Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓަރ

2023 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެވޭނެ: އަމީރު

13 ނޮވެމްބަރު 2020 | ހުކުރު 23:33

2020 ވަނަ އަހަރު ނިމޭއިރު، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ޕްރޮޖެކްޓްތައް އެވޯޑް ކުރެވޭނެ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 13 ނޮވެމްބަރު 2020 | ހުކުރު 23:33
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ރާއްޖެޓީވީއަށް އިންޓަވިއު ދެނީ

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ރާއްޖެޓީވީއަށް އިންޓަވިއު ދެނީ

2023 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކަށް ފެނާ ނަރުދަމާގެ ހިދުމަތް ފޯރުކޯށްދެވޭނެ ކަމަށް ފިނޭންސް މިނިސްޓާރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، މިހިނގާ 2020 ވަނަ އަހަރު ނިމޭއިރު، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ ޕްރޮޖެކްޓްތައް އެވޯޑް ކުރެވިގެންދާނެ ކަމަށެވެ. އެއާއެކު އަންނަ އަހަރު އެކަމުގެ އަމަލީ މަސައްކަތްތައް ފެށި، ރައީސް އިބްރާޙިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ހުއްޓާލަން ޖެހުނުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، މިއަހަރު އަލަށް ފެށުމަށް ހަމަޖެހުނު ގިނަ ޕްރޮޖެކްޓްތަކެއް ވެސް އެވޯޑް ނުކުރެވި މަޑުޖައްސާލަން ޖެހުނު ކަމަށާއި، ނަމަވެސް އަންނަ އަހަރު އެ މަސައްކަތްތަކާއެކު އިތުރު މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިހުރިހާ ކަމަކަށް މިއަހަރުގެ ތެރޭގައި ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން އިންޑިއާގެ އެގްޒިމް ބޭންކުން ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މިހާރު ލިބިފައިހުރި ފައިސާ އާއެކު އެ މަސައްކަތްތައް ފެށުން ވެގެންދާނީ އިގްތިސާދު ކުރިއެރުވުމަށް ކުރެވިގެންދާނެ މުހިންމު ކަމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރެއްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މިހާރު ހުރި ހިސާބުން އެހެން ލެވެލްއަކަށް ގެންދިއުމަށް މާލޭގައި ހުރި ކޮމާޝަލް ޕޯޓު އެހެން ސަރަހައްދަކަށް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެއާއެކު ތިލަފުށީގައި މި ސަރުކާރުން އަލަށް ހެދުމަށް ނިންމާފައިވާ ކޮމާޝަލް ޕޯޓާއިއެކު މިކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، 2021 ވަނަ އަހަރުގެ ބަޖެޓުގައި އައްޑޫ ސިޓީގެ ޑިވޮލޮޕްމެންޓަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީފައިވާނެ ކަމަށާއި، އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމާއި، ބިން ހިއްކުމުގެ އިތުރުން މަގުތައް ހެދުމަށް ބަޖެޓުން ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

މާމިގިލީގައި 23 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ!

04 އެޕްރީލު 2017
މާމިގިލީގައި 23 އަހަރުގެ ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ!
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
24 ފެބުރުއަރީ 2017

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް