Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުގެ ހުކުމް ތަންފީޒްކުރުން

ދެކޮޅު ހެދިއަސް، މަރުގެ ހުކުމް ތަންފީޒް ކުރާނަން: ރައީސް ޔާމީން

24 އެޕްރީލު 2017 | ހޯމަ 02:49

ގާނޫނު ތަންފީޒް ނުކޮށްފިނަމަ އަންނަން އިތް ޖީލުތަކުން މަލާމާތް ކުރާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 24 އެޕްރީލު 2017 | ހޯމަ 02:49
 ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ސިފައިންގެ 125 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ސިފައިންގެ 125 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި

ދިވެހި ރާއްޖޭގެ ސިޔާސީ ލީޑަރުން މަރުގެ ހުކުމް ތަންފީޒް ކުރުމަށް ދެކޮޅު ހެދި ނަމަވެސް މަރުގެ ހުކުމް ތަންފީޒް ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުﷲ ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އާދީއްތަ ދުވަހުގެރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގާނޫނު ދެމެހެއްޓުމަކީ މުޅި ދައުލަތަށާއި، ފަރުދުންގެ މައްސަލަހަތަށް އެންމެ އިންސާފްވެރި ގޮތް ކަމަށެވެ. ބޭރުގެ ނުފޫޒުތަކުން ގާނޫނު ތަންފީޒް ކުރުމަށް ހުރަސް އަޅާނަމަ އަންނަން އޮތް ޖީލުތަކުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލާއި މެދު ސުވާލު އުފައްދާނެ ކަމަށް އިޝާރަތް ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި މަރުގެ ހުކުމް ތަންފީޒްކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

"މިއަދުވެސް ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނަން އޮތީ ކީއްކޭތޯ، މިއަދުވެސް ރައީސެއްގެ ހައިސިއްޔަތުން އަޅުގަނޑު ތަކުރާރުކޮށް ރީޓްރޭޓް ކުރަން، ތަކުރާރުކޮށް ދަންނަވަން އޮތީ މަރުގެ ހުކުމް ތަންފީޒް ކުރާނަމޭ" އަނިޔާވެރިގޮތަކަށް މަރާލާފައިވާ ޔާމީން ރަޝީދުގެ މަރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ވަކި އާއިލާއަކަށް ނުވަތަ ވަކި ނަސަބުތަކަށް ބަލާފައި، ގާނޫނު ތަންފީޒް ކުރަންވެއްޖެނަމަ މުޖުތަމައުގައި ހަމަޖެހުމެއް ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް ގައުމަށް ގިނަ ދަވަހު ޙިދުމަތް ކުރައްވާފައިވާ ބޭފުޅުންނާއި ސިޔާސީ ލީޑަރުން މަރުގެ ހުކުމް ތަންފީޒް ކުރުމަށް ދެކޮޅުހަދާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"ކިތެއް ސިޔާސީ ލީޑަރުންތޯ، ގައުމަށް ހިދުމަތް ކުރެއްވި އެންމެ އިސްސަފުގައި ތިއްބެވި ކިތެއް ބޭފުޅުންތޯ މި ކަމާއި ދެކޮޅު ހައްދަވާފައި ވަނީ ފާޅުގައި. އެހެންވީމަ އަޅުގަނޑުމެންނަން އިޙްމާލުކޮށްލެވިއޮތް އަޙްލާގުގެ ތެރެއިން، އަޅުގަނޑުމެންނަން އިޙްމާލުކޮށްލެވި އޮތް އިޖްތިމާއީ ފޭރާން ވީރާނާ ވެމުން ދިޔައިރު، އިޙްމާލުކޮށްލެވިފައި ހުރި ކަންކަމުން އަޅުގަނޑުމެންނާއި ހަމައަށް ވާސިލްވެފައި ހުރި ކަންކަމުން، ހިތްދަތި ނޭދެވޭ ނަތީޖާތަށް އަޅުގަނޑުމެން މިއަދު ކުރި މަތިވަމުން މިދަނީ" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީންގެ ރަޝީދުގެ މަރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ، މިއަދު މަރުގެ ހުކުމް ތަންފީޒް ކުރުމުގެ މުހިންމުކަން އިނގިގެން ދާ ކަމެއް ކަމަށެވެ.

މަރުގެ ހުކުމް ތަންފީޒްކުރުމަށް މާފުށީ ޖަލުގައި އިމާރާތް ކުރުމަށް ނިންމާފައިވާ ޗެންބަރު މިހާރު ނިމިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މަރުގެ ހުކުމް ތަންފީޒްކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތަށް ކުރިއަށް އޮތް ދެތިން މަސްދުވަސްތެރޭގައި ނިންމަވާލައްވާނެކަމުގެ ޔަޤީންކަން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ދެއްވާފައިވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެގޮތުން މުޖުރިމުންނާއި ހަމައަށް މި ސަރުކާރުން ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި މަރުގެ މައްސަލަތަކުގައި ގާތިލުންނާއި ހަމައަށް ވާސިލްވެއްޖެނަމަ، އެމީހުންނަން ހައްގު ޖަޒާ ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

3

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް