Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރާންސްޕޯޓް އޮތޯރިޓީގެ މައްސަލަތައް

ޓްރާންސްޕޯޓް އޮތޯރިޓީގެ ހިދުމަތްތައް ލަސްވަނީ މުވައްޒަފުން މަދުވީމަ: ނަހުލާ

15 ނޮވެމްބަރު 2020 | އާދީއްތަ 07:30

"ޓްރާންސްޕޯޓް އޮތޯރިޓީއަކީ އަބަދުވެސް ވަރަށް ޝަކުވާ ބޮޑު ތަނެއް"

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 15 ނޮވެމްބަރު 2020 | އާދީއްތަ 07:30
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

ޓްރާންސްޕޯޓް އޮތޯރިޓީން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ލަސް ވަނީ އެތަނުގެ މުވައްޒަފުންގެ އަދަދު މަދުވުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީއަކީ އަބަދުވެސް ވަރަށް ޝަކުވާ ބޮޑު ތަނެއް ކަމަށާއި މަގާމާ ހަވާލުވި ދުވަހުން ފެށިގެން ވެސް އެކަންކަން ހައްލު ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް އެ އޮތޯރިޓީއަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމާހުރެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ފޯރުކޮށް ނުދެވި، ބޮޑެތި ލަސްތަކެއް ދިމާވާ ކަމަށް ވިދާޅުވިއެވެ. އަދި ކޮވިޑުގެ ހާލަތާއި ގުޅިގެން ތަނަށް އިތުރު މުވައްޒަފުން ނެގޭގޮތް ނުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކަށް އައިސްފައިވާ ބަދަލުތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ، އެ އޮތޯރިޓީން ދެވޭ ގިނަ ހިދުމަތްތައްތައް އޮންލައިން ކުރެވިފައިވާ ކަމަށެވެ. މިިކަމުގެ ސަބަބުން ދުވާލެއްގެ މައްޗަށް ހިދުމަތްދޭ މީހުންގެ އަދަދުތައް އިތުރުވެ، އިތުރު ބުރަތަކެއް ކުރިމަތިވެފައިވާ ކަަމަށް ވިދާޅުވިއެވެ.

އެގޮތުން ކުރިން އެ އޮތޯރިޓީއިން ހިދުމަތް ދެމުން އައީ ދުވާލެއްގެ މައްޗަށް 100 ވަރަކަށް ފަރާތަށް ނަމަވެސް، މިހާރު ދުވާލެއްގެ މައްޗަށް 200 އާއި 300 އާ ދޭތެރޭގެ އަދަދެއްގެ މީހުން ހިދުމަތަށް އެދި ހުށައަޅާ ކަން ފާހާގަކުރެއްވިއެވެ. އަދި އެންމެ ގިނަވާ ދުވަސް ދުވަހު 400 ވަރަކަށް މީހުން ހިދުމަތަށް އެދި ހުށައަޅާ ކަމަށް ނަހުލާ ވިދާޅުވިއެވެ.

މި އަހަރު ބަޖެޓަށް ދިމާވި ދަތިކަމުގެ ސަބަބުން މުވައްޒަފުން އިތުރު ކުރުމަށް ދަތިތަކާއި ކުރިމަތިވީ ނަމަވެސް ފެށިގެން މި އަންނަ އަހަރުން ޓްރާންސްޕޯޓް އޮތޯރިޓީ އާއި މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ނަހުލާ ވަނީ އަރުވާފައެވެ. އަދި ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް، އިތުރު މުވައްޒަފުން ނަގާނެ ކަަމަށް ވެސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި ޓްރާންސްޕޯޓް މިނިސްޓްރީއަށް ކަނޑައަޅާފައި ވަނީ 60،284،989ރ. (ފަސްދޮޅަސް މިލިއަން ދެ ލައްކަ އައްޑިހަ ހަތަރު ހާސް ނުވަ ސަތޭކަ އައްޑިހަ ނުވަ ރުފިޔާ) އެވެ. އޭގެ ތެރެއިން ޓްރާންސްޕޯޓް އޮތޯރިޓީއަށް އެކަށައަޅާފައި ވަނީ 15،862،163ރ. (ފަނަރަ މިލިއަން އަށް ލައްކަ ފަސްދޮޅަށް ދެ ހާސް އެއް ލައްކަ ފަސްދޮޅަސް ތިން ރުފިޔާ) އެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް