Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޮނުޒިޔާރަތް ޕާކު ހުޅުވުން

ލޮނުޒިޔާރަތް ޕާކް ރަސްމީކޮށް ހުޅުވައިފި

11 ނޮވެމްބަރު 2020 | ބުދަ 13:48

ޕާކުގެ މަސައްކަތް ފެށީ މިދިޔަ އަހަރު

އަލީ ސަމާޚް
އަލީ ސަމާޚް | 11 ނޮވެމްބަރު 2020 | ބުދަ 13:48
ލޮނުޒިޔާރަތް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ލޮނުޒިޔާރަތް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން

މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި ސިޓީ ކައުންސިލުން ހަދާފައިވާ ''ލޮނުޒިޔާރަތް ޕާކް'' ރަސްމީކޮށް ހުޅުވައިފިއެވެ.

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއް ގައި, ރަސްމީކޮށް މި ޕާކް ހުޅުއްވައިދެއްވީ ސަރުކާރަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތް ކުރައްވާފައިވާ ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރެވެ.

Advertisement - newsAdvertisement

ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި، ނައިބް ރައިސް ފައިސަލް ނަސީމްގެ އިތުރުން ސަރުކާރުގެ ވަޒީރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، މާލެ ފަދަ ކޮންކްރީޓުން ބަރާވެފައިވާ ތަނެއްގައި ލޮނުޒިޔާރަތް ޕާކް ކަހަލަ ޕާކެއް ހެދުމަކީ ގިނަ ބަޔަކު ގަބޫލުކުރަމުން އައި ކަމެއް ނޫން ކަމަށެވެ. ޖާގައިގައި 2.5 ހެކްޓަރުގެ ޕާކަށް ދައުލަތުގެ ބަޖެޓުން 16.8 މިލިއަން ރުފިޔާ މިހާތަނަށް ހޭދަކޮށްފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ، ލޮނުޒިޔާރަތް ޕާކަކީ ރައީސް ސޯލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފެހި މާލެ އެއް ބިނާކުރުމަށްޓަކައި ދިޔަ ރަނުގެ ފުރުސަތެއް ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ، ޕާކް ގައި ހިމެނޭ ''މާމެލާ މެލި'' ހާއްސަ ކުރެވިފައިވަނީ ކައިވެނި ޕާޓީތަކުގެ އިތުރުން އެކި ކަހަލަ ހަފްލާތަކަށް ކަމަށެވެ.

ޕާކްގެ މަސައްކަތް ކުރިއަށް ގެންދިއަ ގޮތް ހިއްސާ ކުރައްވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ، ޕާކު ހެދުމުގެ މަސައްކަތް ފެށިއިރު އެ ތަނުގައި އެއްވެސް ވައްތަރެއްގެ ގަހެއް އިންދިދާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ނެތެމުންދާ ގިނަ އަދަދެއްގެ ގަސްތަކެއް ޕާކްގައި ހިމެނޭނެ ކަމަށެވެ. ގަހުގެ ސައިންޓިފިކް ނަމާއި އާއްމު ނަން ފެންނާނެހެން ބޯޑުތައް ވަނީ ހަރުކުރެވިފައެވެ.

ޝިފާ ވިދާޅުވީ، ޕާކްގެ ސެކިއުރިޓީ ގާޑުންގެ ގޮތުގައި ދިވެހިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، ސެކިއުރިޓީންގެ ގޮތުގައި އަންހެނުން ބޭތިއްބުމުގެ ވިސްނުން ސިޓީ ކައުންސިލުން ގެންގުޅެމުންދާ ކަމަށެވެ. އަދި އެ ޕާކް ވެގެން ދާނީ ގިނަ ވަޒީފާތަކެއް އުފައްދައިދޭ ތަނެއްގެ ގޮތުގައި ކަމަށް ޝިފާ ވިދާޅުވިއެވެ.

ލޮނުޒިޔާރަތް ޕާކަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ވައުދެކެވެ. "ލޮނުޒިޔާރަތް ޕާކް" އަކީ ގިނަ އަދަދެއްގެ ގަސްތައް އިންދައިގެން ތަރައްގީ ކޮށްފައިވާ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ބަގީޗާއެވެ. ލޮނު ޒިޔާރަތްކޮޅުގައި ޕާކެއް ގާއިމު ކުރުމުގެ މަސައްކަތް ފެށީ، މާލެ-ހުޅުމާލެ ބްރިޖްގެ މަސައްކަތް ނިމި، ހުޅުވި ފަހުންނެވެ. ބްރިޖްގެ މަސައްކަތް ކުރިއަށް ދިއައިރު، އެތަނަކީ، ކޮންޓްސްޓްރަކްޝަން ސައިޓެކެވެ. އެތަން ޕާކެއްގެ ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިއަ އަހަރުން ފެށިގެންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

25 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

25 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި
20 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި

20 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް މާކުރަތުގައި އަބުރު ފަންޑެއް ހުޅުވައިފި
18 މާރިޗު 2017

ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި

18 މާރިޗު 2017
ތުޅާދޫގައި ރާއްޖެޓީވީ އަބުރު ފަންޑު ހުޅުވައިފި
13 މާރިޗު 2017

ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި

13 މާރިޗު 2017
ރާއްޖެޓީވީން ހުޅުވާފައިވާ "އަބުރު ފަންޑު"އަށް ފައިސާ ހޯދުމަށް ދިއްދޫއާއި ކުރެންދޫއިން ފަންޑު ފޮއްޓެއް ހުޅުވައިފި
10 މާރިޗު 2017

ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި

10 މާރިޗު 2017
ރާއްޖެޓީވީން އަބުރު ފަންޑު ހުޅުވައިފި
09 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި

09 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޔޫއޯއިން ރަސްމީކޮށް ފަށައިފި
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް