Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ ވިއްކާލުން

ޔުވެންޓަސްއިން ރޮނާލްޑޯ ވިއްކާލަނީ؟

10 ނޮވެމްބަރު 2020 | އަންގާރަ 12:52

ޔުވެންޓަސްއާއެކު ރޮނާލްޑޯ ހަދާފައި އޮތް އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ނޮވެމްބަރު 2020 | އަންގާރަ 12:52
ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލަން ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލް މެޑްރިޑް ދޫކޮށް އުމުރުން 35 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 100 މިލިޔަން ޔޫރޯއަށެވެ. އެފަހަރު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

މީގެ ކުރިން ރެއާލް މެޑްރިޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ރޮނާލްޑޯ ކާމިޔާބުކުރި ނަމަވެސް، އޭނާއަށް ޔުވެންޓަސްއާއެކު އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ވަނީ ދެވަނަ ބުރުން ކަޓާފައެވެ.

ޔުވެންޓަސްއާއެކު ރޮނާލްޑޯ ހަދާފައި އޮތް އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އަންނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ވިއްކާލަން ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު ޕީއެސްޖީން ރޮނާލްޑޯ ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ ސްޕޯޓިންގ ޑިރެކްޓަރު ލިއެނާޑޯ ބުނީ ރޮނާލްޑޯ ހޯދުމާ މެދު ޕީއެސްޖީން ގޮތެއް ނިންމާފައިނުވާ ކަމަށާއި، އެކަމަކު ކުރިމަގުގައި ވާނެ ގޮތް ބުނަން ނޭނގޭ ކަމަށެވެ. އެކަމަކު ޓްރާންސްފާ ބާޒާރަށް ޕީއެސްޖީން ފުރިހަމައަށް ތައްޔާރުވާނެ ކަމަށާއި، ރޯނާލްޑޯ ގަތުމުގެ ފެންވަރު ޕީއެސްޖީގައި ހުރިނަމަ އެ ފުރުސަތު ލިބޭ ހިނދަކު އޭގެ ބޭނުން ހިފުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ.

ރޮނާލްޑޯ ވިއްކާލަން ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، މީގެ ކުރިން ޔުވެންޓަސްގެ ރައީސް އަންދްރޭ އެގްނެލީ ވަނީ ރޮނާލްޑޯއަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށާއި، މާލީ ގޮތުން ޔުވެންޓަސް އަޑިއަޅާލި ކަމުގައިވީ ނަމަވެސް، ރޮނާލްޑޯ ވިއްކާ ނުލާނެ ކަމަށް ބުނެފައެވެ.

ޔުވެންޓަސްގައި ރޮނާލްޑޯ މިހާތަނަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އޭނާ ވަނީ ޔުވެންޓަސްއަށް ކުޅެދިން 94 މެޗުގައި 71 ލަނޑު ޖަހާފައެވެ. އަދި ވަނީ މިހާތަނަށް ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ދެ ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

14 އެޕްރީލު 2017

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

14 އެޕްރީލު 2017
ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
12 އެޕްރީލު 2017

ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި

12 އެޕްރީލު 2017
ބަސާ ބަލިކޮށް ޔުވެންޓަސްއިން ސެމީ ފައިނަލާ ގަތަށް ޖެހިލައިފި
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
11 ޖެނުއަރީ 2017

ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ

11 ޖެނުއަރީ 2017
ޔުނައިޓެޑުން ޝްނައިޑެލިން ވިއްކާލަނީ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް