Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފުޓްސަލް ދަނޑު

ހަތަރު ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކޮށްފި

ފުޓްސަލް ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ ރ. އިންނަމާދޫ، ބ. ހިތާދޫ، ތ. ކިނބިދޫ އަދި ނ. މިލަދޫގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2019 | ބުރާސްފަތި 09:13
ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ ތެރެއިން

ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކުރުމުގެ ތެރެއިން

ހަތަރު ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހަވާލުކޮށްފައިވަނީ ރ. އިންނަމާދޫ، ބ. ހިތާދޫ، ތ. ކިނބިދޫ އަދި ނ. މިލަދޫގެ ފުޓްސަލް ދަނޑުގެ މަސައްކަތެވެ.

ޔޫތު މިނިސްޓްރީން ބުނީ، ރ. އިންނަމާދޫ އަދި ބ. ހިތާދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކޯޕައިން އިންވެސްޓްމެންޓް އާ ހަވާލުކުރީ ކޮންމެ ދަނޑެއްގެ މަސައްކަތް ވެސް 50 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށާއި، ހަމައެހެންމެ ތ. ކިނބިދޫ ދަނޑުގެ މަސައްކަތް އޭއައި އިންވެސްޓްމެންޓާ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރިއިރު، ނ. މިލަދޫ ދަނޑުގެ މަސައްކަތް 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވަނީ ސަން ބްރަދަރއާ ކަމަށެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އަޙްމަދު މަޚްލޫފްއެވެ. ކޯޕައިން އިންވެސްޓްމަންޓްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝިހާމް ސޮއިކުރެއްވިއިރު އޭއައި އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަދި ސަން ބްރަދަރގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިރުޝާދްއެވެ.

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން 21 ފުޓްސަލް ދަނޑުގެ މަސައްކަތް ކުރެވެމުން އަންނައިރު، އޭގެ ތެރެއިން ބައެއް ދަނޑުތައް ވަނީ ނިމިފައެވެ.

ހަމައެހެންމެ މިނިސްޓްރީއިން ޚަރަދުކޮށްގެން ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ފުޓްސަލް ދަނޑުތައް އަޅަމުންނެވެ. ރާއްޖޭގެ ކުޅިވަރު އިންފްރަސްޓްރަކްޗަރ ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ބޮޑު ވައުދެކެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ

21 މާރިޗު 2017
ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ
16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
08 މާރިޗު 2017

އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް

08 މާރިޗު 2017
އާސެނަލްގެ ދަނޑުގައި އެޓީމު ލަދުގަންނަވާލުމަށްފަހު ބެޔާން މިއުނިކް ކުއާޓާއަށް
04 މާރިޗު 2017

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު