުރުކޮށް ރައްކާތެރި ކުރުމަށް ކަމަށެވެ.

ކޮމެޓީގެ އެރިޕޯޓަށް އިސްލާހު ހުށަހެޅުމަށާއި އެ ރިޕޯޓަށް ބަހުސް ކުރުމަށް ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންނަށް ފުރުސަތު ލިބޭނެ އެވެ. އޭގެ ފަހުން އެބިލް ފާސްކުރުމަށް ވޯޓަށް އެހުން ވެސް އެޖެންޑާ ކޮށްފައި ވެއެވެ.

އެބިލަށް އަމަލު ކުރުމަށް އޮތީ އެބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގުކުރައްވާ ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި

ސިނގިރެޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކޮށްފި

02 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރުމަށް މަޖިލީހުން ފާސްކޮށްފި

01 މާރިޗު 2017
އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

އެނާރޖީ އެފިޝަންސީ އާޓް ކޮމްޕެޓިޝަން 2016ގެ ނަތީޖާ ފާޅުކޮށްފި

27 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު