Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމޯލްޑިވްސް ފުޓްބޯލް އެވޯޑްސް

އެންމެ މޮޅު ކުޅުންތެރިޔަކަށް ދަގަނޑޭ އާއި ފަދުވާ

އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޓީސީގެ މުހައްމަދު ނިޒާމް

ލީވާން އަލީ
ލީވާން އަލީ | 28 ޑިސެމްބަރު 2018 | ހުކުރު 17:23
އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ދަގަނޑޭ

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ދަގަނޑޭ

އެފްއޭއެމް އާއި މޯލްޑިވްސް ފުޓްބޯލް ޑޯޓްކޮމް ގުޅިގެން ބާއްވާ އެފްއޭއެމް އެވޯޑްސް އިން ހޮވާ ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ އަލީ އަޝްފާގު (ދަގަނޑޭ) އަށް ލިބިއްޖެއެވެ.

ހުކުރު ދުވަހު ކްލަބް ފަރުގައި ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ އެންމެ މޮޅު ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ދަގަނޑޭއާ ހަވާލުކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

މޮޅު ކުޅުންތެރިޔާއަށް ދަގަނޑޭއާ ވާދަކުރީ ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ކްލަބް އީގަލްސްގެ ރިޒުވާން އަހުމަދު (ރިޒޭ) އެވެ.

މިއަހަރު އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓްވެސް ހޯދީ ދަގަނޑޭއެވެ. މި ސީޒަނުގެ ކުރީކޮޅުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅުމަށް ފަހު ފަހުން ޓީސީ އަށް ބަދަލުވި އުމުރުން 33 އަހަރުގެ ދަގަނޑޭ ވަނީ މި ސީޒަނުގައި ޖުމްލަ 42 ގޯލު ޖަހައިފަ އެވެ. ދަގަނޑޭ ރަން ބޫޓު ހާސިލްކުރީ 76 ޕޮއިންޓް ހަމަކޮށްގެންނެވެ.

މި ސީޒަނުގައި ނިއުއާއެކު މާލޭ ލީގު ކާމިޔާބުކުރި އަދި ޓީސީއާއެކު ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ދަގަނޑޭގެ ޕޮއިންޓްތަކުގެ ތަފްސީލަށް ބަލާއިރު ނިއު އަށް އޭއެފްސީ ކަޕުގައި ޖަހައިދިން ހަ ގޯލަށް ވަނީ 18 ޕޮއިންޓް ލިބިފަ އެވެ. ދަގަނޑޭ ނިއު އަށް މާލޭ ލީގުގައި ޖަހައިދިން 14 ލަނޑަށް 14 ޕޮއިންޓް ލިބުނުއިރު، ޓީސީ އަށް ދިވެހި ޕްރިމިއާ ލީގުގައި ޖަހައިދިން 22 ލަނޑަށް ވަނީ 44 ޕޮއިންޓް ލިބިފަ އެވެ.

އެންމެ އުންމީދީ ފިރިހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ށ،ފޯކައިދޫގެ މުހައްމަދު ޖައިލަމްއަށެވެ. އޭނާ ވަނީ މިފަހަރު ފޯކައިދޫގައި މޮޅު ކުޅުމެއް ދައްކާ އެޓީމަށް ގަދަ ހަތެއް ކަށަވަރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ މިއަހަރު ގައުމީ އަންހެން ޓީމަށް މޮޅު ކުޅުމެއް ދެއްކި ކެޕްޓަން ފަދުވާ ޒާހިރުއަށެވެ. އޭނާ ވަނީ މިއަހަރު ބޭއްވި އޮލިމްޕިކް ކޮލިފިކޭޝަންގައި މޮޅު ކުޅުމެއް ދެއްކުމުގެ އިތުރުން ސިންގަޕޫރުގައި ބޭއްވި ސިންގަޕޫރު އިންޓަނޭޝަނަލް ކުއަޑަ ރެންގިއުލާ މުބާރާތުގެ ލޯ މެޑަލް ރާއްޖެއަށް ހޯދައި ދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެންމެ އުންމީދީ އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ އައިޝަތު ފިރުޝާއެވެ. އޭނާވެސް ވަނީ ސިންގަޕޫރުގައި ބޭއްވި މުބާރާތުގެ އިތުރުން އޮލިމްޕިކް ކޮލިފިކޭޝަންގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް މާޒިޔާގެ ސްޓެވާޓްއަށް ލިބުނުއިރު، އޭނާ ވަނީ މާޒިޔާއަށް ގިނަ ލަނޑުތަކެއް ކާމިޔާބުކޮށްދީފައެވެ. އެގޮތުން އޭނާ ވަނީ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މާޒިޔާއަށް ހޯދައި ދިނުމަށްވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވިފައިވަނީ ޓީސީގެ ލިމްބޫ ކިރަން ކުމާރަށެވެ. އޭނާ ވަނީ ޓީސީއަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޓީސީ އަށް ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން މުހައްމަދު ނިޒާމް (ނިޒާމްބެ) އަށެވެ. މިއީ މި އެވޯޑް ނިޒާމްބެ ހޯދި ދެވަނަ ފަހަރެވެ. ނިޒާމްބެ ވަނީ މި އެވޯޑް 2016 ވަނަ އަހަރު ޓީސީގައި ހުރެ ހޯދާފައެވެ.

ދިވެހި ރާއްޖެއަށް އެންމެ ފުރަތަމަ ލަނޑު ޖެހި ކުޅުންތެރިޔާ މަރުހޫމް އަބްދުﷲ ރަޝީދު (ޖޫލޭ) ގެ ނަމުން ހާއްސަކޮށްގެންދޭ "ޖޫލޭ އެވޯޑު" މިފަހަރު ލިބުނީ ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) އަށެވެ. އެއީ އޭނާ ދިވެހި ޕްރިމިއާ ލީގުގައި ނިލަންދޫ ކޮޅަށް ޖެހި ލަނޑެކެވެ. އޭނާ އެ ލަނޑު ޖެހީ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހުއެވެ.

މިފަހަރު ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ލިބިފައިވަނީ ކުރީގެ ރެފްރީ މައްލާ ޅަހުއްތުއަށެވެ. މި އެވޯޑު ހަފްލާގައި ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ކާމިޔާބުކުރި ޓީމާއި، މި އަހަރު ކާމިޔާބުކުރި ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިން އަދި އޮފިޝަލުންގެ އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ހާއްސަ ބެޖެއް ދީފައެވެ. އަދި މިއަހަރު ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކީޕަރު މުހައްމަދު ފައިސަލަށް ވަނީ އެވޯޑެއްވެސް ދީފައެވެ.

މި އެވޯޑުގައި މިފަހަރު އެވޯޑު ނުދެނީ ބެސްޓް ސަޕޯޓްސް އެވޯޑެވެ. އެ އެވޯޑް މިދިޔަ އަހަރު ހޯދީ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި އއ.މާޅޮސްއެވެ. އަންނަ އަހަރުގެ އެވޯޑުގައި ގްރާސް ރޫޓް އެވޯޑާއި، އެންމެ ރަނގަޅު ކަވަރޭޖެއް ގެނެސްދޭ މީޑިއާއަކަށް އެވޯޑު ދިނުމަށް ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ފެންނާނެ ކްލަބް ވަރަށް އަވަހަށް އިއުލާންކުރާނަން: ދަގަނޑޭ

04 ޖެނުއަރީ 2017
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު