Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެނި ދުވާ ޓްރެކް ތަރައްގީކުރުން

އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފަށައިފި

ދުވާ ޓްރެކުގެ މަސައްކަތް ނިންމާލުމަށް މިހާރު ތާވަލުކޮށްފައިވަނީ މި އަހަރު ނިމުމުގެ ކުރިން

އަތޫފް އާތިފް
އަތޫފް އާތިފް | 9 ނޮވެމްބަރު 2020 | ހޯމަ 16:33
ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް އިންޑިއާގެ ފޮރިންގ ސެކެޓްރީ ހާޝް ޝްރިންގްލާ އާއި ކުޅިވަރާ ބެހޭ ވަޒީރު ފައްޓަވައިދެއްވަނީ

ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް އިންޑިއާގެ ފޮރިންގ ސެކެޓްރީ ހާޝް ޝްރިންގްލާ އާއި ކުޅިވަރާ ބެހޭ ވަޒީރު ފައްޓަވައިދެއްވަނީ

މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކުގެ ކޮންކްރީޓް މަސައްކަތް ނިންމައި، ސިންތެޓިކް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ހޯމަ ދުވަހުގެރޭ ބެއްވުނު ރަސްމިއްޔާތެއްގައި އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިންޑިއާގެ ފޮރިން ސެކެޓްރީ ހ ޝްރިންގްލާ އާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ. އަދި މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެކުވެނި ދުވާ ޓްރެކްގެ މަސައްކަތް މީގެ ކުރިން މި މަހުގެ 11 ވަނަ ދުވަހަށް ނިންމުމަށް ތާވަލުކޮށްފައިވީ ނަމަވެސް، ކުޅިވަރާ ބެހޭ ވުޒާރާއިން ބުނީ ދިމާވި އެކި ކަހަލަ މައްސަލަތަކާއެކު އެކުވެނި ދުވާ ޓްރެކުގެ މަސައްކަތް ނިންމާލުމަށް މިހާރު ތާވަލުކޮށްފައިވަނީ މި އަހަރު ނިމުމުގެ ކުރިން ކަމަށެވެ. ދުވާ ޓްރެކުގައި ސިންތެޓިކް އެޅުމުގެ މައްސައްކަތް ކުރަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އިންނެވެ.

މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

މާލޭ އެކުވެނި ދުވާ ޓްރެކް ގާއިމުކުރީ 1996 ވަނަ އަހަރެވެ. މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ. ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ.

އިތުރަށް ކިޔާލަން

23 ޖޫން 2020

އެކުވެނި ދުވާ ޓްރެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ

23 ޖޫން 2020
އެކުވެނި ދުވާ ޓްރެކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
10 ޖޫން 2020

ކުޅުންތެރިން ޓެސްޓު ކުރުމަށް 100،00 ޕައުންޑް ޚަރަދުވާނެ: އަބަޑީން

10 ޖޫން 2020
ކުޅުންތެރިން ޓެސްޓު ކުރުމަށް 100،00 ޕައުންޑް ޚަރަދުވާނެ: އަބަޑީން
21 ޖެނުއަރީ 2020

ސިންތެޓިކް ޓްރެކެއް ފުވައްމުލަކުގައި އަޅަނީ!

21 ޖެނުއަރީ 2020
ސިންތެޓިކް ޓްރެކެއް ފުވައްމުލަކުގައި އަޅަނީ!
17 އޮކްޓޯބަރު 2019

ހަތަރު ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

17 އޮކްޓޯބަރު 2019
ހަތަރު ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކޮށްފި
26 ޖުލައި 2019

ޖަލު ކާޅު ސާރފިންގ ކޮމްޕެޓިޝަން ގެ ނަމުގައި ހިންމަފުށީގައި ރާޅާއެޅުމުގެ މުބާރާތެއް ފަށައިފި

26 ޖުލައި 2019
ޖަލު ކާޅު ސާރފިންގ ކޮމްޕެޓިޝަން ގެ ނަމުގައި ހިންމަފުށީގައި ރާޅާއެޅުމުގެ މުބާރާތެއް ފަށައިފި
16 ޖޫން 2019

ބައިނަލްއަގުވާމީ ރާޅާއެޅުމުގެ ދުވަހުގައި ރާއްޖެއިން ބައިވެރިވެއްޖެ

16 ޖޫން 2019
ބައިނަލްއަގުވާމީ ރާޅާއެޅުމުގެ ދުވަހުގައި ރާއްޖެއިން ބައިވެރިވެއްޖެ
24 އެޕްރީލު 2019

އަހަރުތަކަކަށްފަހު ރާޅާއެޅުމުގެ މުބާރާތެއް ބާއްވަނީ!

24 އެޕްރީލު 2019
އަހަރުތަކަކަށްފަހު ރާޅާއެޅުމުގެ މުބާރާތެއް ބާއްވަނީ!
28 ޑިސެމްބަރު 2018

އެންމެ މޮޅު ކުޅުންތެރިޔަކަށް ދަގަނޑޭ އާއި ފަދުވާ

28 ޑިސެމްބަރު 2018
އެންމެ މޮޅު ކުޅުންތެރިޔަކަށް ދަގަނޑޭ އާއި ފަދުވާ
10 އެޕްރީލު 2018

ބޭއިންސާފުން ކަމެއްކުރާނަމަ ކުޅުންތެރިން އެކަމަކާ ދެކޮޅަށް ތެދުވާނެ: ފެސްކޯ

10 އެޕްރީލު 2018
ބޭއިންސާފުން ކަމެއްކުރާނަމަ ކުޅުންތެރިން އެކަމަކާ ދެކޮޅަށް ތެދުވާނެ: ފެސްކޯ
26 އެޕްރީލު 2017

ވިކްޓްރީ އަށް ގަދަ ހަތަރެއްގެ ފުރުސަތު މިދަނީ ބަންދުވާން، މިއީ ބޮޑު ގެއްލުމެއް: ސުޒެއިން

26 އެޕްރީލު 2017
ވިކްޓްރީ އަށް ގަދަ ހަތަރެއްގެ ފުރުސަތު މިދަނީ ބަންދުވާން، މިއީ ބޮޑު ގެއްލުމެއް: ސުޒެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު