Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސަރފިންގް އެސޯސިއޭޝަން

އަހަރުތަކަކަށްފަހު ރާޅާއެޅުމުގެ މުބާރާތެއް ބާއްވަނީ!

މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސީ ސްޕޯރޓްސް

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 24 އެޕްރީލު 2019 | ބުދަ 14:21
ސާފިންގް މުބާރާތުގެ ސްޕޮންސަރުން

ސާފިންގް މުބާރާތުގެ ސްޕޮންސަރުން

ގިނަ އަހަރުތަކެއްގެ މެދު ކެންޑުމަކަށްފަހުގައި ރާޅާއެޅުމުގެ މުބާރާތެއް ބާއްވަން ސާފިން އެސޯސިއޭޝަނުން ތައްޔާރުވެއްޖެއެވެ.

މި މުބާރާތަކީ، މާލޭ އިރުމަތީ ފަރާތު ވަރުނުލާ ރާޅުގަނޑު، ބުރިޖު އެޅުމައްޓަކައި ބަންދު ކުރުމުގެ ސަބަބުން ރާޅާއެޅުމުގެ މުބާރާތެއް ނުބާއްވޭތާ 5 އަހަރު ފަހުން ބޭއްވާ ފުރަތަމަ މުބާރާތެވެ. މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތު އިއްޔެގެ (23-04-2019) ނިޔަލަށް ހަމަވިއިރު، މުބާރާތުގައި 2 ޑިވިޝަނަކަށް ވާދަކުރުމަށް 44 ރާޅާއެޅުންތެރިން ވަނީ ރެޖިސްޓަރ ވެފައިވެއެވެ. އެއީ ޝޯރޓްބޯރޑް ޑިވިޝަންގައި 23 ރާޅާއެޅުންތެރިން އަދި ބޮޑީ ބޯރޑިން ޑިވިޝަންގައި 21 ރާޅާއެޅުންތެރިންނެވެ.

ވަރުނުލާ ރާޅުގަނޑު ގައި ކުރިއަށްދާ މި މުބާރާތުގެ ސޮޕްންސަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރުން ރޭގައި (23-04-2019) ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ސީ ސްޕޯރޓްސްއެވެ. ކޯ ސްޕޮންސަރަކީ ލިޒީއެވެ. އަދި ޕާރޓނަރ ސްޕޮންސަރުންނަކީ ސީ ގިއަރ އަ ދި ދިރާގެވެ.

މި މުބާރާތުގައި ރާއްޖޭގެ އެކި ރަށްރަށުން ރާޅާއެޅުންތެރިން ވަނީ ބައިވެރިވެފައި، އެގޮތުން ފުވައްމުލަކާއި ލާމު އަތޮޅުން ގިނަ އަދަދެއްގެ އެތުލީޓުން މުބާރާތުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. ރައްރަށުގައި ތިބި ރާޅާއެޅުންތެރިން ކުރިއަރުވައި، އެ ފަރާތްތަކަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމަކީ މޯލްޑިވްސް ސާރފިންގ އެސޯސިއޭޝާނުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ.

މޯލްޑިވްސް ސާރފިންގް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަލީ އަހުސަން ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ވިދާޅުވީ، 2001 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ހުޅަނގު މޫސުން ފެށުމުގެ ގޮތުން ރާޅާއެޅުމުގެ މުބާރަތް ބާއްވަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް ބުރިޖު އެޅުމުގެ މަސައްކަތަށް ރާޅުގަނޑު ސަރަހައްދު ބަންދުކުރުމާއި ގުޅިގެން އެއްވެސް މުބާރާތެއްވެސް އަދި ބައިނަލްއަގުވާމީ މުބާރާތަކަށް ފަރިތަކުރުންވެސް ކުރިއަށް ގެންދެވިފައި ނުވާކަމަށެވެ. އެހެން ނަމަވެސް މިހާރު ރާޅުގަނޑު ސަރަހައްދު އަލުން ހުޅުވާލާފައިވުމުން ކުރިއަށް އޮތްތާގައި ގިނަ މުބާރާތްތަކެއް ބާއްވަން ރާވާފައިވާކަމަށެވެ.

އަހުސަން އިތުރަށް ވިދާޅުވީ ރާޅާއެޅުމުގެ ޤައުމީ ޓީމް އެކުލަވާލައި އެ ޓީމުގެ ފަރިތަކުރުންތަައް ރޯދަމަށް ފަހުގައި ފެށުމުގެ މަސައްކަތް ކުރާކަމަށެވެ. އެކަމަށްޓަކައި އޮސްޓްރޭލިއާގެ ކޯޗެއް ގެނެސް މިވަގުތު ރާއްޖޭގައި ތިބި ރާޅާއެޅުމަށް ފަރިތަކޮށްދޭ ކޯޗުންނާއި، ރާޅާއެޅުންތެރިންނަށް ތަމްރީން ޕްރޮގުރާމެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެރީނާ މިއަހަރުދެން އިތުރު މުބާރާތެއް ނުކުޅޭނެ

ސެރީނާ މިއަހަރުދެން އިތުރު މުބާރާތެއް ނުކުޅޭނެ

20 އެޕްރީލު 2017
"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

"ބީއެމްއެލް ވާއޮ ކިޑްސް ރަން" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ދުވުމެއް ބާއްވަނީ

18 އެޕްރީލު 2017
އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!

އެފްއޭއެމް އިން އިންތިޒާމުކޮށްގެން ރިސޯޓް ފުޓްސަލް ލީގެއް ބާއްވަނީ!

10 އެޕްރީލު 2017
އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް އެފްއޭއެމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

05 އެޕްރީލު 2017
ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

ޗެމްޕިއަންސް ކަޕްގެ ނަމުގައި އިންޑިއާ އިން ބޮޑު މުބާރާތެއް ބާއްވަނީ

04 އެޕްރީލު 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު