Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅުންތެރިން ކޮވިޑް-19ށް ޓެސްޓު ކުރުން

ކުޅުންތެރިން ޓެސްޓު ކުރުމަށް 100،00 ޕައުންޑް ޚަރަދުވާނެ: އަބަޑީން

އަންނަ ސީޒަން އޮގަސްޓް މަހު ފަށަން މިހާރު އަންނަނީ ތައްޔާރު ވަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ޖޫން 2020 | ބުދަ 12:29
އަބަޑީންގެ ޗެއާމަން ޑޭވް ކޯމަކް: ފަރިތަކުރުންތަކުގެ ކުރިން ކުޅުންތެރިން ކޮވިޑް-19ށް ޓެސްޓު ކުރުމަށް ވަނީ ނިންމާފައި

އަބަޑީންގެ ޗެއާމަން ޑޭވް ކޯމަކް: ފަރިތަކުރުންތަކުގެ ކުރިން ކުޅުންތެރިން ކޮވިޑް-19ށް ޓެސްޓު ކުރުމަށް ވަނީ ނިންމާފައި

މި އަހަރުގެ ތެރޭގައި ކުޅުންތެރިން ކޮރޯނާވައިރަސް (ކޮވިޑް-19) ށް ޓެސްޓު ކުރުމަށް 100،000 (އެއްލައްކަ) ޕައުންޑް ޚަރަދުވާނެ ކަމަށް ސްކޮޓިޝް ޕްރިމިއާޝިޕްގައި ވާދަކުރަމުން އަންނަ އަބަޑީންގެ ޗެއާމަން ޑޭވް ކޯމަކް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން ވަނީ މި ސީޒަނުގެ ސްކޮޓިޝް ޕްރިމިއާޝިޕް ކެންސަލް ކޮށްފައެވެ. އަދި އަންނަ ސީޒަން އޮގަސްޓް މަހު ފަށަން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

އަބަޑީންގެ ޗެއާމަން ކޯމަކް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ސްކޮޓްލެންޑްގެ ކްލަބުތަކަށް މާލީ ގޮތުން ބޮޑު ގެއްލުމެއް ވެފައިވާ ކަމަށާއި، އެގޮތުން ކްލަބުތަކަށް ކޮވިޑް-19ގެ ސަބަބުން 8 މިލިއަން ޕައުންޑުގެ ގެއްލުމެއް ވެފައިވާ ކަމަށެވެ.

ސްކޮޓިޝް ޕްރިމިއާޝިޕްގެ ކްލަބުތަކުން ބުރާސްފަތި ދުވަހު އަލުން ފަރިތަކުރުންތައް ފަށާއިރު، އަބަޑީނުން ނިންމާފައި ވަނީ ފަރިތަކުރުންތަކުގެ ކުރިން ކުޅުންތެރިން ކޮވިޑް-19ށް ޓެސްޓު ކުރުމަށް ކަމަށާއި، އެގޮތުން ކްލަބުގެ ވިސްނުމަކީ ކްލަބުގައި ކޮވިޑް-19ށް ޓެސްޓު ކުރާނެ މެޝިނެއް ބެހެއްޓުން ކަމަށްވެސް ކޯމަކް ވިދާޅުވިއެވެ. އެހެންކަމުން މި އަހަރުގެ ތެރޭގައި ކުޅުންތެރިން ކޮވިޑް-19ށް ޓެސްޓު ކުރަން 100،000 (އެއްލައްކަ) ޕައުންޑް ޚަރަދުވާނެ ކަމަށް ކޯމަކް ވަނީ ލަފާކޮށްފައެވެ.

ކޯމަކް އިތުރަށް ވިދާޅުވީ އަންނަ ސީޒަނުގެ މެދުތެރެއިން ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެ ކަމަށް އުންމީދުކުރާ ކަމަށާއި، އެހެން ނޫންނަމަ ކްލަބުތައް އިނދަޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.

މި ސީޒަނުގެ ސްކޮޓިޝް ޕްރިމިއާޝިޕް ކެންސަލް ކުރަން ސްކޮޓިޝް ޕްރޮފެޝަނަލް ފުޓްބޯލް ލީގު (އެސްޕީއެފްއެލް) ގެބޯޑުން ނިންމީ މެއި މަހުގެ 18 ވަނަ ދުވަހު ލީގުގެ 12 ކްލަބާއެކު ބޭއްވި ބައްދަލުވުމުގައެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ ތާވަލުގެ ފުލުގައި އޮތް ހާޓްސް ދެވަނަ ޑިވިޝަނަށް ރެލިގޭޓް ކުރަން ނިންމާފައެވެ.

ސްކޮޓްލެންޑް ލީގަކީ ކޮވިޑް-19 އާ ގުޅިގެން ޔޫރަޕުން ކެންސަލް ކުރި ހަތަރުވަނަ ލީގެވެ. މީގެ ކުރިން ބެލްޖިއަމް ލީގު ވަނީ ކެންސަލް ކޮށް، އެއްވަނައިގައި އޮތް ކްލަބު ބްރޫޖަށް ޗެމްޕިއަންކަން ދީފައެވެ. އަދި ފްރެންޗު ލީގުވެސް ވަނީ ކެންސަލް ކޮށް ޕީއެސްޖީއަށް ޗެމްޕިއަންކަން ދީފައެވެ. އެކަމަކު ނެދަލެންޑްސް ލީގު ކެންސަލް ކުރީ ޗެމްޕިއަނެއް ކަނޑަނާޅައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
06 ފެބުރުއަރީ 2017

ޓެސްޓު

06 ފެބުރުއަރީ 2017
ޓެސްޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު